Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެންޑިޑޭޓުންގެ މާލީބަޔާން އޮޑިޓްކުރުން

ކެމްޕޭނަށް ކުރާ ޚަރަދުތައް ރެގިއުލޭޓް ކުރުމަކީ ތަރައްޤީވެފައިވާ ޑިމަކްރަޓިކް ނިޒާމަކަށް ވަރަށް މުހިންމު ކަމެއް: ނިޔާޒީ

ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ތެދުވެރިކަމާއި އަމާންނަތްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޯގަސްޓު 2023 | ހޯމަ 04:21
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވާހަކަފުޅު ދައްކަވަނީ

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވާހަކަފުޅު ދައްކަވަނީ

އިންތިޚާބުތަކާއި ގުޅިގެން ކެމްޕޭންތަކަށް ކުރާ ހަރަދުތައް ރެގިއުލޭޓް ކުރުމަކީ ތަރައްގީވެފައިވާ ޑިމަކްރަޓިކް ނިޒާމަކަށް ވަރަށް ވަރަށް މުހިންމު ކަމެއް ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އިންސްޓިޓިއުޓް އޮފް ޗާރޓާޑް އެކައުންޓަންޓްސް އިން އޮޑިޓަރުންނަށް ކުރިއަށްގެންދިޔަ ޓްރެއިންނިންގ ސެޝަން ނިންމުމުގެ ރަސްމިއްޔާތުގައި ނިޔާޒީ ވިދާޅުވީ މި ތަމްރީން ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

އޮޑިޓަރުންނަށް އިޝާރާތް ކުރައްވައި ނިޔާޒީ ވިދާޅުވީ މި މަސައްކަތް ކުރާއިރު، ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ތެދުވެރިކަމާއި އަމާންނަތްތެރިކަމާއި އިހުލާސްތެރިކަމާއެކު އެތިކަލް މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި އިންތިޚާބުތަކާއި ގުޅިގެން ކެމްޕޭންތަކަށް ކުރާ ހަރަދުތައް ރެގިއުލޭޓް ކުރުމަކީ ތަރައްގީވެފައިވާ ޑިމަކްރަޓިކް ނިޒާމަކަށް ވަރަށް ވަރަށް މުހިންމު ކަމެއް ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒީ ވިދާޅުވީ ރަނގަޅު އޮޑިޓެއް ކުރުމަށް ވަރަށް ރަނގަަޅަށް ހިސާބުތައް ބަލަހައްޓަން ޖެހޭ ކަމަށާއި، ކެމްޕޭނަށް ކުރާ ހަރަދުތައް އެއާގުޅޭ ލިޔުންތައް ވަރަށް ރަނގަޅަށް ބެލެހެއްޓިގެން ނޫނީ ރަނގަޅަށް އޮޑިޓެއް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ޓްރާންސްޕޭރަންޓުކޮށް ހިސާބުތައް ބަލަހައްޓައި، ލައިސެންސް އޮޑިޓަރުން ވެސް ގައިޑްލައިންއާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.

ކެންޑިޑޭޓުންގެ މާލީބަޔާން އޮޑިޓް ކުރުމާގުޅޭ ގޮތުން އިންސްޓިޓިއުޓް އޮފް ޗާރޓާޑް އެކައުންޓަންޓްސް އިން އޮޑިޓަރުންނަށް ކުރިއަށް ގެންދިޔަ އެއްދުވަހުގެ ސެޝަން ވަރަށް ކާމިޔާބު ކަމަށް އޮޑިޓަރ ޖެނަރަލް އޮފީހުން ބުނެއެވެ. އަދި އިންތިޚާބާބެހޭ މަރުކަޒުގައި ކުރިއަށް ގެންދިޔަ މިސެޝަންގައި ކެންޑިޑޭޓުންގެ މާލީބަޔާންތައް ބަލަހައްޓަވާ އޮޑިޓަރުން ބައިވެރިވެފައިވެއެވެ. އަދި އުފެދިފައިވާ ގިނަ ސުވާލުތަކަށް ޖަވާބު ލިބި، ވަރަށް މުހިންމު ކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެއެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު

18 މާރިޗު 2017
ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު
18 މާރިޗު 2017

އިންތިހާބު ފަސް ކުރުމަކީ އީސީގެ ނާތަހުބީކަން: ޖަމީލް

18 މާރިޗު 2017
އިންތިހާބު ފަސް ކުރުމަކީ އީސީގެ ނާތަހުބީކަން: ޖަމީލް
11 މާރިޗު 2017

ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން

11 މާރިޗު 2017
ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން
10 މާރިޗު 2017

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ
02 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

02 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ
20 ފެބުރުއަރީ 2017

ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން

20 ފެބުރުއަރީ 2017
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ  ސުމާޓް ވުމެއް ނޫން: ހަސީން
08 ފެބުރުއަރީ 2017

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

08 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު