Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނޫސްވެރިންގެ ޙިމާޔާތާއި ރައްކާތެރިކަން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 94 ނޫސްވެރިން މިއަހަރު މަރާލައިފި، އެންމެ ގިނަ މީހުން މަރުވީ ޣައްޒާގައި: ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ

ހަނގުރާމައެގައި މިހާތަނަށް އެންމެ ގިނަ ނޫސްވެރިން މަރުވެފައިވަނީ ޣައްޒާ ހަނގުރާމައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2023 | ހުކުރު 10:23
އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 68 ނޫސްވެރިން މަރުވެފައިވާ ކަމަށް އައިއެފްޖޭ އިން ބުނޭ

އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 68 ނޫސްވެރިން މަރުވެފައިވާ ކަމަށް އައިއެފްޖޭ އިން ބުނޭ

މިއަހަރުގެ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 94 ނޫސްވެރިން މަރާލައިފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރުވީ ޣައްޒާ ހަނގުރާމައިގައި ކަމަށް ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އަކުން ހާމަކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިން ތަމްސީލުކުރާ ޖަމްޢިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް އިން ބުނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 60 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، އެ ހަމަލާތަކުގައި މަރުވަމުންދާ ނޫސްވެރިންގެ ރޭޓް އާދަޔާ ޚިލާފަށް މަތިވެފައިވާތީ ކަންބޮޑުވާ ކަމަށެވެ.

އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓުންގެ އަހަރީ އަދަދުގައި ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް 94 ނޫސްވެރިން މަރާލާފައިވާ ކަމަށާއި ގާތްގަނޑަކަށް 400 އެއްހާ މީހުން ޖަލަށްލާފައިވާ ކަމަށެވެ.

އެ ޖަމިއްޔާއިން ވަނީ މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް ރަނގަޅު ހިމާޔަތްދީ އަދި އެ މީހުންނަށް ހަމަލާދޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ.

އައިއެފްޖޭގެ ރައީސް ޑޮމިނިކް ޕްރަޑަލިއޭ ވިދާޅުވީ ނޫސްވެރިންގެ ހިމާޔަތާއި ސަލާމަތަށްޓަކައި ބައިނަލްއަގްވާމީ ހަރުދަނާ މިންގަނޑެއް އެކުލަވާލަން ޖެހޭކަމަށާއި، އަދި އެކަންކަން ތަންފީޒު ކުރެވެން ޖެހޭނެ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކަވަރުކުރާ 68 ނޫސްވެރިން ޝަހީދުކޮށްލާފައިވާ ކަމަށާއި އެއީ ދުވާލަކު އެކަކަށް ވުރެ ގިނަ ނޫސްވެރިން ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީޑިއާތަކުން މަރުވާ މީހުންގެ 72 އިންސައްތަ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނައީ  އިސްރާއީލު ސިފައިން ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާތައް ދެމުން ގެންދާ ޣައްޒާގައި ތިބި ފަލަސްތީނުގެ ނޫސްވެރިން ކަމަށް އެ ޖަމާއަތުން ބުނެއެވެ.

ޑިއުޓީ އަދާކުރަމުން ދަނިކޮށް މަރުވި ނޫސްވެރިން 1990 ވަނަ އަހަރުން ފެށިގެން އައިއެފްޖޭއިން ރެކޯޑް ކުރަން ފެށި ފަހުން އެންމެ ގިނަބަޔަކު މަރުވެފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި ކަން އެޖަމިއްޔާއިން ފާހަގަކޮށްފައެވެ. އަދި މިއީ އެހެން ހުރިހާ ހަމަނުޖެހުންތަކަށް ވުރެ ނޫސްވެރިންނަށް ނުރައްކާތެރި ހަނގުރާމައެއްކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

އެ ޖަމިއްޔާއިން ބުނީ ރަޝިއާއިން ހަމަލާދިންތާ ގާތްގަނޑަކަށް ދެ އަހަރު ވީއިރު ވެސް ޔޫކްރެއިން އަކީ ނޫސްވެރިންނަށް ނުރައްކާތެރި ގައުމެއް ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް އެ ހަނގުރާމައިގައި ތިން ރިޕޯޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ މީހުން މަރުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އަދި އަފްޣާނިސްތާން، ފިލިޕީންސް، އިންޑިއާ، ޗައިނާ އަދި ބަންގްލަދޭޝްގައި މީޑިއާތަކުން މަރުވާ މީހުން ވެސް އެ ޖަމިއްޔާއިން ވަނީ ކުށްވެރިކޮށްފައެވެ.

އަދި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އަދަބު ނުދެވޭތީ ކަންބޮޑުވުން ފާޅުކޮށް، "މި މަރާ މެދު ފުރިހަމަ އަށް އަލިއަޅުވާލައި، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އެޅުމަށް" ސަރުކާރުތަކަށް ގޮވާލާފައިވެއެވެ.

އެގޮތުން އުތުރު އަދި ދެކުނު އެމެރިކާގައި މަރާލާފައިވާ ނޫސްވެރިންގެ އަދަދު މިދިޔަ އަހަރުގެ މިހާތަނަށް 29 ގައި ހުރި ނަމަވެސް 2023 ވަނަ އަހަރުގެ މިހާތަނަށް 7 ނޫސްވެރިން ނަށް ދަށްވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެ ޖަމިއްޔާއިން ބުނީ މެކްސިކޯގެ ތިން މީހަކާއި ޕެރަގުއޭގެ މީހަކާއި ގުއަޓެމާލާގެ މީހަކާއި ކޮލަމްބިއާގެ މީހަކާއި އެމެރިކާގެ އެކަކު މަރާލާފައިވަނީ ހަތިޔާރު އެޅި ޖަމާއަތްތައް ނުވަތަ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ކަމަށެވެ.

ނޫސްވެރިން މަރުވުމުގެ އަސަރު އެންމެ ކުޑަ ސަރަހައްދަކީ އެފްރިކާ ކަމަށް ވިޔަސް، އެ ޖަމިއްޔާއިން ވަނީ ކެމަރޫން އާއި ލެސޯތޯގައި މަރުވި ތިންނޫސްވެރިންނަކީ ބިރުވެރި މަރުތަކެއް ގެ ގޮތުގައި ސިފަކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް މީޑިއާ މަސައްކަތްތެރިންގެ ގޮތުގައި އުޅުނު ޖުމްލަ 393 މީހަކު ޖަލުގައި ހައްޔަރު ކޮށްފައިވާ ކަމަށް އެ ގްރޫޕުން ބުންޏެވެ. އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ ޗައިނާ އާއި ހޮންގްކޮންގްގައި ކަމަށާއި، އެއީ 80 ނޫސްވެރިން ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އޭގެ އިތުރުން މިޔަންމާއިން 54 ނޫސްވެރިން، ތުރުކީން 41، ރަޝިއާގައި 40 ނޫސްވެރިން، ޔޫކްރެއިންގެ ކްރައިމިއާ، ބެލަރޫސްގައި 35 އަދި މިސްރުން 23 ނޫސްވެރިން ޖަލަށް ލާފައިވާ ކަމަށް އެޖަމިއްޔާގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ދުނިޔެޣައްޒާފަލަސްތީނުއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު