Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔުކްރެއިންގެ އަސްކަރިއްޔާ

ކޮރަޕްޝަންގެ ތުހުމަތުތަކާއި އެކު ޔުކްރެއިންގެ އަސްކަރީ ރެކްރޫޓްމެންޓްގެ އިސް ހުރިހާ މީހުން މަޤާމުން ދުރުކޮށްފި

ޒެލެންސްކީ ވަނީ ތުހުމަތުތައް ކުރެވޭ ހުރިހާ އޮފިސަރުން ޖަވާބުދާރީ ކުރުވާނެ ކަމަށް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 އޯގަސްޓު 2023 | ހުކުރު 17:17
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ

ކޮރަޕްޝަންގެ ތުހުމަތުތަކާއި އެކު ޔުކްރެއިންގެ އަސްކަރީ ރެކްރޫޓްމަންޓްގެ އިސް ހުރިހާ މީހުން މަޤާމުން ދުރުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިންގެ ރައީސް ވްލޮޑިމިއަރ ޒެލެންސްކީ ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން، އެ ގައުމުގެ ރީޖަނަލް މިލިޓަރީ ރެކްރޫޓްމަންޓް ސެންޓަރުތަކުގެ އިސް ހުރިހާ ފަރާތްތަކެއް މަަޤާމުން ދުރުކޮށްފައެވެ. އަސްކަރީ ބޭނުމަށް ބޭނުން ކުރާ އާލާތްތަކުގެ ޕްރޮކިޔޮމެންޓާއި ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ ޔުކްރެއިންގެ އަސްކަރިއްޔާ ވަނީ ވަރަށް ބޮޑަށް ހޫނުފެނަށް ވެއްޓިފައެވެ. މިފަދަ މައްސަލަތަކަކާއި ގުޅިގެން މި އަހަރުގެ ކުރީކޮޅުވެސް ޔުކްރެއިން އަސްކަރިއްޔާ އަށް ނިސްބަތްވާ ބައެއް އިސް ފަރާތްތައް މަޤާމުން ދުރުކޮށްފައިވެއެވެ. މީގެ އިތުރުން އެ މައްސަލަ ހޫނުވެ ޔުކްރެއިންގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރ ވިއަޗެސްލޭ ޝަބޮވަލޮވް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ހުކުރު ދުވަހު ޒެލެންސްކީ ވިދާޅުވީ ނޭޝަނަލް ސެކިއުރިޓީ އަދި ޑިފެންސް ކައުންސިލް އާއި އެކު އެމަނިކުފާނު ވާނީ ބައްދަލުވުމެއް ބާއްވާފައި ކަމަށެވެ. އެ ބައްދަލުވުމުގެ މައިގަނޑު އެއް ބޭނުމަކީ އަސްކަރިއްޔާ އަށް ބޭނުންވާ ރެޖިސްޓްރޭޝަނާއި އެންލިސްޓްމެންޓް އޮފިސްތަކުގެ އިންސްޕެކްޝަން އާއި ބެހޭ ވާހަކަ ދެއްކުން ކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން ޖުމުލަ 112 މައްސަލަ އަކާއި ގުޅޭ ތުހުމަތެއް އަސްކަރީ ރެކްރޫޓްމަންޓް އިދާރާތަކާއި ދެކޮޅަށް ކުރެވޭ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އޭގެ ތެރޭގައި ޤަވާއިދާއި ޛިލާފަށް ފަންޑު ހޯދުމާއި، ޤާނޫނާއި ޚިލާފަށް މަންފާ ހޯދުމުގެ އިތުރުން އަސްކަރީ ބޭނުމަށް ގަވާއިދާއި ޚިލާފަށް މީހުން ބޯޑަރުތައް ހުރަސްކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ޒެލެންސްކީ ވަނީ ތުހުމަތުތައް ކުރެވޭ ހުރިހާ އޮފިސަރުން ޖަވާބުދާރީ ކުރުވާނެ ކަމަށް ވިދާޅުވެފައެވެ.

ޔުކްރެއިންޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ
12 ނޮވެމްބަރު 2025

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި
31 އޯގަސްޓު 2025

ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި

31 އޯގަސްޓު 2025
ޔުކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ޕަރުބީ އަށް ހަމަލާދީ އަވަހާރަ ކޮށްލައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު