Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖެއަށް 103 ފަހަރު އައިސްފައިވާ ފަތުރުވެރިއެއް

"ދެކެދެކެވެސް ޓަކާޝީއަށް ރާއްޖޭގެ ކަނޑުތަައް ފޫއްސެއްނުވި" - އޭނާ ރާއްޖެއަށް 103 ފަހަރު އަތުވެެއްޖެ

13 އޯގަސްޓު 2023 | އާދީއްތަ 14:33

ފާއިތުވި 25 އަހަރު ތެރޭގައި ތަކުރާރުކޮށް އެތައް ފަހަރަކު އޭނާ ވަނީ ރާއްޖެ އައިސްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 އޯގަސްޓު 2023 | އާދީއްތަ 14:33
ޓަކާޝީ

ޓަކާޝީ

ޑައިވްކުރުމަށް ހުރި ފުން ލޯތްބެއްގެ ސަބަބުން، ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި އޭނާ ޑައިވްކޮށްފިއެވެ. ކަނޑުއަޑީގެ ރީތިކަމާއި "ނުލުގެ" އެތައް ކުލައެއް ދެކެފިއެވެ. ގުދުރަތީ ރީތި އެތައް މަންޒަރެއް ހަމަލޮލަށް ފެނިއްޖެއެވެ. ޗާލު ދިރުންތަކާއި، މުރަކައާއި މަސްމަހާމެހީގެ އާޝޯޚުކުރުވަނިވި ރީތިކަން ފެންނަ އެތައް ޑައިވެއް އޭނާގެ ހަޔާތުގައި ވަނީ ކޮށްފައެވެ. މިހާތަނަށް އައިއިރު 5000ށްވުރެ ގިނަ ޑައިވް ކޮށްފިއެވެ. އެކަމަކު ދެކެދެކެވެސް ރާއްޖެވަރުގެ ތަނެއް އޭނާއަކަށް ނުފެނުނެވެ. މިވަރެއް ހަމަ ނެތެވެ.

މިއީ މީގެ 25 އަަހަރު ކުރިން އޭނާގެ ފުރަތަމަ ދަތުރުކުރި ރާއްޖެއަށް ނައިޓޯ ޓަކާޝީގެ ވާހަކައެވެ. ފާއިތުވި 25 އަހަރު ތެރޭގައި ތަކުރާރުކޮށް އެތައް ފަހަރަކު ރާއްޖެ އައިސްފައިވާ ޓަކާޝީ މިހާރު ރާއްޖެއަށް ކުރަމުންދާ ދަތުރަކީ އޭނާ ރާއްޖެއަށް ކުރި 103 ވަނަ ދަތުރެވެ. މި ރާއްޖޭގެ ނޫ ފަޅުތަކުގެ ހިތްގައިމުކަން ފެނި، ރާއްޖެއަށް އޭނާގެ ހިތުގައި އުފެދުނު ލޯބީގެ ވާހަކަ އޭނާ "ރާއްޖެ އެމްވީ"އަށް ކިޔައިދިނީ ޝައުގުވެރިކަމާ އެކުގައެވެ. ޓަކާޝީ ބުނާގޮތުން، އެތައް ހާސް ތަނަކަށް ގޮސް ތަފާތު އެތައް ޑައިވެއް ކުރެވުނުއިރު ވެސް، އޭނާއަށް ރާއްޖެއިން ކުރެވޭ ތަޖުރިބާ އެހެން ތަނަކުން ނުކުރެވެއެވެ. އޭނާއަށް ރާއްޖޭގެ މާހައުލުން ފެންނަ މިޔަރުފަދަ މަސްމަހާމެހިން ފެށިގެން އެހެނިހެން ދިރުންތަކާ ހަމައަށް ބެލިއަސް، އެއިން ކޮންމެ ކަމަކުން އޭނާއަށް ލިބުނީ ހައިރާންކުރުވާފަދަ ހިތްހަަމަޖެހުމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓަކާޝީ ރާއްޖެއަށް ކުރަންފެށި ސިލްސިލާ ދަތުރުތަކުގެ ބޮޅު ފެށުނީ ރާއްޖެ އައިސް، ބަނޑޮސް އައިލެންޑް ރިސޯޓާއި ވާދޫ ރިސޯޓްގައި އޭނާ ހޭދަކުރި ދުވަސްތަކާ އެކުގައެވެ. އެހެންނަމަވެސް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުވެ، ރާއްޖޭގައި ހޭދަކުރާ ދުވަސްތައް އިތުރުވީވަރަކަށް އޭނާއަށް އެނގުނީ ރާއްޖެއާމެދު އޭނާގެ ހިތުގައި އުފެދުނު ޝައުގަކީ އަލަތު ދުވަސްވަރު އެކަނި ވީ "ލޯތްބެއް" ނޫންކަމެވެ. ގިނައިން ފެނި، ރާއްޖެދެކެ ފޫހިވުމުގެ ބަދަލުގައި، ކޮންމެ ދަތުރަކާއެކު ރާއްޖެއަށް އޭނާގެ ހިތް އިތުރަށް ލަންބުވާލިއެވެ.

ޓަކާޝީގެ މި ދަތުރުތައް އެންމެ ކައިރިން ދުށް ބައިވެރިއަކީ އޭނާގެ މިފަހަރުގެ ދަތުރުގެ ބައިވެރިޔާއެވެ. ކޮންމެ އަހަރަކު 3 ނޫނީ 5 ފަހަރު ރާއްޖެ އަންނަ ޓަކާޝީގެ މިފަހަރުގެ ދަތުރުގައި އޭނާގެ ދުވަސްތައް ހޭދަކުރަމުންދަނީ ރާއްޖޭގެ ސަފާރީ ބޯޓެއް ކަމަށްވާ "ފަން އަޒުލް ފްލީޓް"ގައެވެ. ފަން އަޒުލް ފްލީޓަކީ ކޮވިޑް-19ގެ ދުވަސްވަރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި މަޝްހޫރު ޑައިވަރެއް ކަަަމަށްވާ އަބީދު އަބްދުލް ޣަފޫރުގެ ބޯޓެކެވެ. ޓަކާޝީގެ ދަތުރުތައް މިހާ ހިތްގައިމުކޮށްދިނުމުގައި މި ބޯޓުގެ ދައުރު ފުޅާވެފައި ފޮންޏެވެ. ރާއްޖެ އައިސް ޓަކާޝީ ހޭދަކުރި ދުވަސްތަކުގައި ހިތްގައިމު ތަޖުރިބާއެއް ކުރެވުމުގައި މި ބޯޓުގެ ދައުރުގެ މުހިންމުކަން އޭނާ ފާހަގަކުރެއެވެ. އޭނާގެ ދަތުރުތައް މިހާ ކުލަގަދަވުމުގައި ރާއްޖެއިން ބެހެއްޓި ގާތްކަމާއި މެހެމާންދާރީގެ ދައުރުވެސް ނިކަން ފުރިހަމައެވެ.

ޓަކާޝީ ރާއްޖެ އައުމުން އޭނާއަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވަނީ މަރުހަބާ ވިދާޅުވަން، އޭނާގެ ދަތުރު އޯގަނައިޒްކުރާ ސަފާރީ ބޯޓަށް ވަޑައިގެންފައެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބަކީ ރާއްޖެއަށް ތަކުރާރުކޮށް އަންނަ ފަތުރުވެރިން ކަމަށެވެ. 40 ނުވަތަ 50 ފަހަރު ރާއްޖެ އައިސްފައިވާ މީހުންނާ މީގެ ކުރިންވެސް ދިމާވެފައިވާކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ، މީގެ ކުރިން 100އަށްވުރެ ގިނަ ފަހަރު ރާއްޖެ އައި މިހަކާ ދިމާވެފައި ނުވާކަަމަށެވެ. އެހެންކަމުން މިފަދަ ކަންކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓަކާޝީ ރާއްޖޭގެ ވާހަކަދައްކަނީ އަދިވެސް ފުރަތަމަ ފަހަރަށް ރާއްޖެ ތަޖުރިބާކޮށްލެވުނު މީހެކޭ އެއްފަދައިންނެވެ. އޭނާ ބުނާގޮތުން އަދިވެސް ރާއްޖެއާމެދު އޮތް ޝައުގުވެރިކަން އެންމެ ތަންކޮޅެއްވެސް ކުޑަވެގެނެއް ނުދެއެވެ. އޭނާ ބުނާގޮތުން މި ރާއްޖޭގެ ނޫ ކަނޑުތަކުގެ ރީތިކަމާއި ޖަޒީރާވަންތަކަމަކީ އެފަދަ ދެވަނައެއް ނެތް ހިތްގައިމުކަމެކެވެ. އަދި މި ރާއްޖެއިން އޭނާއަށް ތަޖުރިބާކުރެވުނު ފަތުރުވެރިކަމުގެ އުސްލޫބުވެސް އެހާ ކަމުދެއެވެ. ދެކެދެކެވެސް އޭނާއަށް މިވަރުގެ ތަނެއް ހަމަ ނުފެނުނެވެ.

ޓަކާޝީ ރާއްޖެއަށް 103 ފަހަރު އައުން

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2017

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

06 އޮކްޓޯބަރު 2017
ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟
16 އޯގަސްޓު 2017

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟
26 ޖުލައި 2017

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި
16 ޖުލައި 2017

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟
07 ޖުލައި 2017

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
11 އެޕްރީލު 2017

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް