Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް

ޕީޕީއެމްގެ ލީޑަރޝިޕުން ޕާޓިއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ވިދާޅުވެ ޑރ. ވަހީދު އެ ޕާޓީން ވަކިވެވަޑައިިގެންފި

ހުނަރާއި ތަޖުރިބާ އަދި އިލްމު، ތެދުވެރިކަމާއި ނަޒާހަތްތެރިކަން އޮތް ތަނެއްގައި ބޭނުންކުރަން މުހިންމު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2023 | ހުކުރު 04:45
ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން

ޕީޕީއެމްގެ ލީޑަރޝިޕުން އެ ޕާޓީއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު އެޕާޓީން ވަކިވެވަޑައިގެންފިއެވެ.

ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންނެވިކަން އިއުލާން ކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެގޮތުން، އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމަނިކުފާނުގެ ހުނަރާއި ތަޖުރިބާ އަދި އިލްމު، ތެދުވެރިކަމާއި ނަޒާހަތްތެރިކަން އޮތް ތަނެއްގައި ބޭނުންކުރަން މުހިންމު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރު ކަމުންނާއި މެމްބަރު ކަމުން ވަކިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

ވަހީދު ނެރުއްވި ބަޔާނުގައި ޕާޓީން ވަކިވެވަޑައިގެންނެވި ސަބަބު ތަފްސީލުކޮށް ހާމަ ނުކުރެއްވި ނަމަވެސް ޕާޓީން ވަކިވެވަޑައިގަތުމަށް ފޮނުއްވި ސިޓީ މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އެ ސިޓީގައި ވަހީދު ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝަުތުހަމަނުވާ ކަން އީސީންނާއި ސުޕްރީމް ކޯޓުން ވެސް ނިންމާފައިވާއިރު 5 އޮގަސްޓާއި 7 އޮގަސްޓުގެ މެންދުރު 2:00 ޖެހުމާ ހަމައަށް އިތުރު ކެންޑިޑޭޓެއް ނެރޭނެ ވަގުތު ޕީޕީއެމަށް އޮތް ކަމަށެވެ. ނަމަވެސް އެކަމަށް ޕީޕީއެމްގެ ލީޑަރޝިޕުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ޕާޓީގެ ސެނެޓަށް ވެސް ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު ނުދީ ކުޑަ ޕާޓީއަކުން ކެންޑިޑޭޓެއް ނެރުމަކީ އެ ލީޑަރޝިޕުން ޕާޓީއަށް ވި ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ.

މީގެ އިތުރުން އެއީ އަނިޔާވެރި އަމަލެއް ކަމަށާއި އެ އަމަލު ކުށްވެރި ކުރައްވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ސިޓީގައި ވަހީދު ވިދާޅުވެފައި ވެއެވެ.

ވަހީދު މިފަދައިން ވިދާޅުވެފައިވާއިރު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭތީ ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ނެރެފައެވެ. މުއިއްޒުއަށް ޓިކެޓް ދީފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ވަހީދު ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނިކޮށެވެ. އިންތިޚާބުގައި ވާދަކުރުމަށް ޔާމީނުގެ ޝަރުތު ހަމަނުވާކަމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުން ވަހީދު ކުށުގެ ރެކޯޑު ސާފު ކުރެއްވުމަށް ވެސް ހުށަހެޅުއްވިއެވެ.

ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންފައިވާއިރު އެމަނިކުފާނުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދު ވެސް ވަނީ ޕާޓީން ވަޑިވެފައިވާކަން އިއުލާން ކުރައްވާފައެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކްޕީޕީއެމް

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
އެތައް ކުޑަކުދިންނެއް ރޭޕްކުރި ބިލިޔަނަރު އެޕްސްޓީން އާއި ބައްދަލުކުރީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީ ޑރ. ވަހީދު

އެތައް ކުޑަކުދިންނެއް ރޭޕްކުރި ބިލިޔަނަރު އެޕްސްޓީން އާއި ބައްދަލުކުރީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީ ޑރ. ވަހީދު

16 ނޮވެމްބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު