Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަޝިއާގެ ރައީސް ޕޫޓިން އިތުރު ދައުރަކަށް

2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޕޫޓިން ކަށަވަރުކޮށްދެއްވައިފި

ކުރިއަށް ދައުރުގެ އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ ޕޫޓިން ވެގެން ދާނީ ރަޝިއާގެ ތާޜީޚްގައިވެސް އެންމެ ގިނަދުވަހު ވެރިކަމުގައި ހުންނެވި ބޭފުޅާއަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 8 ޑިސެމްބަރު 2023 | ހުކުރު 12:40
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން

މޮސްކޯ (ޑިސެމްބަރ 8) - ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި އެމަނިކުފާނުގެ ވެރިކަން ހަތަރު ވަނަ ދައުރަކަށް ދިގުދަންމާލަން ގަސްދު ކުރައްވާކަން ކަށަވަރުކޮށްދެއްވައިފިއެވެ. 

ޔޫކްރެއިންގައި ހިންގާ ހަނގުރާމައިގެ އޮޕަރޭޝަންތަކުގައި ކާމިޔާބު ހޯދާ ސިފައިންނަށް ޕޫޓިން ދެއްވާ "ރަޝިޔާގެ އެންމެ މަތީ އަސްކަރީ ޝަރަފު، ރަޝިއާގެ ރަން ތަރިގެ ހީރޯ" ދެއްވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނަންތޯ، ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕޫޓިން ވިދާޅުވީ ކުރިމަތި ލައްވާނެކަމަށެވެ.

ބޮރިސް ޔެލްޓްސިން 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުން ޕޫޓިން ރަޝިއާގެ ވެރިކަމާ ހަވާލު ވެވަޑައިގަތީންސުރެ ރަޝިއާގެ ވެރިކަމުގައި މިއަދާ ހަމައަށްވެސް އެ ހުންނެވީ އޭނާއެވެ.

ކުރިއަށްއޮތް އިންތިޚާބު ރައީސް ޕޫޓިން ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެކަމަށް ގިނަބަޔަކު ބުނާއިރު، އަދި އޭނާ ކުރިއަށް އޮތް ދައުރު ފުރިހަމަ ކުރައްވައިފިނަމަ، ރަޝިއާގެ ކުރީގެ ރައީސް ޖޯސެފް ސްޓާލިންގެ ފަހުން ރަޝިޔާގެ ލީޑަރަކަށް އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާގެ މަގާމު ޕުޓިންއަށް ކަށަވަރުވެގެންދާނެއެވެ.

ޕޫޓިންގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގެ ބާރު ގަދަވުމާއި، ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ބާރު ކަނޑުވާލުމުގެ ނަތީޖާއެއްގެ ގޮތުން އަލުން އޭނާ ރައީސްކަމަށް އިންތިޚާބުވުމަކީ މާކުރިއްސުރެ ވެސް ރަޝިއާގެ ރައްޔިތުން ޤަބޫލުކުރަމުން އައިގޮތެވެ. މިނިވަން ވޮޗްޑޯގް ގްރޫޕްތަކުންވެސް ވަނީ ކުރީގެ އިންތިޚާބު ތަކަކީ މިނިވަން އިންސާފުވެރި އިންތިޚާބުތަކެއް ކަމަށް ބުނެފައެވެ.

ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމަށްފަހު ރަޝިޔާއަށް ހަމަޖެހުން ގެނެސްދީ، ދުނިޔޭގެ ބައެއް ނުފޫޒުތަކުން ރަޝިއާ ސަލާމަތް ކުރެއްވުމުގެ ޝަރަފް، ޕުޓިންއަށް ސަޕޯޓަރުން ދެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ  އޭނާ ވަނީ ވާދަވެރިން ޖަލަށްލުމާއި، އިންތިޚާބު ވަގަށް ނެގުން ފަދަ ހަރުކަށި ގޮތްތަކުގެ ތެރެއިން ކޮރަޕްޓް ޑިކްޓޭޓަރޝިޕެއް އުފައްދަވާފައި ކަމަށެވެ.

މިހާރު އުމުރުފުޅުން 71 އަހަރުވެފައިވާ ޕޫޓިން ވަނީ 2020 ވަނަ އަހަރު ރަޝިއާގެ ގާނޫނު އަސާސީ އަށް އިސްލާހު ގެނެސް 2036 ވަނަ އަހަރާ ހަމައަށް ރަޝިއާގެ ރައީސް މަގާމުގައި ދެމިހުންނެވޭނެ ގޮތްވެސް ހަދައިފައެވެ.

ޔޫކްރެއިންއަށް ޕޫޓިންގެ ސިފައިން އަރައިގަތުމާ ގުޅިގެން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވެފައިވާ އިރުވެސް، ޕޫޓިންގެ ޕްލޭނަކީ އޭނާގެ ވެރިކަމުގެ ދައުރު ދިގުކުރެއްވުން ކަމުގައި ގިނަބަޔަކު ބުނެއެވެ.

ދުނިޔެރަޝިއާ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު