Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްހީ މަރުކަޒުތައް ތަރައްގީކުރުން

ރ. މީދޫ ހޮސްޕިޓަލުގެ އައު އިމާރާތް އަދި ހަތަރު ރަށެއްގައި ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށް ކުންފުނިތަކާއި ހަވާލުކޮށްފި

ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މިސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 18 އޯގަސްޓު 2023 | ހުކުރު 02:41
މީދޫ ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

މީދޫ ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

ރ. މީދޫ ހޮސްޕިޓަލް އައު އިމާރާތް އަދި ހަތަރު ރަށެއްގައި ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށް ކުންފުނިތަކާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކުންފުނިތަކާއި ހަވާލުކޮށްފައިވަނީ އއ. އުކުޅަސް ސިއްހީ މަރުކަޒުގެ އައު އިމާރާތް، ށ.ކަނޑިތީމު ސިއްހީ މަރުކަޒުގެ އައު އިމާރާތް، ކ.ގުރައިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް، ށ.މާއުނގޫދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް އަދި ރ. މީދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށެވެ.

Advertisement - newsAdvertisement

އެގޮތުން އުކުޅަހުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް ކުރުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 76,752,212.33 ރުފިޔާ އަށެވެ.

ކަނޑިތީމުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސެންޓްރަލްް ލައިން ލިމިޓެޑާއެވެ. މިމަސައްކަތް ކުރުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 24،722،639.11 ރުފިޔާއަށެވެ.

ގުރައިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 75،360،422.07 ރުފިޔާއަށްށެވެ.

މާއުނގޫދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 24،366،944.64 ރުފިޔާށެވެ.

މީގެ އިތުރުން މީދޫ ހޮސްޕިޓަލް އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއެވެ. މިމަސައްކަތް ކުރުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 135,137,652.70 ރ (ސަތޭކަ ތިރީސް ފަސްމިލިއަން އެއްލައްކަ ތިރީސް ހަތްހާސް ހަސަތޭކަ ފަންސާސް ދެރުފިޔާ ހަތްދިހަ ލާރި) އަށެވެ. އަދި މި ހޮސްޕިޓަލްގެ މަސައްކަތް 500 ދުވަސް ތެރޭގައި ނިންމާއި ސަރުކާރާއި ހަވާލުކުރަން ޖެހޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މިސަރުކާރުން އަންނަނީ 30 އެނދުގެ ހޮސްޕިޓަލްތަކާއި 50 އެނދުގެ ހޮސްޕިޓަލްތަކުގެ އިތުރުން 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ސިއްހީ ދާއިރާގައި ހިމެނޭ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ތެރެއިން 21 މަޝްރޫއެއް ވަނީ ނިމިފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
13 ފެބުރުއަރީ 2017

ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

13 ފެބުރުއަރީ 2017
ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު