Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިކަން

ވޯލްޑް ބޭންކުގެ ގްރާންޓާއެކު ދެކުނުގައި އިތުރު 2 ކޭނިންގ ފެކްޓްރީ އެޅުމުގެ ޕްލޭނެއެއް އެބައޮތް - ރައީސް

އިނގިރޭސީ ވިލާތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ނަގާ 24 އިންސައްތަ އުނިވެ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ދެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އޯގަސްޓު 2023 | ހުކުރު 13:50
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ވޯލްޑް ބޭންކުން ދޭ ގްރާންޓާއެކު، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ގްރާންޓް ދޫކޮށް، ދެކުނުގައި 2 ކޭނިންގ ފެކްޓްރީ އެޅުމުގެ ޕްލޭނެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާފައި ގއ. ވިލިނގިލީގެ މަސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިންނަކީ ވިލިނގިލީގައި އެންމެ ގިނައިން މަސައްކަތްކުރާ ބޮޑު އާމްދަނީއެއް ރަށަށް ހޯދާ ފަރާތްތައް ކަމަށެވެ. ބާނާ މަސް އެކީގައި ގަނެވޭނެ ގޮތާއި، ފަސޭހައިން އައިސް ލިބޭނެ ގޮތާއި ރައްކާކުރާނެ ގޮތް، ވަގުތުން ފައިސާ ދޭނެ ގޮތް ހޯދައިދޭންޖެހޭ ކަމަށެވެ. އަދި ކުރިއާ އަޅާ ބަލާއިރު އެކަމަށް ގޮތެއް ހޯދައި ދެވިއްޖެ ކަމަށާއި، ނަމަވެސް ހަމައަކަށް އެޅެން ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ 2024 ވަނަ އަހަރުގެ މެދުތެރެއަށް އަންނަ އިރުގައި ކެޕޭސިޓީ އިތުުރުވެ، މަސްގަނެވޭނެ ގޮތް ހެދިގެންދާނެ ކަމަށެވެ. އަދި އިނގިރޭސި ވިލާތާއި ދައްކަމުންދާ ވާހަކަ ނިމުމުން މިހާރު އިނގިރޭސީ ވިލާތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ނަގާ 24 އިންސައްތަ އުނިވެ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރާ އިރު، މަސް ޕްރޮސެސް ކުރާނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ. ސަރުކާރުން ވޯލްޑް ބޭންކާ އެކު ކުރެވުނު މަޝްވަރާގެ އަލީގައި 54 މިލިއަން ޑޮލަރުގެ ގްރާންޓެއް ލިބިފައިވާ ކަމަށާއި، އެ އެހީ ދޭން ވޯލްޑް ބޭންކުން އޮތީ ނިންމާފައި ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމި ރައީސް ޞާލިިހު ހުވާކުރެއްވުމާ ހަމައަށް އަހަރެއްގެ މައްޗަށް ގަނެވޭ މަހުގެ ކެޕޭސިޓީއަކީ 29،000 މެޓްރިކް ޓަނުގެ މަހެވެ. މި ފަސް އަހަރު ނިންމާލާއިރު ރާއްޖޭގެ މަސްވެރިކަމުގެ ކެެޕޭސިޓީއަކީ 70،000 ޓަނުގެ މަސް ކިރޭވަރުގެ ކެޕޭސިޓީއެކެވެ. ދިވެހި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް އޮތީ ތައްޔާރަށެވެ.

ކޫއްޑޫގެ ބަނދަރު ބޮޑުކުރަމުންދާއިރު، ބްރައިންފްރީޒިންގ ކެޕޭސިޓީ 120 ޓަނަށް ދަނީ ބޮޑުކުރަމުންނެވެ. ކޫއްޑޫގެ އައު އިންޖީނުގެ އަޅަމުންދާ އިރު. ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ދެހާހުން، ހަ ހާހަށް ދަނީ ބަދަލުކުރަމުންނެވެ.

މަސްވެރިކަންރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއުފާވެރި އަމާން ރާއްޖެމިފްކޯ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
07 ޑިސެމްބަރު 2025

ފީއަލީ ގިނަ މަސްވެރިންނަށް ސިނާއަތް ދޫކޮށްލަން މަޖުބޫރު، 100 ރުފިޔާ އަށް ގަނެވޭނެ ކަމަށް ބުނި ކަންނެލީގެ އަގު 30 ގައި!

07 ޑިސެމްބަރު 2025
ފީއަލީ ގިނަ މަސްވެރިންނަށް ސިނާއަތް ދޫކޮށްލަން މަޖުބޫރު، 100 ރުފިޔާ އަށް ގަނެވޭނެ ކަމަށް ބުނި ކަންނެލީގެ އަގު 30 ގައި!
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު