Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް ހިލާލް

ސައުދީ ލީގަކީ ޗެލެންޖެއް، ނޭމާގެ ޝުކުރު ރޮނާލްޑޯ އަށް

ނޭމާ ބުނީ ރޮނާލްޑޯ ސައުދީ ލީގަށް ބަދަލުވާން އުޅުމުން އޭނާ އަކީ މޮޔައެއް ކަމަށް ގިނަ މީހުން ބުނި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2023 | ބުރާސްފަތި 02:38
އަލް ހިލާލަށް ސޮއިކުރުމަށްފަހު ނޭމާ

އަލް ހިލާލަށް ސޮއިކުރުމަށްފަހު ނޭމާ

ސައުޕީ ޕްރޯ ލީގަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި، އެކަމާ ކުރިމަތިލާން ބޭނުންވާ ކަމަށް ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ ބުނެފި އެވެ.

ނޭމާ މިހެން ބުނީ އޭނާގެ ކުރީގެ ކުލަބު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށްފަހު އަލް ހިލާލަށް ބަދަލުވެ ވާހަކަ ދައްކަމުންނެވެ. ނޭމާ ބުނީ، އައު ލީގަކަށް ބަދަލުވެވުމުން އޭނާ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ. އެހެންކަމުން މިއީ އޭނާގެ ކެރިއަރުގައި ކުރިމަތިލާން ޖެހޭނެ އައު ޗެލެންޖެއް ކަމަށާއި، އެކަމާ ކުރިމަތިލައި، ތާރީޚު ލިޔަން ބޭނުންވާ ކަމަށެވެ. އިތުރަށް އޭނާ ބުނީ، އެކަހަލަ ޗެލެންޖުތަކާ ކުރިމަތިލާން ޖެހުމަކީ މީހާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވެސް ބޮޑުވެގެން ދާނެ ކަމެއް ކަމަށެވެ. ނޭމާގެ އަމާޒަކީ ސައުދީ ޕްރޯ ލީގަކީ ފެންވަރު ރަނގަޅު، މަޝްހޫރު ލީގަކަށް ހެދުމެވެ. އެ ލީގުން މިހާރު ސޮއި ހޯދަމުން އަންނަ ކުޅުންތެރިންގެ ސަބަބުން އެކަން ހާސިލްވާނެ ކަމަށް ވެސް އޭނާ ދެކެ އެވެ.

މީގެ އިތުރުން ނޭމާ ވަނީ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޚާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އޭނާ ބުނީ ރޮނާލްޑޯ ސައުދީ ލީގަށް ބަދަލުވާން އުޅުމުން އޭނާ އަކީ މޮޔައެއް ކަމަށް ގިނަ މީހުން ބުނި ކަމަށެވެ. ނަމަވެސް ސައުދީ ލީގު މިހާރު އޮތް ވަރަށް ފުޅާ ވެގެންދިޔައީ ރޮނާލްޑޯގެ ސަބަބުން ކަމަށް ނޭމާ ފާހަގަކުރި އެވެ. އެހެންކަމުން އެކަމުގައި ރޮނާލްޑޯ އަށް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޕީއެސްޖީގެ އިތުރުން ސްޕެއިންގެ ބާސެލޯނާ އަށް ވެސް ކުރިން ކުޅެފައިވާ ނޭމާ ބުނީ، އަލް ހިލާލަށް ބަދަލުވީ އެ ޓީމާއެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދުމަށް ކަމަށެވެ. އެގޮތުން އަލް ހިލާލާއެކު ކާމިޔާބު ކުރެވެން ހުރި އެންމެހައި ތައްޓެއް ކާމިޔާބުކޮށް، އެ ކުލަބަކީ ސައުދީގައި ވެސް އަދި ސަރަހައްދުގައި ވެސް މޮޅު ކުލަބަކަށް ހަދައިދޭން ބޭނުންވާ ކަމަށް ނޭމާ ބުންޏެވެ.

އަލް ހިލާލުން ނޭމާ އަށް ޖުމްލަ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެ ކުލަބާއެކު އޭނާ ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑުކުރާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްޖީއަށް ސަމާލުކަން ލިބެނީ ނޭމާގެ ސަބަބުން: ފީގޯ

ޕީއެސްޖީއަށް ސަމާލުކަން ލިބެނީ ނޭމާގެ ސަބަބުން: ފީގޯ

31 އޮކްޓޯބަރު 2017
ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ނޭމާގެ މައްޗަށް ސާބިތުވެއްޖެ

ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ނޭމާގެ މައްޗަށް ސާބިތުވެއްޖެ

21 އޮކްޓޯބަރު 2017
ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް

ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް

07 އޮކްޓޯބަރު 2017
ވޯލްޑްކަޕް ކޮލިފައިން: ސައުދީ އަރަބިއްޔާ ކޮލިފައިވިއިރު، ދެކުނު ކޮރެޔާވެސް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ވޯލްޑްކަޕް ކޮލިފައިން: ސައުދީ އަރަބިއްޔާ ކޮލިފައިވިއިރު، ދެކުނު ކޮރެޔާވެސް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

06 ސެޕްޓެމްބަރު 2017
ފްރެންޗް ލީގު: ނޭމާގެ ލަނޑުތަކާ އެކު ބޮޑު ތަފާތަކުން ޓޫލޫސްގެ މައްޗަށް ޕީއެސްޖީ ކުރި ހޯދައިފި

ފްރެންޗް ލީގު: ނޭމާގެ ލަނޑުތަކާ އެކު ބޮޑު ތަފާތަކުން ޓޫލޫސްގެ މައްޗަށް ޕީއެސްޖީ ކުރި ހޯދައިފި

21 އޯގަސްޓު 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު