Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޞާލިޙު

ކެމްޕެއިންގެ ބިޒީ ޝެޑިއުލްގެ ތެރެއިން ފްލައިޓް ޑިލޭވި، ނަމަވެސް ދެއްކެވީ ކުޅިވަރަށް އޮތް ލޯބި!

މާލެ ވަޑަައިގެންނެވި ގޮތަށް، ލަސް ކުރެއްވުމެއް ނެތި އެމަނިކުފާނު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ސެޕްޓެމްބަރު 2023 | ބުދަ 09:54
އައިއޯއައިޖީގެ އުފާ ފާޅު ކުރުމަށް ބޭއްވި އިވެންޓަށް ރައީސް ޞާލިޙު ވަޑައިގަންނަވަނީ

އައިއޯއައިޖީގެ އުފާ ފާޅު ކުރުމަށް ބޭއްވި އިވެންޓަށް ރައީސް ޞާލިޙު ވަޑައިގަންނަވަނީ

އިންޑިއަން އޯޝަލް އައިލެންޑް ގޭމްސް (އައިައޯއައިޖީ)ގައި ދިވެހި އެތުލީޓުން ހޯދި ތާރީޚީ ކާމިޔާބީ ފާހަގަ ކުރުމަށް އަންގާރަ ދުވަހު ޚާއްސަ އިވެންޓެއް ބޭއްވުމަށް ނިންމި އެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ ޙަޔާތުގައި ވެސް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. ގޭމްސްގައި ރާއްޖޭގެ އެތުލީޓުން ވަނީ ޖުމުލަ 28 މެޑަލް ހާސިލްކޮށްފަ އެވެ. އެއާއެކު، އެ އެތުލީޓުންނަށް މަރުޙަބާ ދެންނެވުމަށް ޖުމްހޫރީ މައިދާން ފައްކާވި އެވެ.

އެ އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެ ވަޑައިގަންނަވާނެކަން އިއުލާން ކުރިއިރު، އެމަނިކުފާނު ހުންނެވީ އަތޮޅު ތެރޭގަ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ޞާލިޙު ހުންނެވީ ރ.އަތޮޅުގަ އެވެ. އަންގާރަ ދުވަހުގެ ރޭ އުފާ ފާޅު ކުރުމުގެ އިވެންޓު ފަށަން ހަމަޖެހިފައި އޮތީ 20:45 ގައެވެ. އެހެން ނަމަވެސް، އެ ގަޑިއަށް އިވެންޓު ފެށޭ ގޮތެއް ނުވި އެވެ. ވިއްސަކަށް މިނެޓަށްވުރެ އިވެންޓު ފެށުން ދުގު ދެމިގެން ދިޔަ އެވެ.

އިވެންޓު ފެށުން ލަސް ކުރަން ޖެހުނު ސަބަބަކީ ރައީސް ޞާލިޙަށް ގަޑިއަށް ވަޑައިނުގެންނެވުމެވެ. ސަބަބަކީ ރ.އަތޮޅުގެ ދަތުރު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގަންނަވަން އޮތް ފްލައިޓް ޑިލޭވީ އެވެ. ރައީސް ޞާލިޙު ދަތުރު ކުރެއްވި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ ގާތްގަނޑަކަށް 20:45 ގައެވެ. މާލެ ވަޑަައިގެންނެވި ގޮތަށް، ލަސް ކުރެއްވުމެއް ނެތި އެމަނިކުފާނު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވި އެވެ. އަބަދު ވެސް ކުޅިވަރަށް ޚާއްސަ ލޯތްބަކާއި، އަހަންމިއްޔަތުކަމެއް ރައީސް ޞާލިޙު ދެއްވަ އެވެ. ކެމްޕެއިންގައި އުޅުއްވި ބިޒީ ޝެޑިއުލާއެކު، ފްލައިޓް ޑިލޭވި ނަމަވެސް، އެމަނިކުފާނު ވަނީ ޤައުމު ފަޚުރުވެރި ކޮށްދިން އެތުލީޓުންގެ އުފާ ފާޅުކުރުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. މިއީ ކުޅިވަރުގެ އާއިލާގެ އެކި އެކި މެމްބަރު ވެސް ފާހަގަ ކުރެއްވި ކަމެކެވެ.

މިއީ ރައީސް ޞާލިޙުގެ ފަރާތްޕުޅުން މިކަހަލަ ކަމެއް ފެނުނު ފުރަތަަމަ ފަހަރެއް ނޫނެވެ. ރާއްޖޭގައި ބައިނަލްއަޤުވާމީ މުބާރާތްތައް ބޭއްވިރު، ދިވެހި އެތުލީޓުންނަށް ހިތްވަރު ދެއްވުމަށް އެމަނިކުފާނު ވަނީ ކުޅިވަރު މައިދާންތަކަށް ވަޑައިގެންފަ އެވެ. ބައެއް ފަހަރު ކެބިނެޓު ބައްދަލުވުންތައް ވެސް ފަސްކުރައްވައި، އެތުލީޓުންނަށް ސަޕޯޓު ދެއްވުމަށް ވަޑައިގެން، ގަޑިއިރު، ދެ ގަޑިއިރު ހޭދަ ކުރައްވަ އެވެ. މޮޅު ވިޔަސް، ބަލިވިޔަސް، އެތުލީޓުން ގާތަށް ވަޑައިގެން ހިތްވަރު ދެއްވަ އެވެ. ކުރިއަށް ހުރި މެޗުތަކަށް ވެސް ވަޑައިގަންނަވާނެކަމަށް ވިދާޅުވެ، އިތުރު ހިތްވަރު ދެއްވަ އެވެ.

ރައީސް ޞާލިޙު އަކީ އެންމެ ކުރިން ވެސް ފެށިގެން ކުޅިވަރު ކުޅުއްވާ ބޭފުޅެކެވެ. މިހާރު ވެސް އެމަނިކުފާނު ވޮލީ ކުޅުއްވަ އެވެ. ކުޅިވަރާމެދު އަދުގެ ސަރުކާރުން، އަދި ޚާއްސަކޮށް ރައީސް ޞާލިޙު ބަހައްޓަވާ ގާތްކަމަށް ކުޅިވަރުގެ އެކިއެކި ބޭފުޅުން ވަނީ މީގެ ކުރިން އެކި ފަހަރު މަތިން ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2019

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

11 މާރިޗު 2019
އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
08 މާރިޗު 2019

އައިޓީބީ ފެއަރގެ ތެރެއިން ދިވެހިންގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ

08 މާރިޗު 2019
އައިޓީބީ ފެއަރގެ ތެރެއިން ދިވެހިންގެ މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިއްޖެ
15 ފެބުރުއަރީ 2019

އާލިއާގެ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް އިނގޭތަ؟

15 ފެބުރުއަރީ 2019
އާލިއާގެ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް އިނގޭތަ؟
07 ޖުލައި 2018

އިބޫ އާންމުންގެ ގެތަކަށް، ފެންނަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބަލިކަށިކަން؟!

07 ޖުލައި 2018
އިބޫ އާންމުންގެ ގެތަކަށް، ފެންނަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބަލިކަށިކަން؟!
04 ޖޫން 2018

ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

04 ޖޫން 2018
ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު