Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިޚާބު 2023

ސަރުކާރުން ހިންގާ މަޝްރޫއު ތަކަށް ފާޑުވިދާޅުވަން އުޅުއްވުމުން ހާމަވީ އަމިއްލަ ސިޔާސަތެއް ނެތްކަން

19 އޯގަސްޓު 2023 | ހޮނިހިރު 09:24

ސުކޫލުތަކާއި ކްލާސްރޫމް އިމާރަތް ކުރުމަކީ ސެކަންޑަރީ ކަންކަންކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 އޯގަސްޓު 2023 | ހޮނިހިރު 09:24
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު

ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ދައްކަވައިގެން އުޅުއްވާ ވާހަކައަކަށް ގިނަ ބައެއްގެ ފާޑުކިޔުން މިދަނީ އަމާޒުވަމުންނެވެ. ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ.

ރިޔާސީ ކެމްޕޭނަށް އަތޮޅުތެރެއަށް ވަޑައިގެން އިލްޔާސް ގެންދަވަނީ ކުރިއަށް އޮތް 5 އަހަރަށް ވެރިކަން ހިންގުމަށް އެ ޕާޓީން އިސްކަންދޭނެ ކަންކަން ކިޔާދެމުންނެވެ.

އޭގެ ތެރެއިންވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެންދިޔަ އެއް ވާހަކައަކީ، ސުކޫލުތަކާއި ކްލާސްރޫމް އިމާރަތް ކުރުމާއި، ހެލްތް ސެންޓަރާއި ރަށްރަށުގެ ބަނދަރު ތަރައްޤީ ކުރުން ފަދަ ކަންކަމަކީ ދެވަނަ ދަރަޖައިގެ ކަންކަން ކަމުގައި ސިފަ ކުރައްވައި ދެއްކެވި ވާހަކައެވެ.

އިލްޔާސް ވިދާޅުވާ ގޮތުގައި ފުރަތަމަ ރަށްރަށަށް ގެންދަންވީ ޑޮކްޓަރުންނެވެ. ޓީޗަރުންނެވެ. ހެލްތު ސެންޓަރު އެޅުމާއި، ކްލާސްރޫމްތައް އެޅުމަކީ އަދި މާފަހުގެ ކަމެކެވެ.

އިލްޔާސް ވިދާޅުވާ ގޮތުގައި މުހިއްމީ އެތަންތަނުންދޭ ޚިދުމަތެވެ. ފެންވަރެވެ. ނިކަން ތެދު ވާހަކައެކެވެ.

ސަރުކާރުން ސުކޫލުތަކުގައި އިތުރު ކްލާސްރޫމްތައް އަޅަނީ ތިޔަ ވިދާޅުވި ފެންވަރު ޤާއިމު ކުރުމަށެވެ. ހުރިހާ ދަރިވަރުން ހޯލެއްގައި ބައިތިއްބައިގެން، ކޮންމެ ކްލާހެއްގެ އިން ވަކިކުރަން ފޮތިގަނޑު ދަމައިގެން ތިބެގެން މިއަދު ތިޔަ ވިދާޅުވާ ފެންވަރު ޤާއިމު ނުކުރެވޭތީއެވެ.

ސަރުކާރުން ހެލްތު ސެންޓަރުތަކާއި އެކްސްޓެންޝަން އިމާރަތްތައް ޤާއިމުކުރަނީ ހަމަ ތިޔަ ވިދާޅުވި ފެންވަރު ޤާއިމު ކުރުމަށެވެ. އިތުރު ކުރުމަށެވެ. އެކަށީގެންވާ ޚިދުމަތްތައް ދެވޭނެ ވޯޑުތަކާއި، ޑިޕާޓްމަންޓުތައް މިއަދު ބޭނުންވާތީއެވެ.

ވެދާނެއެވެ. މިވީހާ ޒަމާނު ރަށްރަށުގައި ކަންކަން ހިނގަމުން އައީވެސް އެގޮތަށެވެ.

އެދުރުދައިތަ އޭނާގެ އަމިއްލަ ގޭގައި ވޮށިފިލާ އަޅައިގެން، ކުދިންނަށް ކިޔަވައިދެމުން ދިޔައެވެ. އެއީ ކޮންމެ ގްރޭޑަކަށް، ކޮންމެ ބަޔަކަށް ވަކި ކްލާސްރޫމްތަކެއް ހުންނައިރެއް ނޫނެވެ.

ހެލްތު ސެންޓަރުތައްވެސް ހަމަ އެހެންނެވެ. އޭރު ހުންނަނީ ފޫޅުމާދައިތައާއި ކިޔެވެލިބެއެވެ. ހެލްތު ސެންޓަރެއް ނެތެއްކަމަކު، ރެޔާއި ދުވާލު ބަލި މީހުންގެ ކަންކަން އެމީހުން ބަލަމުންގެންދާނެއެވެ.

ނަފްސާނީ މައްސަލައެއް ދިމާވެއްޖެނަމަ، ކިޔެވެލިބޭ ހުންނާނެއެވެ. އެއީ އެއިރެވެ.

ނަމަވެސް ޒަމާނާއި މަކާނަށް މިއައި ބަދަލުތަކާއެކު، ކަންކަން މިވަނީ ބަދަލުވެފައެވެ.

މިއަދު އެންމެ ޑޮކްޓަރެއް ރަށަށް ގެނެސް، އޭނާ ގެއެއްގައި ބަހައްޓައިގެން ފަރުވާ ދިނުމަކީ އަދި އެންމެ އެދެވޭ ގޮތަކަށް ނުވެއެވެ.

ކުރިއަރަމުން އަންނަ ސިއްޙީ ޚިދުމަތާއެކު، ސިއްޙީ ފަރުވާވެސް ދަނީ ފުޅާވަމުންނެވެ. ހެލްތު ސެންޓަރުތަކާއި ލެބޯޓަރީތަކާއި، ބޭސްފިހާރަތަކާއި، ނުވިތާކަށް ސިއްޙީމަރުކަޒުތަކުގެ އެކްސްޓެންޝަން އިމާރަތްތައް މިއަދު ރައްޔިތުންނަށް ބޭނުންވެއެވެ.

ނަފްސާނީ ފަރުވާއަށް ޚާއްސަ މެންޓަލް ހެލްތު ސެންޓަރުތައް ޤާއިމުކޮށްދޭން މިއަދު ރައްޔިތުން އެދެއެވެ. ކެންސަރ ހޮސްޕިޓަލާއި، ޑައިލިސިސް ޚިދުމަތް ދެވޭނެ އުމްރާނީ ވަސީލަތްތަކަށްވެސް ރައްޔިތުން މިއަދު ތިބީ ފެންބޮވައިގެންފައެވެ.

ރައްޔިތުންނަށް ހެޔޮއެދޭނަމަ ކޮށްދެންވީ އެ ދެކަންތައްވެސް ހަމަހަމަ އުސޫލަކުންނެވެ.

އެހެންނަމަވެސް، ސަރުކާރުން ހިންގަމުން ގެންދާ ޕްރޮޖެކްޓުތަކަށް ފާޑުވިދާޅުވުމުގެ ނިޔަތުގައި، ނުވަތަ ސަރުކާރުން ކުރީތީ އެކަންކަމަކީ ދެވަނަ ދަރަޖައިގެ، މުހިއްމު ނޫން ކަންކަން ގޮތުގައި ސިފަކުރައްވާ ތިޔަ ދައްކަވާ ވާހަކަތައް މީހުން ބަލައެއް ނުގަނެއެވެ. ތިކަމުން ސާފުވަނީ، އަމިއްލަ ސިޔާސަތެއް ނެތުމުން، ދެން ތިބި ބަޔަކު ކުރަހާ ތަސްވީރުގައި ކުލަހާކައި ހުތުރުކުރަން އުޅޭކަމެވެ.

މިއަދު ރައްޔިތުންނަށް ބިނާވެށި ތަރައްޤީއާއި އުމްރާނީ ތަރައްޤީވެސް މުހިއްމެވެ. ވަސީލަތްތަކާއި އާލަތްތައްވެސް މުހިއްމެވެ. ސަރުކާރަށް ފާޑުވިދާޅުވާން މިއަދު ތިޔަ ދެއްކެވި ވާހަކަ ރައްޔިތުންނަކަށް ކަމަކުނުދެއެވެ. ރައްޔިތުން އެދެނީ ކޮންމެވެސް އައު ވާހަކައެއް އަޑުއަހާށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

14 ޖޫން 2017

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!
12 މެއި 2017

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!
18 އެޕްރީލު 2017

ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟

18 އެޕްރީލު 2017
ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟
26 މާރިޗު 2017

ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

26 މާރިޗު 2017
ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
22 މާރިޗު 2017

އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!

22 މާރިޗު 2017
އާރާއިބާރު ޖަމާކޮށް، ދުނިޔެ ފަހާ ދުވާ ފަރާތްތަކަށް ނަސޭހަތެއް!
26 ފެބުރުއަރީ 2017

ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!

26 ފެބުރުއަރީ 2017
ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް