Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އއ. އަތޮޅަށް

އަޅުގަނޑުމެން މިތިބީ އެތައް ސްޓެޕެއް ކުރީގައި، ދެން ތިބި ޕާޓީތަކަށް ކައިރިވެސް ނުކުރެވޭނެ: ރައީސް

16 އޯގަސްޓު 2023 | ބުދަ 09:05

ކުރީ ސަރުކާރުތަކާއި މި ސަރުކާރު ރައްޔިތުންނަށް ވަނީ ޓެސްޓް ކުރެވިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 އޯގަސްޓު 2023 | ބުދަ 09:05
ރައީސް ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ރައީސް ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

އެމްޑީޕީ ހިމެނޭ ކޯލިޝަން އޮތީ އިދިކޮޅު އެހެން ޕާޓީތަކަށްވުރެ އެތައް ސްޓެޕެއް ކުރީގައި ކަމަށާއި އެ ޕާޓީތަކަށް ދެން ކައިރި ވެސް ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އއ. ބޮޑުފޮޅުދޫގައި ބުދަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކާއި މި ސަރުކާރު ރައްޔިތުންނަށް ޓެސްޓް ކުރެވިފައިވާ ކަމަށާއި ރަނގަޅީ ކޮން ސަރުކާރެއްކަން އެނގޭނެ ކަމަށެވެ. އެގޮތުން, މިހާތަނަށް ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރެއިން 90 އިންސައްތަ މަސައްކަތް ފެށިގެން ކުރިއަށްދާއިރު މިއީ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރެވިފައިވާ ކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މިއަދު އިދިކޮޅު ކެންޑިޑޭޓުން ވާން ޖެހޭނެ ވައުދެއް ނެތުމުން ކަންބޮޑުވާނެ ކަމަށެވެ. މިކަމާ އެހެން ޕާޓީތަކުގެ މެންބަރުން ވެސް ވިސްނަން ޖެހޭ ކަމަށާއި އަދި މިފަހަރު އިންތިޚާބުގައި ދޭ ވޯޓަކީ ބޭކާރު ވޯޓަކަށް ނުހެދުމަށް އެދިވަޑައިގެންނެވިއެވެ.

ކުރިއަށް ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބޮޑުފޮޅުދޫގައި ދެވަނަ ދައުރެއްގައި ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އަދި ރޯހައުސް އަޅުއްވައި ފެންބޮޑުވާ މަގުތަކުގައި ތާރު އަޅުއްވައި, ކައުންސިލާއި ކޯޓާއި ފުލުހުންގެ ޚިދުމަތް ހިންގުމަށް އޮފީސް ކޮމްޕްލެކްސްއެއް ވެސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޒުވާނުން ބޭނުންވާ ހޭންޑްބޯލް ކޯޓާއި ފުޓްސަލް ދަނޑު ތަރައްގީކޮށްދެއްވައި, 12 ކްލާސްރޫމުގެ އައު އިމާރާތެއް ސްކޫލުގައި އަޅުއްވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުން އެންމެ ބޭނުންވަނީ ބިން ހިއްކުމުގެ މަޝްރޫއުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އުކުޅަހުގެ ބިން ހިއްކުމަށްފަހު، ކުރިއަށް އޮތް ހަތަރު ފަސް ދުވަހުގެ ތެރޭގައި ބޮޑުފޮޅުދޫ ބިންހިއްކުމުގެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލު ގެނެވޭނީ މި ސަރުކާރަށް ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ހެޔޮ ބަދަލު ފެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

26 ޖޫން 2017

ބިން ހިއްކައި ނުދީގެން މިތިބީ ހިތްހަމަ ނުޖެހިފައި، 2018 އާ މެދު ކަންކުރާނެ ގޮތް ވިސްނަންޖެހޭ: ހުރާ ކައުންސިލްގެ ނައިބު

26 ޖޫން 2017
ބިން ހިއްކައި ނުދީގެން މިތިބީ ހިތްހަމަ ނުޖެހިފައި، 2018 އާ މެދު ކަންކުރާނެ ގޮތް ވިސްނަންޖެހޭ: ހުރާ ކައުންސިލްގެ ނައިބު
29 އެޕްރީލު 2017

އަޅުގަނޑުމެން މި އުޅެނީ ނަސްރު ހޯދަން: ރައީސް

29 އެޕްރީލު 2017
އަޅުގަނޑުމެން މި އުޅެނީ ނަސްރު ހޯދަން: ރައީސް
11 އެޕްރީލު 2017

އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި

11 އެޕްރީލު 2017
އެތައް އަހަރަކަށް ފަހު މާލިއްޔަތު ކޮމެޓީން ރިޔާޒް ރަޝީދު ވަކިކޮށްފި
06 އެޕްރީލު 2017

ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!

06 އެޕްރީލު 2017
ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!
02 އެޕްރީލު 2017

ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް

02 އެޕްރީލު 2017
ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް
31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
22 ފެބުރުއަރީ 2017

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް