Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުރީދޫ މޯލްޑިވްސް

އުރީދޫން އިތާފުއްޓަށް ތާރީހީ ސަބްމެރިން ކޭބަލެއް ގުޅާލައިފި

އުރީދޫއިން ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށްޓަށް ސަބްމެރިން ކޭބަލް އެއް ވަނީ ގުޅުވާލާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2025 | ހޮނިހިރު 19:26
އުރީދޫ މޯލްޑިވްސްއިން، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށްޓަށް ސަބްމެރިން ކޭބަލެއް ވަނީ ގުޅާލާފަ

އުރީދޫ މޯލްޑިވްސްއިން، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށްޓަށް ސަބްމެރިން ކޭބަލެއް ވަނީ ގުޅާލާފަ

އުރީދޫ މޯލްޑިވްސްއިން، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށްޓަށް ސަބްމެރިން ކޭބަލެއް ގުޅުވާލައިފި އެވެ.

އުރީދޫން ބުނީ މިއީ ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލެއް ގުޅުވާލި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދަތުރުގައި ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެ ސަބްމެރިން ކޭބަލް އިތާފުށްޓާ ގުޅުވައި، ހިންގަމުން އަންނަނީ މާފުށި މެދުވެރިކޮށެވެ. އަނެއް ކޮޅުން ހުޅުމާލޭގައި ހުންނަ އުރީދޫގެ ޒަމާނީ ޑޭޓާ ސެންޓަރާ އެ ކޭބަލް ގުޅާލައި، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ މޯލްޑިވްސް އިން ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީ ސަބްމެރިން ކޭބަލަކުން ކާމިޔާބުކަމާއެކު ގުޅާލެވުނުކަން ފަޚުރުވެރިކަމާއެކު އިއުލާނުކޮށްފައިވާއިރު، މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދަތުރުގައި ލިބުނު ތާރީޚީ ކާމިޔާބީއެކެވެ. މިއީ ރާއްޖޭގެ ރިސޯޓަކަށް ސަބްމެރިން ކޭބަލް ގުޅާލެވުނު ފުރަތަމަ ފަހަރެވެ. މި ސަބްމެރިން ކޭބަލް، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، މާފުށި މެދުވެރިކޮށް ހިނގަމުންދާއިރު، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާއި ގުޅާލައި، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އިތުރު ކެޕޭސިޓީއާއި ރެޒިލިއަންސް އަދި ސްޕީޑާއެކު ކަށަވަރުވެގެންދާނެއެވެ.
އުރީދޫ މޯލްޑިވްސް

އެ ކޭބަލް ގުޅާލުން ފާހަގަކުރަން ހޮނިހިރު ދުވަހު އިތާފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް ޠާރިޤް އިބްރާހީމާއި، އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މރ. ޚާލިދު އަލް ޙަމާދީގެ އިތުރުން ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ޖެނެނަލް މެނޭޖަރ ޓީޖޭ ޖައުލަކް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ކޭބަލް ގުޅާލުން ފާހަގަކުރަން ހޮނިހިރު ދުވަހު އިތާފުށީގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ އަދި ޗީފް އެގްޒެކެޓިވް ހާލި އަލް ހަމާދީ ވިދާޅުވީ މިދިޔަ 20 އަހަރުގެ ތެރޭގައި އުރީދޫއަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތްތަކުގެ ސިނާއަތުގެ އެންމެ ކުރީ ސަފުގައި އޮންނަ ކުންފުނި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓަކަށް ސަބްމެރިން ކޭބަލެއް ގުޅާލުމަކީ 'ޑިޖިޓަލް ޑިވައިޑް' ނައްތާލައި، ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ހާލިދު ވިދާޅުވީ އެ ކޭބަލް ގުޅުވާލުމާ އެކު ހޮސްޕިޓާލިޓީ ދާއިރާގެ ތެރޭގައި އިނޮވޭޝަނަށް އާ މިންގަނޑެއް ކަނޑައެޅޭނެ ކަމަށެވެ.

އެ ކޭބަލްއާ އެކު އިތާފުއްޓަށް އާޓިފިޝަލް އިންޓެލިޖެންސުން ބާރުދޭ ފީޗާރތަކާއި ޕްރައިވެޓް 5ޖީ އިންފްރާސްޓްރަކްޗަރ އާއެކު، އެ ތަނަށް ދާ ފަތުރުވެރިންނަށް ދެން އޮތް ޖީލުގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫން ވަނީ ތައްޔާރުވެފަ އެވެ.

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ މި ސަބްމެރިން ކޭބަލް ލޭންޑިންގ އަކީ ޓޫރިސްޓް ރިސޯޓެއްގައި މިފަދަ ފުރަތަމަ ފަހަރަށް ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ، މުޅިން ގުޅިލާމެހިފައިވާ، މުސްތަގްބަލަށް ތައްޔާރުވެފައިވާ ރާއްޖެއަކާ ގާތްކޮށްދޭ އިތުރު ކާމިޔާބީއެއް ކަމަށެވެ.

ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖައުލަކް ވިދާޅުވީ ފުރަތަމަ ސަބްމެރިން ކޭބަލް ލޭންޑިންގެ ޝަރަފު ލިބުމަކީ އެ ރިސޯޓަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެލިވޭޓެޑް ލަގްޒަރީ އަދި ޕަރސަނަލައިޒްޑް ސަރވިސް ރަމްޒުކޮށްދޭ މަންޒިލެއްގެ ހައިސިއްޔަތުން، މިއަދުގެ ދުނިޔޭގެ ދަތުރުވެރިންގެ އަބަދުވެސް ބަދަލުވަމުންދާ ބޭނުންތައް ފުއްދުމުގައި ސީމްލެސް ކަނެކްޓިވިޓީގެ މުހިންމު ދައުރެއް ކަމަށް ވިސްނޭ ކަމަށެވެ.

އުރީދޫ މޯލްޑިވްސް ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް ފެށީއްސުރެ 20 އަހަރު ފުރުން ފާހަގަކުރާ އިރު، މި މުހިންމު ޕްރޮޖެކްޓްގެ ސަބަބުން އެ ކުންފުނީގެ ޑިޖިޓަލް މޯލްޑިވްސް ވިސްނުމަށް ދޭ އަހައްމިއްޔަތުކަން ހާމަވެގެންދެއެވެ.

އަދި އެއީ މުޖުތަމަޢުތައް ބާރުވެރިކުރުވައި، އިޤްތިޞާދީ ބަދަލުތައް ގެނައުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތް ޑިޖިޓަލް ބައިބައިވުން ނައްތާލުމަށް، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ، ދިވެހީންނާއި ހިސާބަށް މެދުކެނޑުމެއްނެތި ލިބިގެންދާ ތަޞައްވުރެކެވެ.

އުރީދޫ މޯލްޑިވްސްވޯލްޑޯފް އެސްޓޯރިއާސަބްމެރިން ކޭބަލް އިތާފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
އުރީދޫގެ ފަން ރަންގެ ބިބްގައި އަމިއްލަ ނަން ޖެހުމުގެ ފުރުސަތު

އުރީދޫގެ ފަން ރަންގެ ބިބްގައި އަމިއްލަ ނަން ޖެހުމުގެ ފުރުސަތު

30 އޮކްޓޯބަރު 2025
އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 1300+ އެއާޕޯޓް ލައުންޖްތައް ބޭނުން ކުރެވޭނެ!

އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 1300+ އެއާޕޯޓް ލައުންޖްތައް ބޭނުން ކުރެވޭނެ!

30 ސެޕްޓެމްބަރު 2025
އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

10 ސެޕްޓެމްބަރު 2025
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

02 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު