Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

މޮޅުވުން ޙައްޤު، ނަމަވެސް މިއީ ފެށުމެއް: ޕޮޗެޓީނޯ

ލީގުގައި ރަނގަޅު ވާދައެއް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޗެލްސީ އަށް މިއީ ރަނގަޅު ފެށުމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2023 | ހޯމަ 03:36
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވުން ހައްގުކަމަށާއި، ނަމަވެސް މިއީ ފެށުމެއް ކަމަސް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅެ، 1-1 އިން އެއްވަރުވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ޕޮޗެޓީނޯ ބުނީ، ގިނަ ދުވަސްތަކެއް ވަންދެން ޕްރިމިއާ ލީގާ ދުރުގައި ހުރުމަށްފަހު، އެނބުރި އާދެވުމުން އުަފާވެރި އިހުސާސެއް ކުރެވުނު ކަމަށެވެ. އަދި އޭނާގެ އެނބުރި އައުން ވެސް ގޯސް ނޫން ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ. ޕްރިމިއާ ލީގުގައި ޕޮޗެޓީނޯ އެންމެ ފަހުން އިރުޝާދު ދިނީ ޓޮޓެންހަމަށެވެ. އެ ކުލަބު ދޫކޮށްލުމަށްފަހު އޭނާ ދެން ބަދަލުވީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށެވެ. ޕީއެސްޖީގެ ކޯޗުކަމުން އޭނާ ވަކިކުރިތާ އަހަރެއް ފަހުން، ޗެލްސީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ޖުލައި މަހު އެވެ.

ޕޮޗެޓީނޯ ބުނީ، ޖުމުލަކޮށް މެޗުގައި ޗެލްސީން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށާއި، އެ މެޗުން މޮޅުވުން ވެސް އޭނާގެ ޓީމަށް ހައްގު ކަމަށެވެ. ނަމަވެސް އެ މެޗުން މޮޅުނުވެވުމުން ކޮންމެ ވެސް ވަރެއްގެ ނުތަނަވަސްކަމެއް އޮތްކަން ފާހަގަކޮށް އޭނާ ބުނީ، ހިތްހަމަޖެހެނީ ކުޅުންތެރިން ކުރާ މަސައްކަތް ފެނުމުން ކަމަށެވެ. އެ މެޗުން މޮޅު ނުވެނުނު ނަމަވެސް، މިއީ އަލުން ލީގުގައި ރަނގަޅު ވާދައެއް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ޗެލްސީ އަށް ރަނގަޅު ފެށުމެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކޮށްފަ އެވެ.

މީގެ އިތުރުންް ޕޮޗެޓީނޯ ބުނީ ދެން ފޯކަސް ކުރާނީ ރަށުން ބޭރުގައި ކުޅެން އޮތް މެޗަށް ކަމަށާއި، އެ މެޗުން މޮޅެއް ހޯދައިގެން ހަމަޖެހިލަަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނީ ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ. ހަމައެހެންމެ، ފަސޭހެ މެޗުތަކުގައި މުހިންމު ޕޮއިންޓުތަކެއް ގެއްލުވާލައިގެން ނުވާނެ ކަމަށާއި، އެއީ ކުރިއަށް ދިޔުމުގައި ސަމާލުކަން ދޭން ޖެހޭ އެންމެ ބޮޑު ކަންތައް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޕޮޗެޓީނޯ ބުނީ މިވަގުތު އޮތް ސްކޮޑާ މެދު ވެސް ހިތްހަމަ ޖެހޭ ކަމަށާއި، އެހެން ނަމަވެސް ޗެލްސީގެ ކޯޗަކަށް ހުންނަ މީހަކު އަބަދުވެސް އައު ކުޅުންތެރިން ހޯދަން ވެސް ބޭނުންވާނެ ކަމަށެވެ.

ލީގުގައި ދެން ޗެލްސީ އަށް އޮންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ އަދި ނޮޅިވަރަމް އަށް އުންމީދީ ފެށުމެއް

މިނިވަން ޗެމްޕިއަންޝިޕް: ކެނދިކުޅުދޫ އަދި ނޮޅިވަރަމް އަށް އުންމީދީ ފެށުމެއް

24 މާރިޗު 2017
މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

މެޗު ފަސޭހަކުރަން ބޭނުމެއް ނޫން، މޮޅުވުން ވަރަށް މުހިންމު: ނިޒާމްބެ

13 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު