Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑިޔަން އޯޝަން އައިލެންޑް ގޭމްސް

ހޭންޑްބޯޅަ ޓީމްގެ އަމާޒު މެޑައްޔަށް! ބޮޑު ހިތްހަމަޖެހުމަކީ ފިޓްނަސް ރަނގަޅުވުން

17 އޯގަސްޓު 2023 | ބުރާސްފަތި 09:31

ދެޓީމްވެސް މިވަގުތު ތައިލެންޑްގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 17 އޯގަސްޓު 2023 | ބުރާސްފަތި 09:31
ހޭންޑްބޯޅަ މެޗެއްގައި ފިރިހެން ޓީމް ވާދަކުރަނީ

ހޭންޑްބޯޅަ މެޗެއްގައި ފިރިހެން ޓީމް ވާދަކުރަނީ

މިމަހު މަޑަގަސްކަރާގައި ފަށާ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި އަމާޒަކީ މެޑެލް ހޯދުންކަމަށް ހޭންޑް ބޯޅަ ޓީމްގެ ކޯޗު ސާބިއާގެ ބްރަޓިސްލާވް ސްޓޮމެނޮވިޗް ބުނެފިއެވެ. ޤައުމީ ފިރިހެން ޓީމަށް އިރުޝާދު ދެމުން އަންނަ ކޯޗު މެޑައްޔަށް ކުރާ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް މިހާރު ދެނީ ފިޓްނަސްއަށެވެ.

2019 ވަނަ އަހަރުވެސް ޤައުމީ ޓީމަށް އިރުޝާދުދިން ކޯޗު ބުނީ ގިނަ ދުވަސްތަކަކަށްފަހު އަލުން ރާއްޖޭގެ ޓީމާ ހަވާލުވިއިރު ކުޅުންތެރިންގެ ފިޓްނަސް އެހާ ރަނގަޅު ނޫންކަމަށެވެ. ފިޒިކަލް އެކަމަކު މިދިޔަ މުއްދަތުގައި ކުރި މަސައްކަތުން ފިޓްނަސް ރަނގަޅު ހާލަތަކަށް ގެނެވިފައިވާކަން ފާހަގަކުރިއެވެ. ކޯޗު ގަބޫލުކުރާ ގޮތުގައި މިހާރު މިއޮތް ފެންވަރުން، އަނިޔާގެ މައްސަލަތަކެއް ކުރިމަތި ނުވެ ގޭމްސްއަށް ދެވިއްޖެނަމަ ޤައުމީ ޓީމަށް މެޑަލް ހޯދުމުގެ އުންމީދު ބޮޑެވެ. އެހެންނަމަވެސް، އެކަމަށް ޔަގީންކަން ނުދޭނެ ކަމަށާއި، އެކަމަށް ކުރާނީ މަސައްކަތް ކަމަށް ކޯޗު ސްޓޮމެނޮވިޗް ބުންޏެވެ. ކޯޗުގެ އެންމެބޮޑު އެއް ކަންބޮޑުވުމަކީ އައުޓްޑޯ ކޯޓްގައި ޕްރެކްޓިސް ކުރަން ޖެހުމެވެ. އެކަމަކު މިހާރު ޓީމް ވީ ތަމްރީނު ހޯދުމަށް ތައިލެންޑްގައެވެ. ދެން އޮތް ގޮންޖެހުމަކީ އިދިކޮޅު ޓީމްގެ ފެންވަރު ކޯޗަށް ދެނެގަނެވިފައި ނެތުމެވެ.

ޤައުމީ އަންހެން ޓީމްގެ ކޯޗު ހުސައިން އައްޒާމް ބުނީ ޓީމްގެ މިސްރާބު ހުރިގޮތުން ރަނގަޅު ނަތީޖާއެއް ހޯދޭނެކަމަށެވެ. އޭނާ ފާހަގަކުރީ ހޭންޑްބޯޅަ ކުޅޭ ކުދިން ގިނަވުމާއެކު ރަނގަޅު ކަންތައްތަކެއް ފެންނަމުންދާ ކަމެވެ. އެގޮތުން ގައުމީ ޓީމުން ޖާގަ ހޯދަން ކުރާ މަސައްކަތް ބޮޑުމާއެކު ކުޅުންތެރިންގެ ހުނަރު ބޮޑަށް ކުރިއަރާތަން ފެންނަކަމަށް ބުންޏެވެ. އައްޒާމް ބުނީ ޤައުމީ އަންހެން ހޭންޑްބޯޅަ ޓީމަކީ މިވަގުތު ރާއްޖެއިން ނެގެން އޮތް އެންމެ ވަރުގަދަ ޓީމް ކަމަށެވެ.

އަންހެން ޓީމުގެ ކުޅުންތެރިންވެސް ފާހަގަކުރީ ފަރިތަކުރުންތަކުން އެންމެ ބޮޑަށް ރަނގަޅުކުރެވުނު އެއް ކަމަކީ ފިޓްނަސް ކަމަށެވެ. އެގޮތުން ފުރަތަމަ ފަރިތަކުރުންތައް ފެށިއިރާއި މިހާރާ އަޅާ ބަލާއިރު، ކުޅުންތެރިންގެ ފިޒިކަލް ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށްވެސް އަންހެން ޓީމުގެ ކުޅުންތެރިން ފާހަގަކޮށްފައިވެއެވެ. ދެޓީމްވެސް މިހާރު ތަމްރީނު ހޯދަމުން ދަނީ ތައިލެންޑްގައެވެ. ކުޅުންތެރިން ތިބީ ރިލީޒްގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް