Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ޑި ބްރޭނާގެ އަނިޔާ ސީރިއަސް، ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ

ސާޖަރީ އާއެކު ޑި ބްރޭނާ އަށް މެޗުތަކެއް ގެއްލޭއިރު، އެއީ ސިޓީ އަށް ހީނަރުކަމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އޯގަސްޓު 2023 | ބުދަ 06:44
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ކެވިން ޑި ބްރޭނާ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ކެވިން ޑި ބްރޭނާ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އަށް ލިބުނު އަނިޔާ ސީރިއަސްވެ، ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ސިޓީގެ މެދު ތެރޭގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަމުން އައި ޑި ބްރޭނާ އަށް އަނިޔާވީ، ކޮމިއުނިޓީ ޝީލްޑް މެޗުގަ އެވެ. އާސެނަލާ ދެކޮޅަށް ސިޓީން ކުޅުނު މެޗުގެ ދެ ވަނަ ހާފުގެ ވަކި ހިސާބަކުން ޑި ބްރޭނާ އަށް އަނިޔާވީއިރު، ވަގުތުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. ޑި ބްރޭނާގެ ބަދަލުގައި އެ މެޗުގައި ކުޅެން ނުކުތީ މަތެއޯ ކޮވަސިޗް އެވެ. އޭގެ ފަހުން ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި އަނެއްކާ ވެސް ފުރަތަމަ 11 ގައި އޭނާ ހިމެނި އެވެ. ނަމަވެސް އެ މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވެ ޑި ބްރޭނާ ވަނީ ބަދަލުކޮށްފަ އެވެ.

އަނިޔާ އަށް ފަހު ކުރިއަށް ގެންދިޔަ ޑި ބްރޭނާގެ މެޑިކަލްގެ ޓެސްޓުތަކުން ފެންނަ ގޮތުގައި އޭނާ އަށް ޖެހެނީ ސާޖިރީއެއް ކުރާށެވެ. އެކަން ޔަގީންކޮށްދެމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، ދުވަސް ކޮޅަކަށް ޑި ބްރޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭ ކަމަށެވެ. ސާޖަރީ އާއެކު ޑި ބްރޭނާ އަށް މެޗުތަކެއް ގެއްލޭއިރު، އެއީ ސިޓީ އަށް ހީނަރުކަމެއް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ޑި ބްރޭނާގެ ހުނަރާމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، އޭނާ އަކީ ޓީމަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. ނަމަވެސް މިއީ ޑި ބްރޭނާ އަށް ހިތާމަވެރި ވަގުތަކަށް ވާނެ ކަމަށާއި، އެއާ ވިދިގެން މިއީ ސިޓީ އަށް ވެސް ހިތާމަވެރި ވަގުތެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޑި ބްރޭނާ އަށް އެނބުރި ފަރިތަކުރުންތަކަށް އާދެވޭނެ ދުވަހެއް ލަފާކޮށްފައި ބުނަަން އިނގޭނީ ސާޖަރީ އަށް ފަހު ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

މިދިޔަ ސީޒަނުގައި ސިޓީން ތިން ތަށި ކާމިޔާބު ކުރިއިރު، ޑި ބްރޭނާ އަކީ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔެކެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ސިޓީ އަށް ކުޅެދިން 49 މެޗުގައި 10 ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
21 މާރިޗު 2017

ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް

21 މާރިޗު 2017
ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު