Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބީ ކޮރަޕްޝަނުގެ މައްސަލަތައް

އިންތިޚާބީ ކޮރަޕްޝަނުގެ 32 މައްސަލަ، ސިޔާސީ ޕާޓީތަކުން 3 މައްސަލަ ހުށަހަޅާފައިވޭ: އޭސީސީ

އިލެކްޝަންސް ކޮމިޝަނުގެ އިޚްތިސާސްތެރޭގައި ނުހިމެނޭ 4 މައްސަލައެއް މިހާތަނަށް އެ ކޮމިޝަނުން އޭސީސީއަށް ފޮނުވާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ސެޕްޓެމްބަރު 2023 | ހޯމަ 16:11
ރިޔާސީ އިންތިޚާބު 2023

ރިޔާސީ އިންތިޚާބު 2023

ރިޔާސީ އިންތިޚާބާއި ގުޅިގެން އިންތިޚާބީ ކޮރަޕްޝަނުގެ މައްސަލަތަކުގެ ގޮތުގައި ހޯމަ ދުވަހާ ހަމައަށް ޖުމްލަ 32 މައްސަލަ/ޝަކުވާ ހުށަހަޅާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ، ރިޔާސީ އިންތިޚާބާ ގުޅިގެން މިހާތަނަށް ސީދާ ސިޔާސީ ޕާޓީތަކުން އޭސީސީއަށް ހުށަހަޅާފައިވަނީ 3 މައްސަލަ ކަމަށެވެ. ރިޔާސީ އިންތިޚާބާ ގުޅިގެން ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައިވާ، އިލެކްޝަންސް ކޮމިޝަނުގެ އިޚްތިސާސްތެރޭގައި ނުހިމެނޭ 4 މައްސަލައެއް މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އޭސީސީއަށް ފޮނުވާފައިވެއެވެ. އެނޫން އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް، އިންތިޚާބީ ރިޝްވަތާ ގުޅޭގޮތުން އަދި އިންތިޚާބާ ގުޅިގެން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން، ނުވަތަ އެހެން ފަރާތަކުން އީސީއަށް ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެ ކޮމިޝަނަށް ފޮނުވާފައި ނުވާކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން މީގެކުރިން ބުނެފައިވަނީ ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 7 މައްސަލައެއް ތަހުގީގުކުރަންޖެހޭ ކަމަށް ފެންނާތީ އެ މައްސަލަތަކުގެ ތަހުގީގު މިހާރުވަނީ ފަށާފައި ކަމަށެވެ.

އޭގެތެރޭގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ރިޝްވަތާ ގުޅުންހުރި މައްސަލަ ހިމެނޭކަމަށް އޭސީސީން މައުލޫމާތު ދެއެވެ. މީގެ އިތުރުން ކޮމިޝަނަށް ހުށަހެޅި އަދި ބަލަމުންގެންދާ މައްސަލަތަކުގެ ތެރޭގައި؛ ހުޅުމާލެއިން ގޯތި ދޫކުރި ގޮތާއި ގުރުއަތުލުން ކުރިއަށްގެންދިޔަ ގޮތާގުޅޭ މައްސަލައެއްވެސް ކޮމިޝަނުން ދަނީ ބަލަމުންނެވެ.

އަދި މި މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކޮމިޝަނުން އަޅަމުންދާކަމަށާއި، ބައެއް ފިޔަވަޅުތައް އެޅޭނީ ބައެއް ކަންކަން ދެނެގަނެ ކަށަވަރުކުރެވިގެން ކަމުގައިވާތީ، ކަމާގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ކޮމިޝަނުން ވަނީ މީގެކުރިން ބުނެފައެވެ.

އޭސީސީރިޔާސީ އިންތިޚާބު 2023

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
28 އޮކްޓޯބަރު 2025

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
19 އޮކްޓޯބަރު 2025

3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް

19 އޮކްޓޯބަރު 2025
3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް
17 އޮކްޓޯބަރު 2025

ވެރިކަމަށް ކުފޫހަމަނުވާ ސަރުކާރެއް ވެރިކަމާ ހަވާލުވީމަ ފެންނާނެ ހުރިހާ އަލާމާތެއް މިދަނީ ފެންނަމުން: ކުރީގެ އޭޖީ ރިފްޢަތު

17 އޮކްޓޯބަރު 2025
ވެރިކަމަށް ކުފޫހަމަނުވާ ސަރުކާރެއް ވެރިކަމާ ހަވާލުވީމަ ފެންނާނެ ހުރިހާ އަލާމާތެއް މިދަނީ ފެންނަމުން: ކުރީގެ އޭޖީ ރިފްޢަތު
17 އޮކްޓޯބަރު 2025

އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ

17 އޮކްޓޯބަރު 2025
އޭސީސީ ގެ މެމްބަރުން އަސާސުން ބޭރުން ކުރާ ކަންކަން ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅަނީ
17 އޮކްޓޯބަރު 2025

ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް

17 އޮކްޓޯބަރު 2025
 ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު