Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑިޔަން އޯޝަން އައިލެންޑް ގޭމްސް

ގައުމީ ރެކޯޑުތަކަކާ އެކު، ސްވިމިން ޓީމު ފުރިހަމައަށް ތައްޔާރު

އައިއޯއައިޖީ އަށް ދާ ފެތުންތެރިންގެ ސްކޮޑުގައި ހިމެނެނީ ހަ އަންހެން ފެތުންތެރިންނާއި ހަ ފިރިހެން ފެތުންތެރިން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 18 އޯގަސްޓު 2023 | ހުކުރު 10:19
ޤައުމީ ސްވިމިންގ ޓީމް

ޤައުމީ ސްވިމިންގ ޓީމް

ގިނަ ގައުމީ ރެކޯޑްތަކަކާއެކު މަޑަގަސްކަރާގައި މި މަހު ފަށަން ނިންމާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖޭގެ ގައުމީ ސްވިމިން ޓީމު ފުރިހަމައަށް ތައްޔާރު ވެއްޖެއެވެ.

މި މަހު 25 އިން އަންނަ މަހު ތިން ވަނަ ދުވަހަށް މަޑަގަސްކަރައިގައި ކުރިއަށްދާ އައިއޯއައިޖީ އަށް ދާ ފެތުންތެރިންގެ ސްކޮޑުގައި ހިމެނެނީ ހަ އަންހެން ފެތުންތެރިންނާއި ހަ ފިރިހެން ފެތުންތެރިންނެވެ. ޓީމުގައި ހިމެނޭ ފިރިހެން ފެތުންތެރިންނަކީ މުހައްމަދު ރިހާން ޝިހާމް، އަލީ އިމްއާން، އަހުމަދު ނީޤް ނިޔާޒް، މުބާލް އައްޒާމް އިބްރާހިމް، މުހައްމަދު އާން ހުސެއިން އަދި މުހައްމަދު ޖޫދު ފަޔާޒެވެ. އަންހެން ފެތުންތެރިންނަކީ މިރާލް އައިން ލަތީފް، ހަމްނާ އަހުމަދު، އީން އައްބާސް ޝަރީފް، ހަނާން ހުސެއިން ހަލީމް، ޒައިނަބް އަބްދުﷲ ޝަފީގު އަދި އައިޝަތު ސައުސަން އެވެ. ގިނަ އެތުލީޓުން ޕާސަނަލް ކޯޗުންނާ އެކު ތަމްރީނުކުރަމުންދާ އިރު، ޓީމުން އެންމެ ބޮޑަށް އުންމީދުކުރަނީ އަނެއްކާވެސް ގައުމީ ރެކޯޑުތަކެއް އާކޮށް، އައިއޯއައިޖީގައިވެސް ފެންވަރު ސާބިތު ކޮށްދިނުމަށެވެ.

މިއަހަރު ތެރޭގައި ރާއްޖޭގެ ފެތުންތެރިން މިހާތަނަށް ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކޮށް ރަނގަޅު ރެކޯޑުތަކެއް ހަދާފައިވާ އިރު، އޭގެ ކުރިން މިދިޔަ އަހަރު ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައިވެސް ގައުމީ ފެތުންތެރިން ވަނީ 10 ރެކޯޑެއް ހަދާފައެވެ. އޭގެ އިތުރުންވެސް މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސް އާއި ތުރުކީގެ ކޮންޏާގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައިވެސް ފެތުންތެރިން ވަނީ ގައުމީ ރެކޯޑުތައް އާކޮށްފައެވެ.

މި ވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ޒުވާން ފެތުންތެރިޔާ މިރާލް ބުނީ އައިއޯއައިޖީއަށް ވަރަށް ބުރަކޮށް، ދެއިރު ތަމްރީނުކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު އެންމެބޮޑަށް ފޯކަސް ހުރީ ޓެކްނީކް ރަނގަޅުކުރުމަށް ކަމަށެވެ. އަދި ގައުމީ އަންހެން ފެތުމުގެ ސްކޮޑުގައި ހިމެނޭ ހަމްނާ ބުނީ އައިއޯއައިޖީގެ ކުރިން ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށްލަން ލިބުމަކީ ރަނގަޅު ފުރުސަތެއް ކަމަށާއި، މިހާރު ފޯކަސް އޮތީ އައިއޯއައިޖީއަށް ކަމަށެވެ. ހަމްނާ ބުނީ މަޑަގަސްކަރައިގެ މޫސުމީ ބަދަލުތަކުގެ ސަބަބުން ޗެލެންޖްތަކެއް ހުންނާނެ ކަމަށާއި، ޕޫލް ހޫނު ނުކޮށް އޮތުމުގެ ސަބަބުންވެސް ޗެލެންޖްތަކަކާ ކުރިމަތިވާނެ ކަމަށެވެ. އެހެން ނަމަވެސް، އެކަމަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށް ހަމްނާ ބުންޏެވެ.

ފިރިހެން ޓީމުގައި ހިމެނޭ އިމްއާން ބުނީ އައިއޯއައިޖީއަށް ކުރަމުންދާ ފަރިތަކުރުންތައް ރަނގަޅު ކަމަށާއި، އާ ރެކޯޑުތަކަކަށް ފޯކަސް ބޮޑުވާނެ ކަމަށެވެ. އިމްއާން އިތުރަށް ބުނީ މިހާރު އާންމު ދިރިއުޅުމުގައިވެސް އަމިއްލައަށް ފިޓްނަސްގެ ކަންކަމަށް ސަމާލުކަން ދޭ ކަމަށާއި، މިހާރު ގައުމީ ޓީމުގެ ގިނަ ފެތުންތެރިންގެ ކުރިއެރުންތައް ހުރި ގޮތުން، ރަނގަޅު ވާދައެއްކޮށް، ސްވިމިންއިން މެޑަލްއަކާ ހަމައަށް ދެވިދާނެކަމުގެ ބޮޑު އުންމީދެއްވެސް އެބައޮތް ކަމަށެވެ. އެއީ މިފަހަރުގެ ޓާގެޓް ނޫން ނަމަވެސް، އިމްއާންގެ ނަޒަރުގައި އެއީ ކައިރި މުސްތަގުބަލެއްގައި ހާސިލްކުރަން ބޭނުންވާ ޓާގެޓެކެވެ.

ރިހާން ޝިހާމް ވެސް މިއަހަރު ތެރޭގައި ބޮޑެތި މުބާރާތްތަކެއްގައި ވާދަކޮށް، ރެކޯޑުވެސް ހޯދާފައިވާ އިރު، އައިއޯއައިޖީގެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ. ރިހާންވެސް ބުނީ އެންމެ ބޮޑު ޓާގެޓަކީ އައިއޯއައިޖީގައިވެސް ރެކޯޑުތަކެއް މުގުރާލުން ކަމަށާއި، ޓައިމިން ރަނގަޅުކުރުމަށް ކޯޗުންނާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު