Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްކޫލެއްގައި ބަޑިޖެހުމުގެ ހާދިސާއެއް

އުމުރުން 14 އަހަރުގެ އަންހެން ދަރިވަރަކު އޭނާގެ ކްލާހުގެ ކުދިންތަކަކަށް ބަޑިން ހަމަލާދީފި

ބްރަޔަންސްކްގައި ހިންގި މި ހިތާމަވެރި ހާދިސާގައި، ހަމަލާދިން ދަރިވަރުވެސް ވަނީ އަމިއްލައަށް މަރުވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2023 | ބުރާސްފަތި 15:08
ހަމަލާދިން ކުއްޖާ ވަނީ އެއް ކުއްޖަކު މަރާލުމަށްފަހު އިތުރު ކުދިންނަށް ހަމަލާދީފައި

ހަމަލާދިން ކުއްޖާ ވަނީ އެއް ކުއްޖަކު މަރާލުމަށްފަހު އިތުރު ކުދިންނަށް ހަމަލާދީފައި

މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާގެ ބްރަޔަންސްކް ސިޓީގައި ހުންނަ ސްކޫލެއްގައި، އަންހެން ދަރިވަރަކު އޭނާގެ ކްލާސް ކުދިންތަކަކަށް ބަޑިން ހަމަލާދީ އެއް ކުއްޖަކު މަރާލައި، އިތުރު ކުދިންތަކެއް ޒަޚަމް ކޮށްލައިފިއެވެ.

ކްލާސް ކުދިންގެ ގަޔަށް ބަޑި ޖެހުމަށްފަހު، ހަމަލާދިން ކުއްޖާވެސް ވަނީ އަމިއްލައަށް ބަޑިޖަހައި މަރުވެފައެވެ. ފުލުހުން ބުނީ ޖުމްލަ ފަސް ކުއްޖަކަށް އަނިޔާވެފައި ވާކަމަށެވެ.

ތަހުގީގީ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާދިން ދަރިވަރަކީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި، އޭނާ ކްލާސްރޫމަށް ގެނައި ޕަމްޕް އެކްޝަން ފިސްތޯލައެއް ބޭނުންކުރި ކަމަށެވެ. މި ހާދިސާގައި އިތުރު ފަސް ކުއްޖަކަށް އަނިޔާވެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އެހުރިހާ ކުދިންނަކީވެސް ހަމަލާދިން ކުއްޖާއާއެކު އެއް ކްލާހެއްގައި ކިޔަވަމުންދާ ކުދިންނެވެ.

ރަޝިއާގެ ހެލްތު މިނިސްޓްރީން ބުނީ، ޒަޚަމްވި ފަސް ކުދިންނަށްވެސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އެމީހުންގެ ހާލަތު ސްޓޭބަލް ކަމަށް ބެލެވެއެވެ. އޭގެތެރެއިން އެކަކުގެ ސަރޖަރީ ހަދަމުން އަންނަކަމަށް އެ ބަޔާނުގައި ވެއެވެ.

ރަޝިޔާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުން ހަމަލާ ދިނުމުގައި ދަރިވަރު ބޭނުންކުރި ފިސްތޯލައަކީ، އޭނާގެ ބައްޕަ ޝިކާރަކުރަން ގެންގުޅޭ ޝޮޓްގަންއެކެވެ.

ރަޝިއާގެ ބައެއް ސަރަހައްދުތަކުގެ ސްކޫލްތަކުގައި ފަހަކަށް އައިސް ވަނީ މިފަދަ ހިތާމަވެރި ހާދިސާތައް ވަނީ މަދުން ނަމަވެސް ހިނގާފައެވެ. 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރަޝިޔާގެ މެދުތެރޭގެ އިޒްހެވްސްކުގެ މިޑްލް ސްކޫލަކަށް ބަޑީގެ ހަމަލާއެއް ދީ، 11 ކުޑަކުދިންނާއި ތިން ޓީޗަރުންނާއެކު 18 މީހުން މަރާލިއެވެ. މި ހާދިސާގައި 25 މީހަކު ވަނީ ޒަޚަމްވެފައެވެ.

2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރަޝިއާގެ މެދުތެރޭގައި އޮންނަ ޕާމްގެ ޔުނިވަރސިޓީއަކަށް ދަރިވަރަކު ބަޑިޖަހައި 6 މީހުން މަރާލައި 47 މީހުން ޒަޚަމްކޮށްލިއެވެ. ހަމަ އެ އަހަރުގެ މެއި މަހުގެ ތެރޭގައި، ކަޒާންގައި ހުންނަ ސްކޫލަކަށް އެ ސްކޫލްގެ މުސްކުޅި ދަރިވަރަކު ދިން ހަމަލާއެއްގައި 9 މީހަކު މަރުވެ 32 މީހުން ޒަޚަމްވިއެވެ.

ރަޝިއާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު