Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލިނގިލި ތަރައްގީކުރުން

ވިލިނގިލި ރައްޔިތުންގެ ފިކުރަކީ ތަރައްގީގެ ފިކުރު - ސައުދު

11 އޯގަސްޓު 2023 | ހުކުރު 00:36

ވިލިނގިލި ރައްޔިތުންނަކީ ލިބެމުންދާ ތަރައްގީއަކާއެކީގައި އެ ސަރުކާރަކާއެކީގައި ދެމިތިބޭނެ ރައްޔިތުންތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އޯގަސްޓު 2023 | ހުކުރު 00:36
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން

ގއ. ވިލިނގިލި ރައްޔިތުންގެ ފިކުރަކީ ތަރައްގީގެ ފިކުރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލިގައި ބޭއްވި "އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ސައުދު ވިދާޅުވީ ޝައްކެއް ނެތް ގޮތުގައި ވިލިނގިލި ރައްޔިތުންގެ ފިކުރަކީ ތަރައްގީގެ ފިކުރުކަމަށާއި، ތަރައްގީގެ ސަފްހާތަކުން ވިލިނގިއްުޔަކީ ރަންޒަމާންތަކުން ތަރައްގީ ހާސިލްކުރަމުން އަންނަ ރަށެއްކަމަށެވެ. ވިލިނގިލީގެ ބަނދަރުމަތިންނާއި މަލަމަތިން އެކަންކަން ފެންނަން ހުންނާނެކަމަށެވެ. މެންބަރު ވިދާޅުވީ އިންފްރާސްޓްރަކްޗަރގެ ޑިވަލޮޕްމަންޓުގައި ވިލިނގިއްޔަކީ ނަމޫނާ ރަށެއް ކަމަށާއި، ރައްޔިތުންނަކީ ތަރައްގީ ލިބޭ ކޮންމެ ދިމާލަކަށް އަތްފުނާއަޅައިގެން އެ ތަރައްގީއަކާއި ދިމާލަށް ދަތުރުކުރާނެ ރައްޔިތުން ދިރިއުޅޭ ރަށެއްކަމަށެވެ.

Advertisement - newsAdvertisement

ސައުދު ވިދާޅުވީ ވިލިނގިލި ރައްޔިތުންނަކީ ލިބެމުންދާ ތަރައްގީއަކާއެކީގައި އެ ސަރުކާރަކާއެކީގައި ދެމިތިބޭނެ ރައްޔިތުންތަކެއް ކަމަށެވެ.

ސައުދު ވިދާޅުވީ ކައުންސިލުން ބަނދަރުގެ މަސައްކަތް ހުއްޓުވަން އުޅުނަސް، ބަނދަރުގެ މަސައްކަތް ނިންމާލާފައި ނޫނީ އެމްޓީސީސީގެ އެކްސްކަވޭޓަރުގެ އިންޖީނު ނުހުއްޓުވޭނެކަމަށެވެ. ސައުދު ވިދާޅުވީ ރައްޔިތުން އެދިފައިވާ ގޮތަށް ރައްޔިތުން ބޭނުންވާ ބަދަލާއެކު ސްޕީޑުގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ސައުދު ވިދާޅުވީ އެންމެ ހަރުއަޑުކޮށް މަސްވެރިންގެ ވާހަކަ ދައްކަނީ ހުވަދޫ މަސްވެރިން ކަމަށާއި، ޝަކުވާ އަކީ ބާނާ މަސް ނުކުރިގެން ކުރާ ޝަކުވާ ކަމަށެވެ. ސައުދު ވިދާޅުވީ މި ހިނގަމުންދާ ދައުރާ ހަމައަށް އައި އިރު، ކޫއްޑޫގެ ކެޕޭސިޓީ އިތުރު ނުވެ 27 އަހަރު ވެގެން ދިޔައިރު މިއަދާ ހަމައަށް އެކަން ނުވެ އޮތުމަކީ މި ސަރުކާރުން ޒިންމާ ނަގަންޖެހޭ ކަމެއް ނޫން ކަމަށެވެ.

ސައުދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އޮތީ އަނދަވަޅެއްގެ ތެރޭގައި ކަމަށާއި، އެ އަނދަވަޅުގެ ވާހަކަ މިއަދު ހަނދާންކުރަންޖެހޭ ކަމަށެވެ.

ސިޔާާސަތުތަކާއި ނިޒާމުގައި މައްސަލަތަކެއް އެބައުޅޭކަމަށް މެންބަރު ސައުދު ވިދާޅުވިއެވެ. ސައުދު ވިދާޅުވީ މަސްވެރިން ހަޅޭލެވުމުގެ ބަދަލުގައި މިއަދު ދެއްވަންވީ އެއްބާރުލުން ކަމަށެވެ. 27 އަހަރު ތެރޭގައި ނުލިބުނު ތަރައްގީ މި 5 އަހަރު ތެރޭގައި 6 ގުނަ ބޮޑުކޮށް ތަރައްގީކުރަމުންދާ ކަމަަށާއި، ބޭނުންވަނީ މަސްވެރިންގެ އެއްބާރުލުން ކަމަށެވެ. ސައުދު ވިދާޅުވީ ކޫއްޑޫގެ ބަނދަރު ބޮޑުކުރަމުންދާ ކަމަށާއި، ބްރައިންފްރީޒިންގ ކެޕޭސިޓީ 120 ޓަނަށް ބޮޑުކުރަމުންދާ ކަމަށާއި، ކޫއްޑޫގެ އައު އިންޖީނުގެ އަޅަމުންދާ ކަމަށާއި، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ދެހާހުން، ހަތަރު ހާހުން ހަ ހާހަށް ބަދަލުކުރަމުންދާ ކަމަށެވެ.

ސައުދު ވިދާޅުވީ މި ވާހަކަ އަދަދުތަކުން ދައްކާލި ނަމަވެސް އެއީ ކޫއްޑޫ ކަހަލަ 3 ކޫއްޑޫ ހެދުމުގެ ކެޕޭސިޓީކަމަށެވެ. ސައުދު ވިދާޅުވީ މަސްވެެރިން ހަމައަގުގެ ވާހަކަ ދައްކަން ތިބުމުގެ ބަދަލުގައި މަސައްކަތުގެ ނަތީޖާ ނެރެދެން ސަރުކާރާއެކީގައި ތިބުންތޯ ރަނގަޅީ ސުވާލު އުފައްދަވާފައެވެ. ސައުދު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބެއް ގެންނާނީ މިސަރުކާރުން ކަމަށާއި، މަސްވެރިން ހީނުކުރާ ވަރުގެ ބޮޑު އިންގިލާބެއް އަންނަ އަހަރު ނިމިގެންދާއިރު ފެނިގެންދާނެކަމަށެވެ.

ގއ. ވިލިނގިލިސައުދު ހުސައިން / ވިލިނގިލީ ދާއިރާގެ މެމްބަރުއުފާވެރި އަމާން ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
05 ޑިސެމްބަރު 2025

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 ނޮވެމްބަރު 2025

ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

08 ނޮވެމްބަރު 2025
ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ
08 ނޮވެމްބަރު 2025

15 ސްކޫލުގެ ވަށާފާރު ރާނަން 15 މިލިއަނަށް ހަވާލުކުރިއަސް މަޝްރޫއުގެ ތަފްސީލު ދޭކަށް ނުކެރޭނެ: ސައުދު

08 ނޮވެމްބަރު 2025
15 ސްކޫލުގެ ވަށާފާރު ރާނަން 15 މިލިއަނަށް ހަވާލުކުރިއަސް މަޝްރޫއުގެ ތަފްސީލު ދޭކަށް ނުކެރޭނެ: ސައުދު
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް