Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބުގެ މޮނިޓަރކުރުން

އިންތިޚާބު މޮނިޓަރ ކުރުމަށް އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ޖުމްލަ 8000ށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވޭ: އީސީ

ރާއްޖޭގެ މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި 4545 އެޕްލިކޭޝަން ހުށަހަޅާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 އޯގަސްޓު 2023 | ބުދަ 03:51
އިންތިޚާބާބެހޭ މަރުކަޒު

އިންތިޚާބާބެހޭ މަރުކަޒު

ރިޔާސީ އިންތިޚާބު މޮނިޓަރ ކުރުމަށް އޮބްޒާވަރުންނާއި، މޮނިޓަރުންގެ ގޮތުގައި ޖުމްލަ 8000ށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023 މޮނިޓަރ ކުރުމަށް ރާއްޖޭގެ މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި 4545 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަގޮތުން ކުރިމަތިލި މީހުންނާއެކު 3607 އެޕްލިކޭޝަން އޮބްޒާވަރުންނާއި، މޮނިޓަރުންގެ ގޮތުގައި ޖުމްލަ 8152 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެޕްލިކޭޝަންތަކުގެ މައުލޫމާތު ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި 574 ވޯޓުލާ މަރުކަޒު ގާއިމް ކުރެވޭއިރު، ކޮންމެ ވޯޓުލާ މަރުކަޒެއްގައި ރާއްޖެއިން ގާތްގަނޑަކަށް 14 މީހުން އިންތިޚާބު އޮބްޒާވްކޮށް މޮނިޓަރ ކުރުމަކީ، އިންތިޚާބުގެ ކަންކަން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް ކަމަށާއި، ހިތްހަމަ ޖެހުމެއް ކަމަށެވެ.

ހަބީބު ވިދާޅުވީ ރާއްޖޭގެ މޮނިޓަރުންނާއި، އޮބްޒާވަރުންގެ އިތުރުން، އިންޓަރނޭޝަނަލް އޮބްޒާވަރުންނާއި މޮނިޓަރުންގެ އޮބްޒަރވޭޝަންތަކާއެކު، ރިޔާސީ އިންތިހާބު 2023 ވެގެންދާނީ، އެންމެ ރަނގަޅަށް، އެންމެ ގިނަ އަދަދެއްގެ މީހުން އޮބްޒާވްކޮށް މޮނިޓަރ ކުރެވޭނެ އިންތިޚާބަށް ކަމަށެވެ.

ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި މުޅި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާނެ އެވެ. އެއީ މާލެ ސަރަހައްދުގައި 176 ވޯޓު ފޮށި، މާލެ ފިޔަވައި ސިޓީތަކާއި އަތޮޅުތަކުގައި 384 ވޯޓު ފޮށި، ސިނާއީ މަސައްކަތް ކުރާ ތަންތަނާއި ޖަލުތަކުގައި 6 ވޯޓު ފޮށި، ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާނެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގެ ފަސްގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ ސްރީލަންކާ، އިންޑިއާ، މެލޭޝިޔާ، އިނގިރޭސިވިލާތް އަދި އަބޫދާބީ ގައެވެ. އެގޮތުން ސްރީލަންކާގައި ދެ ވޯޓު ފޮށި، މެލޭޝިޔާގައި 3 ވޯޓު ފޮށި އަދި އެހެން ކޮންމެ ގައުމެއްގައި އެއް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު