Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިޚާބު 2023

ވެރިކަމަށް ފައި ހިއްޕާލީ ވަކި މީހަކަށް ގުރުބާންވާންތަ؟

10 އޯގަސްޓު 2023 | ބުރާސްފަތި 14:17

ތިމާގެ އަމިއްލަ އެޖެންޑާއެއް ނުވަތަ ވަކި ބައެއްގެ އަމިއްލަ އެޖެންޑާއެއްގައި ނިކުންނަ މީހަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ވިސްނުމުގައި ނިކުމެ ހުރި މީހެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޯގަސްޓު 2023 | ބުރާސްފަތި 14:17
އިދިކޮޅު ބައެއް ލީޑަރުން ކަަމަށްވާ؛ ކުރީގެ ރައީސް ނަޝީދު، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބް، ކުރީގެ ރައީސް ޔާމީން އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު

އިދިކޮޅު ބައެއް ލީޑަރުން ކަަމަށްވާ؛ ކުރީގެ ރައީސް ނަޝީދު، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބް، ކުރީގެ ރައީސް ޔާމީން އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު

ކޮންމެ ފަސް އަހަރަކުން އެއް އަހަރު އޮންނަ ރިޔާސީ އިންތިޚާބަކީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައި އޮންނަ އިންތިޚާބެކެވެ. ސީދާ ރައްޔިތު މީހާގެ ދިރިއުޅުމާއި، އެބައިމީހުންގެ ޒަރޫރީ ބޭނުންތަކުން ފެށިގެން ގޮސް، އެހެނިހެން ބޭނުންތަކާ ގުޅިފައިވާ އިންތިޚާބެކެވެ. ކަންމިހެން އޮތްއިރު، އެ އިންތިޚާބަށް ނިކުންނަ ފަރާތްތައް ވާންޖެހޭނީ ރައްޔިތުންގެ މީހަކަށެވެ. އޭނާ އެ ކުރިމަތިލަނީ ރައްޔިތުންގެ ޚާދިމަކަށް ވުމަށެވެ. އެވިސްނުން ދޫކޮށް، ތިމާގެ އަމިއްލަ އެޖެންޑާއެއް ނުވަތަ ވަކި ބައެއްގެ އަމިއްލަ އެޖެންޑާއެއްގައި ނިކުންނަ މީހަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ވިސްނުމުގައި ނިކުމެ ހުރި މީހެއް ނޫނެވެ. އެކަން ރައްޔިތުންނަށްވެސް ސާފުވެ، ކަށަވަރުވެގެންދާނެއެވެ.

މިއަހަރަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ވަލިއްޔުލް އަމްރު ކަނޑައެޅިގެންދާނެ އަހަރެވެ. މިއީ ސީދާ ދިވެހި ރައްޔިތުންގެ އަތް މަތީގައި އޮތް ނިންމުމެކެވެ. މިއީ، ވަކި މީހެއްގެ ބާރުން ކުރެވެން އޮތް ކަމެއް ވެސް ނޫނެވެ. އެހެންކަމުން، ވެރިކަމާ ދިމާއަށް މިސްރާބު ޖަަހައިގެން ތިބި މީހުން ދައްކަންޖެހޭނީ ރައްޔިތުންނާ ގުޅުންހުރި ވާހަކައެވެ. ހޯދަންޖެހޭނީ ރައްޔިތުން އެންމެ ބޭނުންވެފައި ތިބި ކަންކަމެވެ. އެޖެންޑާ ލިޔެ، ވިއްކަންޖެހޭނީ އެއިން އެކުލަވާލާ ސިޔާސަތުތަކެވެ. މި ދެންނެވި ސިޔާސަތުތައް ކަނޑައަޅައި، ރައްޔިތުންގެ ޚިޔާލާއެކު ވިއްކާނެ އެޖެންޑާ ކަނޑައަޅާ ލީޑަރުން ތިބިއިރު، އަނެއްބައި ލީޑަރުންް ވަކި މީހެއްގެ "ހިޔަންޏެއް" ގޮތުގައި ވެސް ސިފަވެއެވެ. މިއަހަރުގެ އިންތިޚާބަށް ނިކުމެ ތިބި ބައެއް ލީޑަރުންގެ ވާހަކަތަކުން ސިފަވަނީ އެކަންކަމެވެ.

އެވާހަކަތަކަށް ޖެހިލާއިރު، ބައެއް ބޭފުޅުން ވިދާޅުވަނީ ވަކި މީހަކު ޖަލުން ނެރުއްވައި، މިނިވަން ކުރެއްވުމުގެ ވާހަކައެވެ. ވެރިކަމަށް ނިކުންނަވާ ބޭފުޅާ ސިޔާސީ ޕޯޑިއަމް ދޮށުގައި ހުންނެވިނަމަވެސް، އެއީ އެ ބޭފުޅާ ނޫން ކަމަށްވެސް ވިދާޅުވެއެވެ. ކުރިއަށް ނެރުއްވަނީ ވަކި ބޭފުޅެކެވެ. ފުރަތަމަ ދުވަހުވެސް އެ ބޭފުޅާ މިނިވަންކުރައްވާ ވާހަކައެވެ. ދެން އޮތް ސުވާލަކީ، ވެރިކަމަށް މި ނިކުންނެވީ ސީދާ ޝަރުއީ ނިޒާމަށް "އަތްޕުޅު ބޭނުއްވުމަށް" ތޯއެވެ؟ ޝަރުއީ މަރުހަލާތައް ފުރިހަމަކޮށް، ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކު އެއް ދުވަހުން ނެރެވޭނީ ސީދާ ޝަރުއީ ނިޒާމަށް އަތް ބާނައިގެން ނޫންތޯ އެވެ؟ އެހެންކަމަށް ވަނީނަމަ، އެކަމުން ރައްޔިތު މީހާއަށް އެ ދެވެނީ ވަރަށް ނުބައި މެސެޖެކެވެ. އަދުލު އިންސާފުގެ މައްޗަށް ވެރިކަމުގެ ބާރު "މޫލާފައި" އޮތް މިންވަރު ރައްޔިތުން މީހާއަށް ދައްކާލުމަކީ "މޮޅު" ކަމަކަށް ނުވާނެއެވެ.

ދެން އޮތީ ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ، ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ގާނޫނުން ލިބިދޭ ބާރުގެ ތެރެއިން ހުކުމް މައާފް ކޮށްދެއްވުމުގެ ވާހަކައެވެ. އެކަންވެސް ކުރަން ގާނޫނުގައި ހުދާއި ކަޅުން އޮތީ ވަކި ގޮތެއް ބަޔާންކޮށްފައެވެ. މައާފު ދެވެން އޮތް މަގަކީ، އެމީހަކު ވާން ޖެހެނީ ހުކުމުގެ ތިންބައިކުޅަ އެއްބައި ފުރިހަމަކޮށްފައިވާ މީހަކަށެވެ. އެ ނޫންނަމަ، ވެރިކަމުގެ ބާރުގައި ހުންނަވާ ބޭފުޅާއަށްވެސް މައާފު ދެއްވޭނެ ހަމައެއް ފެހި ގާނޫނު އަސާސީއަކު ނެތެވެ. ދެން އޮތީ އެހެން ސުވާލެކެވެ. އެމީހަކު ޖަލުގެ ތޭރިތަކުން ސަލާމަތް ކުރުމަށް ގާނޫނަށް ބަދަލު ގެންނަވާނީތޯއެވެ؟ ވެރިކަމަށް ތިޔަ ނިކުންނެވީ އެކަން ކުރެއްވުމަށްތޯއެވެ؟ ރައްޔިތު މީހާއަށް މިއަދު އެންމެ ބޭނުންވެފައިވާ ކަމަކީ އެޔެއްނޫނެވެ.

ވެރިކަމަށް ނިކުންނަވައި، ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން، ތިމަންމަނިކުފާނަކީ އަސްލު ބޭފުޅާއެއް ނޫނޭ، ތިމަންމަނިކުފާނު ހުންނަވާނީ ފަހަތްޕުޅުގައޭ ވިދާޅުވިއިރު، ވެރިކަމަކީ ކުޅޭކުޅޭ އެއްޗެއް ކަމަށް ދެކެވަޑައިގަތީތޯއެވެ؟ ތިމަންމަނިކުފާނު ފަހަތަަށް ޖެހިވަޑައިގެން، "ރޫހާނީ" ލީޑަރު ކުރިއަށް ނެރުއްވާނެ ވާހަކަ ވިދާޅުވުމަކުން ރައްޔިތު މީހާގެ ތާއީދު ލިބިވަޑައެއްނުގަންނަވާނެއެވެ. މިއީ ރައްޔިތުން "ގުނބޯ" ހެއްދޭނެ ޒަމާނެއް ނޫނެވެ. ބަވަނަ ވަމުން އަންނަ ދުނިޔޭގައި ރައްޔިތުންގެ އުންމީދުތައް ހުރީ އެހެން ދިމާއަކަށެވެ. ވަކި ސިޔާސީ މީހެއްގެ ތައްޕާހަށް ވެއްޓިގެން، އެމީހަކު އަނދަ ގޮނޑިން ސަލާމަތްކުރުމަށް ޖާނާ މާލު ހުސްކޮށްގެން، މާޒީގައި ރައްޔިތުންނަށް ލިބިފައި އޮތީ ހުސް "ލޮޓި"އެވެ.

އެހެންކަމުން، ވެރިކަމަށް މިސްރާބު ޖަހަންވީ ވަކި މީހަކަށްޓަކައި ގުރުބާންވާކަށް ނޫނެވެ. ވަކި މީހެއްގެ ތައްޕާހަށް ވެއްޓޭކަށްވެސް ނޫނެވެ. މައިދާނަށް ނިކުންނަވައި، ސީދާ ރައްޔިތުންނާ ކުރިމަތިލައްވާށެވެ. ރައްޔިތުންގެ އިހުސާސްތައް އަޑުއައްސަވައި، ރައްޔިތުންގެ ބޭނުންތަކަށް ތަސައްލީއެއް ހޯދުމުގެ ވާހަކަ ދައްކަވާށެވެ. ރައްޔިތުން ވޯޓު ދޭނީ އެކަންކަމަށް ވިސްނައިގެންނެވެ. ރައްޔިތުންގެ ހުވަފެންތަކާއި، އުންމީދުތަކުގައި ކުލަ ޖައްސަވައިދެއްވާނެ ވެރިއެއްގެ އަތްޕުޅުގައި ރައްޔިތުން ހިފާނެއެވެ. ވަކި މީހެއްގެ އަޅަކަށް ވެވަޑައިގަތުމަކީ، ރައްޔިތުން އެބޭފުޅެއްގެ އަތްޕުޅުގައި ހިފާނެ ސަބަބެއް ކަމަށްވެސް އަމުދުން ދެކެވަޑައިގެން ނުވާނެއެވެ.

ރިޔާސީ އިންތިޚާބު 2023

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2023

ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި

05 އޮކްޓޯބަރު 2023
ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި
05 އޮކްޓޯބަރު 2023

ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ

05 އޮކްޓޯބަރު 2023
ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ
04 އޮކްޓޯބަރު 2023

ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

04 އޮކްޓޯބަރު 2023
ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި
04 އޮކްޓޯބަރު 2023

ރިޔާސީ އިންތިޚާބާއި ގުޅޭ 97 މައްސަލައެއް ހުށަހަޅާފައިވޭ: އޭސީސީ

04 އޮކްޓޯބަރު 2023
ރިޔާސީ އިންތިޚާބާއި ގުޅޭ 97 މައްސަލައެއް ހުށަހަޅާފައިވޭ: އޭސީސީ
03 އޮކްޓޯބަރު 2023

ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ހަރުދަނާކަމާއި ޕްރޮފެޝަނަލްކޮށް: އީޔޫ

03 އޮކްޓޯބަރު 2023
ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ހަރުދަނާކަމާއި ޕްރޮފެޝަނަލްކޮށް: އީޔޫ
02 އޮކްޓޯބަރު 2023

"ދިޔަރެސް" އިން ރައީސް ޞާލިހާ ދެކޮޅަށް "ރާވައިގެން ދޮގު މައުލޫމާތު" ފެތުރި: އީޔޫ

02 އޮކްޓޯބަރު 2023
"ދިޔަރެސް" އިން ރައީސް ޞާލިހާ ދެކޮޅަށް "ރާވައިގެން ދޮގު މައުލޫމާތު" ފެތުރި: އީޔޫ
20 ސެޕްޓެމްބަރު 2023

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

20 ސެޕްޓެމްބަރު 2023
ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް
20 ސެޕްޓެމްބަރު 2023

އޭރު ނުހައްޤުން ޖަލަށްލި މީހުން މިނިވަންކުރަން މަސައްކަތް ކުރުމުން އެމީހަކު ވެސް ދާން ޖެހުނީ ޖަލަށް: އާޒިމް

20 ސެޕްޓެމްބަރު 2023
އޭރު ނުހައްޤުން ޖަލަށްލި މީހުން މިނިވަންކުރަން މަސައްކަތް ކުރުމުން އެމީހަކު ވެސް ދާން ޖެހުނީ ޖަލަށް: އާޒިމް
18 ސެޕްޓެމްބަރު 2023

ރީރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން މިހާރު ބާކީ ހުރީ 16000 ފޯމު

18 ސެޕްޓެމްބަރު 2023
ރީރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން މިހާރު ބާކީ ހުރީ 16000 ފޯމު
18 ސެޕްޓެމްބަރު 2023

އިންތިޚާބީ ކޮރަޕްޝަނުގެ 32 މައްސަލަ، ސިޔާސީ ޕާޓީތަކުން 3 މައްސަލަ ހުށަހަޅާފައިވޭ: އޭސީސީ

18 ސެޕްޓެމްބަރު 2023
އިންތިޚާބީ ކޮރަޕްޝަނުގެ 32 މައްސަލަ، ސިޔާސީ ޕާޓީތަކުން 3 މައްސަލަ ހުށަހަޅާފައިވޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް