Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާރިޔާގެ ހޫނު ބަހުގެ ހަމަލާތަކެއް މުއިއްޒަށް

މާރިޔާގެ ހޫނު ބަހުގެ ހަމަލާތަކެއް މުއިއްޒު އަށް: "ވަޑައިގަންނަވާ ކޮންމެ ތަނަކުން ބޯވައެއްހެން ކުލަ ބަދަލުކުރައްވަވާ"

17 އޯގަސްޓު 2023 | ބުރާސްފަތި 07:00

މާރިޔާ ވަނީ މުއިއްޒުގެ ސިޔާސީ ހަޔާތްޕުޅުގައި އޭނާ ގިނަ ޕާޓީތަކަކަށް ކައިރި ކައިރީގައި ބަދަލުވެވަޑައިގެންނެވިކަން ފާހަގަކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 އޯގަސްޓު 2023 | ބުރާސްފަތި 07:00
ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ

ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ

އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަކީ ވަޑައިގަންނަވާ ކޮންމެ ތަނަކުން ބޯވައެއްހެން ކުލަ ބަދަލުކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މާރިޔާ އެފަދައިން ވިދާޅުވީ ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އިދިކޮޅުގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަކީ ޕީޕީއެމް-ސަލަފް ކެންޑިޑޭޓެއް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އެމަނިކުފާނަކީ މާލޭގެ މޭޔަރުކަމަށާއި، މޭޔަރުކަމަށް ވަޑައިގަންނަވަން ކެމްޕެއިންކުރެއްވި އިރު އެމަނިކުފާނަކީ މާލޭ ބޭފުޅެއް ކަަަމަށް ވިދާޅުވަމުން ގެންދެވިކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މުއިއްޒު އަކީ މާލޭގެ ގޯތިވެސް ހުރި ބޭފުޅެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންނަމަވެސް އިންތިޚާބުގެ ކެމްޕެއިނަށް ވަޑައިގަތުމުން އެމަނިކުފާނަކީ ވަށަފަރު ބޭފުޅެއް ކަމަށް ވިދާޅުވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ދ.އަތޮޅަށް ވަޑައިގަންނަވާފައި އެ އަތޮޅަކީ ވެސް އެމަނިކުފާނުގެ ނުވަތަ އަނބިކަނބަލުންނާއި ގުޅުން ހުރި ތަނެއް ކަމަށް ވިދާޅުވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ކޮންމެ ތަނަކަށް ވަޑައިގަތަސް މުއިއްޒު އުޅުއްވަނީ އަމިއްލަ ފައިދާއަށް ކަމަށެވެ. އިންތިޚާބަށް ކުރިމަތިލައްވަވަމުން އިންތިޚާބަށް ނުކުމެވަޑައިގަތީ ޔާމީނަށްޓަކައި ކަަމަށް މުއިއްޒު ވިދާޅުވި ކަމަށް މާރިޔާ ވިދާޅުވިއެވެ. ޔާމީން ދޫކޮށްލަން ވުމުން އުސޫލުތަކުގެ މަތިން ޔާމީން ދޫކޮށްލާނެ ކަަމަށް ވިދާޅުވި ނަމަވެސް ހުރިހާ ކޯޓުތަކުގެ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމަކީ ކުށްވެރިއެއް ކަަމަށް ނިންމާފައި ވަނިކޮށް ޔާމީން ދޫކޮށްލާނެ ޤާނޫނީ ހަމައެއް ކޮބާތޯ މާރިޔާ ސުވާލުކުރެއްވިއެވެ.

މާރިޔާ ވަނީ މުއިއްޒުގެ ސިޔާސީ ހަޔާތްޕުޅުގައި އޭނާ ގިނަ ޕާޓީތަކަކަށް ކައިރި ކައިރީގައި ބަދަލުވެވަޑައިގެންނެވިކަން ފާހަގަކުރައްވާފައެވެ. 2008 އިން 2010 އަށް މުއިއްޒު ހުންނެވީ ޖުމްހޫރީ ޕާޓީގައި ކަމަށާއި، 2010 އިން 2012 އަށް އަދާލަތު ޕާޓީގައި، 2012 އިން 2013 އަށް ގައުމީ އިއްތިހާދު ޕާޓީ، 2013 އިން މި އިހަށް ދުވަހާއި ޖެހެންދެން ޕީޕީއެމްގައި އުޅުއްވި ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މޭޔަރު ކަމަށް ވެސް އިންތިޚާބުވެވަޑައިގަތީ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން ކަމަށް ވީ ނަމަވެސް ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނަގާ ވާހަކަ ބުނުމާއެކު އެ ޕާޓީ އަށް ބަދަލުވެވަޑައިގަތް ކަމަށް މާރިޔާ ވިދާޅުވިއެވެ. އެގޮތުން 24 ގަޑި އިރު ތެރޭގައި ޕީއެންސީ އަށް ވަޑައިގެން މިހާރު އިންތިޚާބަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 މާރިޗު 2017

އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް

22 މާރިޗު 2017
އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
13 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް

13 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި

12 މާރިޗު 2017
ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް