Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސްޕީޑް ގަން

ފުލުހުންގެ ޚިދުމަތުން ބޭނުންކުރާ ސްޕީޑް ގަން

ސްޕީޑް ގަންއަށް 1.5 ކިލޯމީޓަރުގެ ދުރުން އުޅަނދުގެ ސްޕީޑް ދެނެގަނެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 އޯގަސްޓު 2023 | ހުކުރު 11:12
ފުލުހަކު ސްޕީޑް ގަން ބޭނުންކުރަނީ

ފުލުހަކު ސްޕީޑް ގަން ބޭނުންކުރަނީ

ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި ވަނީ ކަނޑައަޅާފައިވާ ދުވެއްޔާ ހިލާފަށް އުޅަނދު ދުއްވުމުގެ ސަބަބުންކަން، ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކަށަވަރުވެގެންދެއެވެ. ސަބަބަކީ އެއްގަމު އުޅަނދުފަހަރު ދުއްވުމަށް މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިންގަނޑުތަކެއް ކަނޑައަޅާފައިވާއިރު، ދުއްވުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފުވުމެވެ.

ގްރޭޓަރ މާލޭ އޭރިއާގައިވާ ބްރިޖް އަދި ހައިވޭގައި ދުއްވުމަށް ކަނޑައަޅާ ހުއްދަ ދުވެއްޔަކީ 25 ކިލޯމީޓަރާއި 50 ކިލޯމީޓަރާ ދެމެދެވެ. ލާމު ލިންކު އަދި އައްޑޫސިޓީ ލިންކު ރޯޑުގައި 60 ކިލޯމީޓަރާ ހަމައަށް ދުއްވޭ ހިސާބުތައް ކަނޑައަޅާފައިވެއެވެ. ވަކި ދުވެއްޔެއް ކަނޑައަޅާފައި ނުވާނަމަ އާންމުކޮށް ރަށު ތެރޭގައި ސައިކަލާއި ކާރު އަދި ބަސް ދުއްވުމަށް ކަނޑައަޅާފައި ވަނީ 30 ކިލޯމީޓަރަށެވެ. 

މުދާ އުފުލުމަށް ބޭނުންކުރާ ހުރިހާ އުޅަނދެއް ދުއްވުމަށް ކަނޑައަޅާފައި ވަނީ 25 ކިލޯމީޓަރަށެވެ. މި ދެންވުނު ސްޕީޑަށް އާންމު ރައްޔިތުން އަމަލު ކުރަމުންދޭތޯ ބެލުމަށް ދިވެހި ފުލުހުން ބޭނުން ކުރަމުންދާ އެއް ވަސީލަތަކީ ސްޕީޑް ގަންއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި މިހާރު ބޭނުން ކުރަމުން ދަނީ ލޭޒަ ސްޕީޑް ގަންތަކުގެ ތެރެއިން އެންމެ ފަހުގެ ޓެކްނޮލޮޖީގެ ސްޕީޑް ގަންއެކެވެ. މި ސްޕީޑް ގަންއަށް 1.5 ކިލޯމީޓަރުގެ ދުރުން އުޅަނދުގެ ސްޕީޑް ދެނެގަނެވެއެވެ. އުޅަނދެއް ދުއްވާފައި އަންނައިރު އެ އުޅަނދަކަށް ލޭޒަރ އެޅުވުމުން އެ އުޅަނދު ދުއްވާފައި އަންނަ ސްޕީޑް ކެމެރާއަށް ރެކޯޑު ކުރެއެވެ. މިގޮތުން ރެކޯޑު ކުރަނީ އެ އުޅަނދުގެ ފޮޓޯ އަކާއި އެ އުޅަނދުގެ ވީޑިއޯ ކޮޅެކެވެ.

މި ސްޕީޑް ގަން އިން، ބާރު ސްޕީޑުގައި ދުއްވާ އުޅަނދާއި އުޅަނދު ދުއްވަން އިންނަ މީހާގެ ފޮޓޯ ނަގައި ވަގުތުން ވީޑިއޯ ރެކޯޑްކުރެވޭނެ ކަމަށާއި، އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ރެކޯޑްކުރެވި، އުޅަނދު ދުއްވި ސްޕީޑާއި ދުރުމިން ވަގުތުން އަންގައިދޭނެ ކަމަށެވެ. އަދި މިގަން އިން 0 ން 320 ކިލޯ މީޓަރު ބާރުމިނުގައި ދުއްވާ އުޅަނދުތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރެކޯޑްކޮށް، ރެކޯޑްތައް ރައްކާކުރެވޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓްރެފިކް ފުލުހުން ކުރިއަށް ގެންދާ އެކިއެކި އޮޕަރޭޝަންތަކުގައި، ބާރު ސްޕީޑްގައި ދުއްވާ ފަރާތްތައް ދެނެގަތުމަށް ފުލުހުން ދަނީ ސްޕީޑް ގަން ބޭނުންކުރަމުންނެވެ.

ކަނޑައެޅިފައިވާ ދުވެއްޔާ ހިލާފުވާ ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެކަން ތަކުރާރު ކޮށްފިނަމަ ވާނެގޮތް ބުނެދެވޭނެއެވެ. ކަނޑައެޅިފައިވާ ދުވެއްޔާ ދެވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު 48 ގަޑި އިރަށް އެ މީހެއްގެ ދުއްވުމުގެ ހުއްދަ ހިފެހެއްޓޭނެއެވެ. މި ހުއްދަ ދޫކުރެވޭނީ ފައިސާދެއްކި ކަމުގައި ވިޔަސް 48 ގަޑި އިރު ހަމަވުމުންނެވެ. ކަނޑައެޅިފައިވާ ދުވެއްޔާ ތިންވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އެ މީހަކު ދުއްވި އުޅަނދު 15 ދުވަހުގެ މުއްދަތަށް ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. މި އުޅަނދު ދޫކުރެވޭނީ 15 ދުވަސް ހަމަވުމުންނެވެ.

ކަނޑައެޅިފައިވާ ދުވެއްޔާ ހިލާފަށް ދުއްވުމަކީ ތިމާއާއި އެހެން މީހުނަށް އޮތް ނުރައްކަލެކެވެ. މީގެ ނުރައްކަލަކީ ހަމައެކަނި ބާރަށް ދުއްވުމެއް ނޫނެވެ. ކަނޑައެޅިފައިވާ ވަރަށްވުރެ މަޑުން ދުއްވުމަކީވެސް ނުރައްކަލަށް ހުށަހެޅިގެންދާކަމެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ސްޕީޑް ގަން ބޭނުން ކުރަމުންދަނީ ދުވެއްޔާ ހިލާފުވާ މީހުން ދެނެގަނެ ސްޕީޑުގެ ސަބަބުން އޮތް ނުރައްކާ ކުޑަކުރުމުގެ މަގުސަދުގައެވެ. ދިވެހި ފުލުހުންގެ އަމާޒަކީ މަގުމަތީގެ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު ސުމަކަށް ހެދުމެވެ.

ނޯޓް:  މި ލިޔުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން 2023 ވަނަ އަހަރަށް ތައްޔާރުކުރި ކަލަންޑަރުގައި ހިމަނާފައިވާ، ފުލުހުންގެ އެކި ދާއިރާތަކާ ގުޅުންހުރި މައުލޫމާތުގައި ހިމެނޭ ލިޔުމެކެވެ.

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2017

ވަޑައިގަންނަވާށޭ ކިލާހަށް "މަސީހީ"، ފިލާވަޅު ކިޔައި ދެއްވުމަށް ނަންގަވާ!

04 އޮކްޓޯބަރު 2017
ވަޑައިގަންނަވާށޭ ކިލާހަށް "މަސީހީ"، ފިލާވަޅު ކިޔައި ދެއްވުމަށް ނަންގަވާ!
13 އޯގަސްޓު 2017

ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!

13 އޯގަސްޓު 2017
ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!
11 އޯގަސްޓު 2017

ރައީސް ޔާމީނެވެ، މަނިކުފާނަށް އެނގި ވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ؟

11 އޯގަސްޓު 2017
ރައީސް ޔާމީނެވެ، މަނިކުފާނަށް އެނގި ވަޑައިގަންނަވަނީ ކޮންކަމެއް ހެއްޔެވެ؟
29 ޖުލައި 2017

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!
21 މެއި 2017

ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!

21 މެއި 2017
ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު