Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ނޭމާގެ މަރުޙަބާގެ މެސެޖެއް ޕައުލީނިއޯ އަށް.!

15 އޯގަސްޓު 2017 | އަންގާރަ 13:42

ޕައުލީނިއޯ ވަނީ ބްރެޒިލްގެ ގައުމީޓިމުގައިވެސް މޮޅުކުޅުމެއް ދައްކާފައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 15 އޯގަސްޓު 2017 | އަންގާރަ 13:42
ޕައުލީނިއޯ އަދި ނޭމާ: ބްރެޒިލްގެ ގައުމީޓިމުން ވިދާލި ދެކުޅުންތެރިން

ޕައުލީނިއޯ އަދި ނޭމާ: ބްރެޒިލްގެ ގައުމީޓިމުން ވިދާލި ދެކުޅުންތެރިން

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކަމުގައިވާ ނޭމާ ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިއޯއަށް މަރުހަބާ ކިޔައިފިއެވެ.

ޕީއެސްޖީގެ ތަރި ނޭމާ ޕައުލީނިއޯ އަށް މަރުހަބާ ކިޔާފައި ވަނީ ޕައުލީނިއޯ ބާސެލޯނާއާ ގުޅެން ނިންމުމާއި ގުޅިގެންނެވެ.

ޕައުލީނިއޯއަށް މަރުހަބާ ކިޔަމުން ނޭމާ ކޮށްފައިވާ ޓްވީޓެއްގައި ލިޔެފައި ވަނީ އޭނާ ބާސެލޯނާއާއި ގުޅުނުއިރު އުފާވެފައި ހުރިވަރަށް ޕައުލީނިއޯ ވެސް އުފާވާނެ ކަމަށް އުއްމީދުކުރާ ކަމަށާއި ބާސާއަށް ޕައުލީނިއޯ ބަދަލުވުމަކީ ލިބުނު ކާމިޔާބީ އެއްކަމަށެވެ.

" އަހަރެން އުންމީދުކުރަން އަހަރެން ބާސާއާ ގުޅުނުއިރު އުފާވިާ ވަރަށް ޕައުލީނިއޯ ވެސް އުފާވާނެ ކަމަށް. ތީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް." ނޭމާ ލިޔެފައިވެއެވެ.

ދުނިޔޭގެ ރެކޯޑު ފީއަކަށް ނޭމާ ޕީއެސްޖީއަށް ވިއްކާލުމަށް ފަހު ބާސެލޯނާއިން އަންނަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެޓީމަށް ކުޅުންތެރިން ގެނައުމަށް މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އެޓީމުން މިހާރު ވަނީ ޗައިނާ ސުޕަ ލީގުގައި ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރު ޕައުލީނިއޯ ގެނައުމަށް އެއްބަސް ވުމަކަށް އައިސްފައެވެ. އުމުރުން 29 އަހަރުގެ ޕައުލީނިއޯ ބާސެލޯނާއަށް ބަދަލުވުމުގެ އެންމެ ހާކަމެއް ނިމުމަކަށް އައިސްފައިވާއިރު ބާސެލޯނާއިން ވެސް ވަނީ އެކަން ޔަގީން ކޮށްދީފައެވެ.

ޕައުލީނިއޯއާއި ނޭމާ އަކީ ގާތް ދެ ރަހުމަތްތެރިން ކަމަށް ވާއިރު މި ދެކުޅުންތެރިން ވިދާލާފައި ވަނީ ވެސް އެއް ދުވަސްވަރެއްގައި ބްރެޒިލްގެ ގައުމީޓީމުންނެވެ. މި ދެކުޅުންތެރިންނަކީ ވެސް ބަރެޒިލްގެ ގައުމީޓީމުގައި މޮޅުކުޅުމެއް ދައްކާފައިވާ އަދި ދައްކަމުންއަންނަ ދެކުޅުންތެރިންނެވެ.

ޕައުލީނިއޯގެ އިތުރުން ބާސެލޯނާއިން އަންނަނީ ލިވަޕޫލްގެ ކޮޓީނިއޯ އަދި ބޮރޫޝިޔާ ޑޯޓްމުންޑްގެ އުސްމާނޭ ޑެމްބެލޭ ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ދެ ކުޅުންތެރިން ހޯދުމަށް މީގެ ކުރިން ބާސެލޯނާއިން ހުށަހެޅި ބިޑުތަކަށް ދެ ކުލަބުން ވެސް ވަނީ ރިޖެކްޓް ކޮށްފައެވެ.

ބާސެލޯނާ ވަނީ ސްޕެނިޝް ލީގު ހުޅުވުމުގެ ގޮތުން ކުޅުނު ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން ތަފާތު ބޮޑުކޮށް ބަލިވެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

19 މެއި 2018

ނޭމާގެ ވާހަކަ ދައްކާނީ ޗެމްޕިއަންސް ލީގު ފައިނަލަށްފަހު!

19 މެއި 2018
ނޭމާގެ ވާހަކަ ދައްކާނީ ޗެމްޕިއަންސް ލީގު ފައިނަލަށްފަހު!
19 މާރިޗު 2018

ނޭމާގެ ކުރިމަގު އޮތީ ޕީއެސްޖީގައި: ތިއާގޯ ސިލްވާ

19 މާރިޗު 2018
ނޭމާގެ ކުރިމަގު އޮތީ ޕީއެސްޖީގައި: ތިއާގޯ ސިލްވާ
28 ޑިސެމްބަރު 2017

ފީފާގެ ރައީސްގެ މަރުހަބާ މެސެޖެއް ނިއުއަށް

28 ޑިސެމްބަރު 2017
ފީފާގެ ރައީސްގެ މަރުހަބާ މެސެޖެއް ނިއުއަށް
04 ޑިސެމްބަރު 2017

ނޭމާގެ ގޮތް އެނގޭ، އޭނާ ރެއާލް އަށް ބަދަލެއް ނުވާނެ: ސުއަރޭޒް

04 ޑިސެމްބަރު 2017
ނޭމާގެ ގޮތް އެނގޭ، އޭނާ ރެއާލް އަށް ބަދަލެއް ނުވާނެ: ސުއަރޭޒް
31 އޮކްޓޯބަރު 2017

ޕީއެސްޖީއަށް ސަމާލުކަން ލިބެނީ ނޭމާގެ ސަބަބުން: ފީގޯ

31 އޮކްޓޯބަރު 2017
ޕީއެސްޖީއަށް ސަމާލުކަން ލިބެނީ ނޭމާގެ ސަބަބުން: ފީގޯ
21 އޮކްޓޯބަރު 2017

ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ނޭމާގެ މައްޗަށް ސާބިތުވެއްޖެ

21 އޮކްޓޯބަރު 2017
ޓެކްސް އަށް މަކަރު ހެދިކަމުގެ ކުށް ނޭމާގެ މައްޗަށް ސާބިތުވެއްޖެ
17 ސެޕްޓެމްބަރު 2017

ޕައުލީނިއޯ ފަހު ވަގުތު ބާސާ މޮޅުކޮށްދީފި

17 ސެޕްޓެމްބަރު 2017
ޕައުލީނިއޯ ފަހު ވަގުތު ބާސާ މޮޅުކޮށްދީފި
21 އޯގަސްޓު 2017

ފްރެންޗް ލީގު: ނޭމާގެ ލަނޑުތަކާ އެކު ބޮޑު ތަފާތަކުން ޓޫލޫސްގެ މައްޗަށް ޕީއެސްޖީ ކުރި ހޯދައިފި

21 އޯގަސްޓު 2017
ފްރެންޗް ލީގު: ނޭމާގެ ލަނޑުތަކާ އެކު ބޮޑު ތަފާތަކުން ޓޫލޫސްގެ މައްޗަށް ޕީއެސްޖީ ކުރި ހޯދައިފި
15 އޯގަސްޓު 2017

ބްރެޒިލްގެ މިޑްފިލްޑަރު ޕައުލީނިއޯ ބާސާ އަށް ސޮއިކޮށްފި

15 އޯގަސްޓު 2017
ބްރެޒިލްގެ މިޑްފިލްޑަރު ޕައުލީނިއޯ ބާސާ އަށް ސޮއިކޮށްފި
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް