Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ނައިބު ރައީސް އަދީބު

އަދީބުގެ ފުރާނައަށް ނުރައްކާވުމުގެ ބިރު އޮތްވައި ހަގީގަތް ހާމަކުރައްވަނީ ހިތްވަރު ހުރީމަ: ވަކީލް

17 ޖުލައި 2017 | ހޯމަ 11:58

ރައީސް ނަޝީދުގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ސިޓީއެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 17 ޖުލައި 2017 | ހޯމަ 11:58
ކުރީގެ ނައިބު ރައީސް އަދީބާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ

ކުރީގެ ނައިބު ރައީސް އަދީބާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ

ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އޮތްވައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަގީގަތް ހާމަކުރައްވަމުން އެ ގެންދަވަނީ ހިތްވަރު ހުރުމުން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވެއްޖެ އެވެ.

މަހުފޫޒް ވިދާޅުވީ އަދީބު ހާމަކުރެއްވި ހަގީގަތް ހާމަކުރެވޭނެ މީހުން ސަރުކާރާއި ދުރުގައި މިހާރުވެސް އެބަ ތިބި ކަމަށެވެ. ނަމަވެސް، ވާހަކަ ނުދައްކާ ތިބެނީ ހިތްވަރެއް ނެތުމުން ކަމަށް މަހުފޫޒް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ނަމަވެސް، ޖަލުގައި އޮންނަވައިގެން، ފުރާނައަސް ނުރައްކާވެދާނެކަމުގެ ބިރު ވެސް އޮތްވައި އަދީބު ހަގީގަތް ހާމަކުރައްވަނީ އެމަނިކުފާނުގެ ހިތްވަރު ހުރުމުން ކަމަށް މަހުފޫޒް ވިދާޅުވި އެވެ.

އަދީބު ވަނީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވުނު 13 އަހަރުގެ ޖަލު ހުކުމާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ދެ ސިޓީއެއް ހުށަހަޅުއްވާފަ އެވެ.

އަދީބު ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށާއި، މުޅި އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއްކަން ސާބިތުވާނޭ މައުލޫމާތު އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރި ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ހާމަކުރެއްވުމަށް ފުރުސަތު ދީފިނަމަ ސުޕްރީމް ކޯޓުގައި އެކަން ސާބިތުވާނޭ މިންވަރަށް މައުލޫމާތު ހުށަހެޅުމަށް ތައްޔާރަށް ހުންނެވި ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.

އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ހުކުރުމަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު ލިޔުނު ހުކުމެއް ނޫން ކަމަށެވެ. ހުކުމް ލިޔުނު ފަރާތް ވެސް އެނގިވަޑައިގަންނަވާ ކަމަށް ފާހަގަކުރައްވަމުން އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި "ފުރަތަމަ ޑްރާފްޓް ކުރެވުނު" ހުކުމުގައި އޮތީ އެމަނިކުފާނަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްކޮށް، ހުކުމް ތަންފީޒް ކުރުން 3 އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކުރާ ގޮތަށް ކަމަށެވެ. ނަމަވެސް، އެ ހުކުމުގެ ލިޔުމަށް ބަދަލު ގެނައީ ކޮންފަރާތެއްގެ އަމުރަށް ކޮން ފަރާތަކުން ކަންވެސް އެނގިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދުގެ ހުކުމާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް އަދީބު ސިޓީއެއް ފޮނުއްވިއިރު، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައާ ގުޅޭ ގޮތުން ވެސް އަދީބު ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ އެ ފިސްތޯލައާ ގުޅޭ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި އެކަމާ ގުޅޭ ފުރިހަމަ މައުލޫމާތު އެބަހުރި ކަމަށެވެ. އަދި ފުރުސަތު ދެއްވައިފިނަމަ ނާޒިމްގެ މައްސަލައިގައި ކަންހިނގައިދިޔަ ގޮތް ސުޕްރީމް ކޯޓުގައި ކިޔައި ދެއްވާނެ ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، އަދީބު ނެރުއްވި ބަޔާނެއްގައި ވަނީ އެމްއެމްޕީއާރްސީއިން ލިބުނު ފައިސާގެ ތަފްސީލްތަކާއި ގުޅޭ މައުލޫމާތު ހާމަކުރައްވާފަ އެވެ. އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ހަވާލުކޮށްފައިވަނީ ސީދާ ރައީސް ޔާމީނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
02 މާރިޗު 2017

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

02 މާރިޗު 2017
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
23 ފެބުރުއަރީ 2017

ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް

23 ފެބުރުއަރީ 2017
 ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް
22 ފެބުރުއަރީ 2017

ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް

22 ފެބުރުއަރީ 2017
ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
13 ފެބުރުއަރީ 2017

ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

13 ފެބުރުއަރީ 2017
ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް