Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބައެއް ގައުމުތަކުން ބާބީ ފިލްމް މަނާކުރުން

އެއްޖިންސުން ގުޅުން ހިންގައި، ޖިންސު ބަދަލުކުރަން ހިތްވަރު ދޭތީ ބައެއް ގައުމުތަކުން ބާބީ ފިލްމް މަނާކޮށްފި

ލުބްނާނާއި ކުވައިތުފަދަ ގައުމުތަކުން، އެ ގައުމުތަކުގެ ސިނަމާތަކުގައި ބާބީ ފިލްމު އެޅުވުމަކީ މަނާ ކަމެއް ކަމުގައި ވަނީ ކަނޑައަޅާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2023 | އާދީއްތަ 17:44
އެއްޖިންސުން ގުޅުން ހިންގައި، ޖިންސު ބަދަލުކުރަން ހިތްވަރު ދޭތީ ބައެއް ގައުމުތަކުން ވަނީ ބާބީ ފިލްމް މަނާކޮށްފައި

އެއްޖިންސުން ގުޅުން ހިންގައި، ޖިންސު ބަދަލުކުރަން ހިތްވަރު ދޭތީ ބައެއް ގައުމުތަކުން ވަނީ ބާބީ ފިލްމް މަނާކޮށްފައި

އަދުގެ ހަލަބޮލި ދުނިޔޭގެ އޮއިވަރުގައި ޖެހި، ބޭއިޚުތިޔާރުގައި ނަމަވެސް މިސްރާބުން ދެވޭ ގޮތް ވަނީ މަދު ފަހަރަކު ނޫނެވެ. ހުޅަނގުގެ ނުފޫޒުގަދަ ބާރުތަކުގެ ރޭވުންތައް މުޅި ދުނިޔެއަށް ފަތުރަމުން ދަނީ ސިއްރާއި ފާޅުގައި ވަކި މަގުސަދުތަކެއް ހާސިލުކުރުމަށް ކަމުގައިވެސް ދެންނެވިދާނެއެވެ. ހީވެސް ނުކުރާ ފަދަ އެތައް ގޮތަކަށް، މައުސޫމު އެތައް މަސްދަރަކުން، އިންތިހާ ނުރައްކާ ފަތުރާކަމާމެދު ސަމާލުވާން ޖެހިފައި ވަނީވެސް އޭގެ އެންމެ އިންތިހާއަށެވެ. ފިޔާތޮށި ކުލައެއްގެ އަވައިގައި އަދުގެ ދުނިޔެ ޖެހިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. މި ކަން ގޮސް ގުޅެނީ، ދާދި ފަހުން ރިލީޒްކޮށްގެން އުޅޭ ބާބީ ފިލްމާއެވެ. ބާބީއަކީ މީގެ އެތައް އަހަރެއް ކުރީއްސުރެ، އެތައް ބައެއްގެ މެދުގައި ލޯބި ހޯދާފައިވާ ބުދެއް ނަމަވެސް، އެންމެ ފަހުން ރިލީޒްކުރި ބާބީ ފިލްމާމެދު މިއަދު ވަނީ އިންތިހާއަށް ސަމާލުވާންޖެހިފައެވެ.

ހުޅަނގުގެ ގައުމުތަކާ ޚިލާފަށް، މެދުއިރުމަތީގެ ސިނަމާތަކުގައި ބާބީ ފިލްމު އަޅުވަން ހަމަޖެއްސީ އޯގަސްޓް 10 ވީ ބުރާސްފަތި ދުވަހަށެވެ. ފިލްމް އަޅުވާ ދުވަސް ޖެހުނުއިރު، ލުބްނާނާއި ކުވައިތުފަދަ ގައުމުތަކުން އެ ގައުމުތަކުގެ ސިނަމާތަކުގައި ބާބީ ފިލްމު އެޅުވުމަކީ މަނާކަމެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ. ސަބަބަކީ، ސައްތައިން ސައްތަ ދިވެހި މުޖުތަމައުންވެސް ސަމާލުވާންޖެހޭ ވަރުގެ ސަބަބެކެވެ. ސަބަބު ގުޅެނީ ޖިންސުގެ އަސްލާއެވެ.

ކުވައިތުގައި ބާބީ ފިލްމު ދެއްކުން މަނާކޮށް، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ބާބީ ފިލްމަކީ ކުވައިގެ މުޖުތަމައާއި އާންމު އުސޫލުތަކުގެ ރޫހާ ޚިލާފު، ބީރައްޓެހި ޚިޔާލުތަކާއި ފިކުރު ޕްރޮމޯޓްކުރާ ފިލްމެއް ކަމަށެވެ. އިތުރަށް އެކަން ތަފްސީލުކޮށްދީފައެއް ނުވެއެވެ.

ލުބްނާނުގައިވެސް ވަނީ ބާބީ ފިލްމު ދެއްކުން މަނާކޮށްފައެވެ. ލުބްނާނުގެ ކަލްޗަރ މިނިސްޓަރު، މުހައްމަދު މުރުތަލާ ވިދާޅުވީ، ބާބީ ފިލްމަކީ އިސްލާމީ އަގީދާއާއި އަޚުލާގީ މިންގަނޑުތަކާ ފުށުއަރާ ފިލްމެއް ކަމަށާއި، އެ ފިލްމަކީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކޮށް، ޖިންސު ބަދަލުކުރުމުގެ ނޭއްގާނީ އާދަވެސް ޕްރޮމޯޓްކުރާ ފިލްމެއް ކަމަށެވެ.

ބާބީ ފިލްމުގައި ޖިންސީ ގޮތުން ނޭދެވޭ ކަންތައްތަކެއް ފަތުރާފައެއް ނެތްކަމުގައި ބުނާ ބަޔަކު އުޅެއެވެ. އެއީ ހުޅަނގުގެ ޣައިރު ދީނުގެ ފިކުރުގެ ލެންސުން ބަލާނަމަ އެކަން އޮތް ގޮތެވެ. ނަމަވެސް ފިލްމުގެ ކާސްޓުންނަށް ބަލާއިރު، އެއްޖިންސުން ގުޅުން ހިންގާ ކޭޓް މެކިނަންއާއި، އުފަންވީއިރު ބަޔާންކުރި ޖިންސު ނޫން އެހެން ޖިންސަކަށް ބަދަލުވެގެން އުޅޭ ނުވަތަ ޓްރާންސްޖެންޑަރ ހާރީ ނެފް އެ ފިލްމުން ފެނިގެންދެއެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ ތެރޭގައި މަޝްޣޫލުވެގެން އުޅޭ މީހުންގެ ފަރާތުން ބާބީ ފިލްމަށް ބޮޑު ތަރުހީބެއް ދޭކަން ފާހަގަކުރަން ޖެހެއެވެ.

ވޯނަރ ބްރޮސްގެ ބާބީ ފިލްމު ސްކްރީންތަކަށް ދޫކޮށްލިތާ މަހެއް ނުވަނީސް 1 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ހޯދާފައެވެ. ބާބީ ފިލްމަށް ލިބުނު އާމްދަނީއަކީ، ހެރީ ޕޮޓަރފަދަ ފިލްމުތަކަށް ލިބުނު ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބީއެއް ކަމަށްވެއެވެ.

ދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ކައިވެނީގެ ދުވަހު ހޮނުއަޅައިގެން އާއިލާގެ 16 މީހުން މަރުވި ޒުވާނެއްގެ ވާހަކަ

ކައިވެނީގެ ދުވަހު ހޮނުއަޅައިގެން އާއިލާގެ 16 މީހުން މަރުވި ޒުވާނެއްގެ ވާހަކަ

31 ޑިސެމްބަރު 2023
ހަނގުރާމަ ހުއްޓާލުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

ހަނގުރާމަ ހުއްޓާލުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

10 ޑިސެމްބަރު 2023
 ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހޭ، ސުލްހައަށް ދާން ކޮންފަރެންސެއް ބޭނުންވޭ: ފަލަސްތީނުގެ ރައީސް

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެންނަން ޖެހޭ، ސުލްހައަށް ދާން ކޮންފަރެންސެއް ބޭނުންވޭ: ފަލަސްތީނުގެ ރައީސް

09 ޑިސެމްބަރު 2023
ހަނގުރާމަ ހުއްޓާލުމުގެ ޤަރާރު އެމެރިކާއިން ވީޓޯކުރުމުން، ފަލަސްޠީނުގެ އޮފިޝަލުން ފާޑުކިޔައިފި

ހަނގުރާމަ ހުއްޓާލުމުގެ ޤަރާރު އެމެރިކާއިން ވީޓޯކުރުމުން، ފަލަސްޠީނުގެ އޮފިޝަލުން ފާޑުކިޔައިފި

09 ޑިސެމްބަރު 2023
2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޕޫޓިން ކަށަވަރުކޮށްދެއްވައިފި

2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޕޫޓިން ކަށަވަރުކޮށްދެއްވައިފި

08 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު