Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެރީކޭން

ކޭން، ބަޔާނަށް ވިއްކާލަން ޓޮޓެންހަމް އެއްބަސްވެއްޖެ، އަގަކީ 100 މިލިއަން ޔޫރޯ

ކޭންއަކީ ޓޮޓެމްހަމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 10 އޯގަސްޓު 2023 | ބުރާސްފަތި 17:06
ޓޮޓެންހަމުން ކުޅުނު މެޗުގެ ތެރެއިން

ޓޮޓެންހަމުން ކުޅުނު މެޗުގެ ތެރެއިން

ކެޕްޓަން ހެރީކޭން ޖަރުމަނުގެ ބަޔާން މިއުނިކަށް ވިއްކާލަން ޓޮޓެންހަމުން އެންމެ ފަހުން އެއްބަސްވެއްޖެއެވެ.

އިނގިރޭސި ގައުމީ ކެޕްޓަން ވިއްކާލަން ޓޮޓެންހަމުން އެއްބަސްވީ 100 މިލިއަން ޔޫރޯއަށެވެ. އުމުރުން 30 އަހަރުގެ ކޭން ވިއްކާލަން ޓޮޓެންހަމް އެއްބަސްވީ، އޭނާ ވިއްކާނުލައިފިނަމަ ކުލަބަށް މާލީ މަންފާއެއްނެތި އަންނަ ސީޒަނުގައި ކޭން އެހެން ކުލަބަކަށް ހިނގައިދާނެކަމުގެ ބިރު ހީވުމުންނެވެ. ސަބަބަކީ އޭނާގެ ކޮންޓްރެކްޓް އަންނަ ހަފުތާގައި ފަށާ ސީޒަނަށްފަހު ހަމަވާތީއެވެ.

ކޭންއަކީ ޓޮޓެމްހަމުގެ ތާރީޚުގައި އެ ކުލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެ ކުލަބަށް 280 ގޯލު ޖަހައިދީފައެވެ.

ޖަރުމަނުގެ އެންމެ ވަރުގަދަ ޓީމަށް ކޭން ވިއްކާލާއިރު، އޭނާ ވަނީ ޕްރެމިއާ ލީގުގައި 213 ގޯލު ޖަހައި، ތިން ފަހަރެއްގެ މަތިން ލީގުގެ ރަންބޫޓު ހާސިލްކޮށްފައެވެ. އަދި އޭނާއަކީ އިނގިރޭސި ގައުމީ ޓީމަށްވެސް އެންމެ ގިނަ ގޯލު ޖަހައިދިން ފޯވަޑެވެ. އެއީ 58 ގޯލެވެ. ވޯލްޑްކަޕް 2018ގެ ރަންބޫޓު ވެސް ހޯދި ކޭން، ޓޮޓެންހަމަށް ވިއްކާލާއިރު، އޭނާ ގަތުމަށް އިނގިރޭސި ކުލަބުތައް ކަމަށްވާ މެންޗެސްޓާ ސިޓީއާއި ޔުނައިޓެޑް އަދި ރެއާލް މެޑްރިޑް ކުރި މަސައްކަތް ކާމިޔާބުނުވީ ޓޮޓެންހަމުން އެއްބަސްވުމުންނެވެ.

ހެރީ ކޭންބަޔާން މިއުނިކްޓޮޓްނަމް ހޮޓްސްޕަރ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު