Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިންވެރިޔާ ސްކީމް

މި ދައުރު ނިމުމުގެ ކުރިން ގޯތި ލިބޭ ހުރިހާ މީހުންނަށް ބިންކަނޑާ ހަވާލުކުރާނަން: ހައުސިން މިނިސްޓްރީ

14 އޯގަސްޓު 2023 | ހޯމަ 06:58

ގޯތި ދޫކުރަނީ އިންތިޚާބާއި ގުޅުވައިގެން ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޯގަސްޓު 2023 | ހޯމަ 06:58
އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ހުރިހާ މީހުންނަށް ބިންކަނޑާ ހަވާލުކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތި ދިނުމަށް މަސައްކަތް ކުރަނީ ރިޔާސީ އިންތިޚާބުގެ ކުރިން ނޫން ކަމަށާއި، ގޯތި ދޫކުރަނީ އިންތިޚާބާއި ގުޅުވައިގެން ނޫން ކަމަށެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ ރައީސް ސާލިހު ނިންމަވާފައިވަނީ މިދައުރު ނިމުމުގެ ކުރިން ގޯތި ލިބޭ ހުރިހާ ފަރާތްތަކަށް ބިން ހަވާލުކުރަން ކަމަށާއި، އެގޮތަށް އެމަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެހެންކަމުން ދައުރު ނިމުމުގެ ކުރިން ގޯތި ލިބޭ 18955 މީހުންނަށް ރަޖިސްޓްރީއާއެކު ބިން ކަނޑާ ހަވާލުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ ހުޅުމާލެއިން ގޯތި ލިބޭ މީހުންނަށް ހަމަ އެ ދުވަހުން ދުވަހަށް ގޯތި ދޭނެ ކަމަށެވެ. ނަމަވެސް ގުޅީފަޅުން ގޯތި ލިބޭ މީހުންނަށް ވަގުތުން ގޯތި ހަވާލު ނުކުރާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ތަނުން ވެސް ވަރަށް އަވަހަށް ގޯތި ލިބުނު މީހުންނަށް ހަވާލުކުރާނެ ކަމަށެވެ.

މާލެ ސަރަހައްދުން ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ މީހުންގެ މެދުގައި ގުރު ނެގުން އޮންނާނީ އަންގާރަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައެވެ.

ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ސްކީމްގެ ދަށުން ޖުމްލަ 18955 މީހުން ގޯތި ލިބެއެވެ. އަދި 684 މީހުންނަށް ގޯތި ނުލިބެއެވެ. ގޯތި ނުލިބެނީ 18 އަހަރާއި 25 އަހަރު ކައިވެނި ނުކުރާ މީހުންނަށެވެ.

ހައުސިންގ މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެންމެ ބޮޑުކޮށް ދެނީ 4،000 އަކަފޫޓްގެ ގޯއްޗެވެ. އަދި އެންމެ ކުޑަކޮށް ދޭނީ 1،250 އަކަފޫޓްގެ ގޯއްޗެވެ.

އެގޮތުން 1250 އަކަފޫޓުގެ 3551 ގޯތި ދޫކުރެއެވެ. އެއީ ހުޅުމާލެއިން 250, ގުޅީފަޅު 260 އަދި ގިރާވަރު 3041 ގޯއްޗެވެ. 1650 އަކަފޫޓޫގެ 2802 ގޯތި ދޫކުރެއެވެ. އެއީ ހުޅުމާލެ 340 ގޯތި, ގުޅީފަޅު 558 ގޯތި އަދި ގިރާވަރުފަޅު 1904 ގޯއްޗެވެ. 2050 އަކަފޫޓުގެ 1547 ގޯތިދޫކުރެއެވެ. އެއީ ހުޅުމާލެ 370 ގޯތި، ގުޅީފަޅު 690 ގޯތި އަދި ގިރާވަރުފަޅު 487 ގޯއްޗެވެ. 2450 އަކަފޫޓުގެ 656 ގޯތި ދޫކުރެއެވެ. އެއީ ހުޅުމާލެ 180ގޯތި، ގުޅީފަޅު 476 ގޯއްޗެވެ. 2850 އަކަފޫޓުގެ 254 ގޯތި ދޫކުރެއެވެ. އެއީ ހުޅުމާލެ 100 ގޯތި އަދި ގުޅީފަޅު 154 ގޯއްޗެވެ. 3250 އަކަފޫޓު 109 ގޯތި ދޫކުރެއެވެ. އެއީ (ހުޅުމާލެ 60 ގޯތި އަދި ގުޅީފަޅު 49 ގޯއްޗެވެ. މީގެ އިތުރުން 3650 އަކަފޫޓު 53 ގޯތި ދޫކުރެއެވެ. އެއީ ހުޅުމާލެ 31 ގޯއްޗާއި، ގުޅީފަޅު 22 ގޯއްޗެވެ. އަދި 4000 އަކަފޫޓު 29 ގޯތި ދޫކުރުމަށް ނިންމާފައިވެއެވެ. އެއީ ހުޅުމާލެ 20 ގޯއްޗާއި، ގުޅީފަޅު 9 ގޯއްޗެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް