Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ- ޝަރޫ ލޯންޗް

ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ފައިސާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމް ކޮށްފި

17 ޖުލައި 2017 | ހޯމަ 02:33

އެކުންފުނިން ވަނީ ފެނަކައިން ވެސް 17 މިލިއަން ރުފިޔާ ނަގާފައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 17 ޖުލައި 2017 | ހޯމަ 02:33
ސްޓެލްކޯ

ސްޓެލްކޯ

ޑޮލަރު ގަންނަން ސްޓެލްކޯއިން ދިން ތިން މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދެ ލައްކަ އެމެރިކާ ޑޮލަރު ގަތުމަށް ސްޓެލްކޯ އިން ވަނީ ޝަރޫ ލޯންޗްއަށް 3,084,000ރ. ދީފަ އެވެ. ނަމަވެސް، އެ ކުންފުނިން އެ ފައިސާއާ ހަވާލުވުމަށް ފަހު، އެއަށް ވާވަރަށް ޑޮލަރު ވެސް އަދި ޑޮލަރު ގަންނަން ދިން ފައިސާ ވެސް އަނބުރާ ސްޓެލްކޯ އަށް ދީފައެއް ނުވެ އެވެ. ފަހުން އެ ފައިސާއަށް ވީނުވީ އެއް ނޭނގުނު ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

ސްޓެލްކޯ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ދެ ލައްކަ ޑޮލަރު ގަންނަން ޝަރޫ ލޯންޗަށް ދިން 3,084,000 ރުފިޔާގެ ބަދަލުގައި ދޫކުރި ޑޮލަރު ޗެކް ބައުންސް ވެފައިވާ ކަމަށެވެ. އަދި ޑޮލަރު ގަންނަން ދިން ފައިސާ ވެސް އަނބުރާ ލިބިފައި ނުވާ ކަމަށް ދައުވާގައި ބުނެ އެވެ. ސްޓެލްކޯއިން ދައުވާކޮށްފައި ވަނީ ޑޮލަރު ގަންނަން ދިން ހުރިހާ ފައިސާ އެއްފަހަރާ ނަގައިދިނުމަށް އެދި އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން އާދިއްތަ ދުވަހު ކުރި ހުކުމުގައި، ބުނެފައިވަނީ ސްޓެލްކޯ އިން ދީފައިވާ ފައިސާއަކީ ދެ ކުންފުނީގެ ދެމެދުގައި ކުރުމަށް ހަމަޖެހިފައިވާ މުއާމަލާތަކަށް ދީފައިވާ ފައިސާ ކަމަށްވާއިރު، އެ މުއާމަލާތް ފުރިހަަމަކުރެވިފައިނުވާ ހާލަތުގައި އެ ފައިސާއަކީ ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.

އެގޮތަށް ކަނޑައަޅައި، ސިވިލް ކޯޓުން ވަނީ 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ޝަރޫ ލޯންޗަށް އަންގާފަ އެވެ.

ސިވިލް ކޯޓުން މިފަދަ ހުކުމެއް ކުރިއިރު، ސްޓެލްކޯ އިން ޝަރޫ ލޯންޗަށް ފައިސާ ދޫކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ތަހުގީގުކޮށްފަ އެވެ. މިހާރު އެ މައްސަލައިގައި ކުރިއަށް ދަނީ ދައުވާކުރަން ފޮނުވުމުގެ މަރުހަލާ އެވެ.

ޝަރޫ ލޯންޗް ޕްރައިވެޓް ލިމިޓެޑަކީ އެއް މިލިއަން ޑޮލަރު ގަތުމަށް ފެނަކަ ކޯޕަރޭޝަނުން ވެސް 17 މިލިއަން ރުފިޔާ ދިން ކުންފުންޏެވެ. ފެނަކަ އިން އެ ކުންފުންޏަށް ދިން ފައިސާ ވެސް ގެއްލިފައިވާއިރު، އެ މައްސަލަ ވެސް އޭސީސީ އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ހޯދުމަށް އެ ދެ ކުންފުނިން 20 މިލިއަނެއްހާ ރުފިޔާ ހަވާލު ކުރި، ޝަރޫ ލޯންޗް އަކީ ޑޮލަރުގެ މުއާމަލާތް ކުރުމަށް ހުއްދަ ދީފައިވާ ކުންފުންޏެއް ނޫން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް