Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމްގެ ބަލިހާލަތު

ގާސިމް އަދިވެސް އައިސީޔޫގައި، ހާލު އަންނަނީ ރަގަޅުވަމުން!

17 ޖުލައި 2017 | ހޯމަ 07:06

އާދިއްތަ ދުވަހުގެ ރޭގައި ހާލުވަނީ އިތުރަށް ގޯސްވެފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 17 ޖުލައި 2017 | ހޯމަ 07:06
ގާސިމް އިބްރާހިމް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައި

ގާސިމް އިބްރާހިމް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދިވެސް އޮންނެވީ އައިސީޔޫގައި ކަމަށާއި މިހާރު ހާލު ރަަގަޅުވަމުން އަންނަ ކަމަށް އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ހާލު ވަރަށް ގޯސްވި ނަމަވެސް މިހާރު ހާލު ރަގަޅުވަމުން އަންނަ ކަމަށް ސަމީރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ގާސިމް ހޮސްޕިޓަލަށް އާދިއްތަ ދުވަހު ގެންގޮސްފައި ވަނީ ބޯ އަނބުރާ، ހޮޑުލަވާ ގޮތްވެ، ނޭވާ ކުރުވެ، ނޭވާލުމަށް އުނދަގޫވުމުގެ ސަބަބުންނެވެ. މިކަން ދިމާވީ ގަސިމް އޮފީހަށް ވަޑައިގަންނަވަނިކޮށެވެ. އެންމެ ފުރަތަމަ އެޑްމިޓް ކޮށްފައިވަނީ މެޑިކާ ހޮސްޕިޓަލުގަ އެވެ.

މިހާދިސާއާ ގުޅިގެން އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އޮތް ގާސިމްގެ ޝަރީއަތުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

ގާސިމްގެ މައްޗަށް މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން އެ މައްސަލައިގެ ލިޔެކިޔުންތައް ގާސިމްއާ ހަވާލުކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތީގަ އެވެ. އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ގާސިމަށް ފޮނުވާފައިވާ ކޯޓު އަމުރަކީ ރިޝްވަތު ދިނުމަށް ހުށަހެޅިކަމުގެ ދައުވާއާ ގުޅިގެން ބަލަމުންދާ މައްސަލައެކެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން މި ދައުވާ ބާތިލްކޮށްފައިވާ އިރު އެ މައްސަލަ އަނެއްކާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގަ އެވެ.

ގާސިމް ކުއްލިޔަކަށް ބަލިވުމާ ގުޅިގެން ރޭގެ ވަގުތެއްގައި އިތުރު ފަރުވާއަށް ސިންގަޕޫރަށް ގެންދިއުމަށް އެއަރޕޯޓަށް އެމްބިއުލެންސްގައި ގެންދިޔަ ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅިގެން ރާއްޖެއިން ބޭރަށް ވަނީ ގެންދެވޭ ގޮތް ނުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް