Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތިވެރި ބޮޑުފޮޅުދޫގެ މަޝްރޫއު

ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑާއި ވޮލީކޯޓް ހުޅުއްވައިދެއްވައި މަތިވެރީގައި ފެނުގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި

16 އޯގަސްޓު 2023 | ބުދަ 14:01

މަތިވެރި ފެނުގެ މަޝްރޫޢުގެ ޖުމްލަ އަގަކީ 38.82 މިލިއަން ދިވެހި ރުފިޔާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 އޯގަސްޓު 2023 | ބުދަ 14:01
މަތިވެރި ފެނުގެ ނިޒާމުގެ ހިދުމަތް ރައީސް ފަށްޓަވައިދެއްވަނީ

މަތިވެރި ފެނުގެ ނިޒާމުގެ ހިދުމަތް ރައީސް ފަށްޓަވައިދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އއ. ބޮޑުފޮޅުދޫ ފުޓްބޯޅަދަނޑާއި ވޮލީކޯޓް ހުޅުއްވައިދެއްވައި އއ. މަތިވެރީގައި ފެނުގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތުތައް ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އަރިއަތޮޅު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ބޮޑުފޮޅުދޫ ފުޓްބޯޅަދަނޑަކީ ޓާފް އަޅައިގެން ތަރައްޤީކޮށްފައިވާ ދަނޑެކެވެ. ދަނޑުގެ ސަބްބޭސްގެ މަސައްކަތްކޮށްފައި ވަނީ އެލިއޮތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އަދި ޓާފް އެޅުމުގެ މަސައްކަތްކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި އެރަށު ވޮލީކޯޓަކީ ވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ތަނެކެވެ.

އއ. މަތިވެރީގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. މަތިވެރީގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި  ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ވަނީ ފޯރުކޮށްދީފައެވެ.

އއ. މަތިވެރީގެ ފެނުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 38.82 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން މަތިވެރީގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖުލައި 2018

ދިއްގަރު ބަނދަރު ހުޅުއްވައިދެއްވައި، ދިއްގަރުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފައްޓަވައިދެއްވައިފި

10 ޖުލައި 2018
ދިއްގަރު ބަނދަރު ހުޅުއްވައިދެއްވައި، ދިއްގަރުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފައްޓަވައިދެއްވައިފި
09 މެއި 2018

ބޮޑުފޮޅުދޫއަށް އެރި ނަގޫރޯޅިގައި 6 ގެއަކަށް ގެއްލުންވެއްޖެ

09 މެއި 2018
ބޮޑުފޮޅުދޫއަށް އެރި ނަގޫރޯޅިގައި 6 ގެއަކަށް ގެއްލުންވެއްޖެ
16 ޖެނުއަރީ 2018

ފުޓްބޯޅަ ކުޅެ ނިމުނުތަނާ ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ

16 ޖެނުއަރީ 2018
ފުޓްބޯޅަ ކުޅެ ނިމުނުތަނާ ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ
25 ޑިސެމްބަރު 2017

ރައީސް ޔާމީން ބ. ކެންދޫ ބަނދަރު ހުޅުއްވައިދެއްވައިފި

25 ޑިސެމްބަރު 2017
ރައީސް ޔާމީން ބ. ކެންދޫ ބަނދަރު ހުޅުއްވައިދެއްވައިފި
24 ޑިސެމްބަރު 2017

ނ. ވެލިދޫ ބަނދަރު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

24 ޑިސެމްބަރު 2017
ނ. ވެލިދޫ ބަނދަރު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި
02 ނޮވެމްބަރު 2017

އެކަނި އަރައިގެން ފުޓްބޯޅަ ކުޅެން ރައީސް ޔާމީނަށް ޖާގައެއް ނުދޭނަން: ޑރ. ހުސެއިން ރަޝީދު

02 ނޮވެމްބަރު 2017
އެކަނި އަރައިގެން ފުޓްބޯޅަ ކުޅެން ރައީސް ޔާމީނަށް ޖާގައެއް ނުދޭނަން: ޑރ. ހުސެއިން ރަޝީދު
26 ސެޕްޓެމްބަރު 2017

ސައުދީ ރަސްގެފާނު ވިލިގިލީގައި އަޅުއްވައިދެއްވި މިސްކިތް ރައީސް ޔާމީން ހުޅުއްވައިދެއްވައިފި

26 ސެޕްޓެމްބަރު 2017
ސައުދީ ރަސްގެފާނު ވިލިގިލީގައި އަޅުއްވައިދެއްވި މިސްކިތް ރައީސް ޔާމީން ހުޅުއްވައިދެއްވައިފި
21 އޯގަސްޓު 2017

ރަސްރަނި ބަގީޗާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި

21 އޯގަސްޓު 2017
ރަސްރަނި ބަގީޗާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި
14 އޯގަސްޓު 2017

ފީބޯ އަހްމަދު މަނިކުގެ ފުޓްބޯޅަ މެޗެކޭ ރައީސް ޔާމީންގެ ތަހުގީގެކޭ ތަފާތެއް ނެތް!

14 އޯގަސްޓު 2017
 ފީބޯ އަހްމަދު މަނިކުގެ ފުޓްބޯޅަ މެޗެކޭ ރައީސް ޔާމީންގެ ތަހުގީގެކޭ ތަފާތެއް ނެތް!
30 ޖޫން 2017

ރާއްޖޭގައި ބަބްލް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

30 ޖޫން 2017
ރާއްޖޭގައި ބަބްލް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް