Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން ސަރުކާރުގެ އަނިޔާވެރިކަން

އޭރު ނުހައްޤުން ޖަލަށްލި މީހުން މިނިވަންކުރަން މަސައްކަތް ކުރުމުން އެމީހަކު ވެސް ދާން ޖެހުނީ ޖަލަށް: އާޒިމް

މިހާރު ވެސް އިދިކޮޅުން ދައްކާ ވާހަކައަކީ އަނިޔާކުރާ ވާހަކަ އާއި މީހުން ޖަލަށްލާ ވާހަކަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ސެޕްޓެމްބަރު 2023 | ބުދަ 01:38
 އާދަމް އާޒިމް

އާދަމް އާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ސަރުކާރުގައި އޭރު ނުހައްޤުން ޖަލަށްލާފައި ތިބި މީހުން މިނިވަންކުރަން މަސައްކަތް ކުރުމުން އެމީހަކު ވެސް ދާން ޖެހުނީ ޖަލަށް ކަމަށް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އަންގާރަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ކުރީ ސަރުކާރުން ކުރާ ގޯސްކަންތައްތަކުގެ ވާހަކަ ވިދާޅުވުމުން އަނެއް ދުވަހު ޖަލުގައި އިންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އޭރު ގެއަށް އާދެވޭނެކަމުގެ އެއްވެސް ޔަޤީކަން ނޯންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރުތަމަ ބުރުގައި އިދިކޮޅުގެ ކެންޑިޑޭޓަށް ގިނައިން ވޯޓް ލިބުމުން، ވެރިކަމަށް ހޮވިއްޖެކަމަށް އެ ފަރާތްތަކަށް ހީވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ދެވަނަ ހާފް ކުރިއަށް އޮތް ކަމަށާއި އެބޭފުޅުން މޮޅުވެގެން "އަނިޔާވެރިކަމުގެ އަސްލު ސިފަ" މިހާރު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

އާޒިމް އިޝާރާތްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އާދިއްތަ ދުވަހު ހިޔާ ޓަވަރުތަކުގައި "ދޮރުން ދޮރަށް" ހަރަކާތް ހިންގަވަމުން ދަނިކޮށް އެކަމަނާއަށް އިދިކޮޅުގެ ސަޕޯޓަރުން ފުއްސާރަ ކުރުމުން އެވާހަކައަށެވެ. މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފަޒްނާ "ދޮރުން ދޮރަށް" ހަރަކާތުގައި އުޅުއްވަނިކޮށް އެކަމަށް ހުރަސް އަޅަން މަސައްކަތްކޮށް، އެކަމަނާއަށް ނިސްބަތްކޮށް ހަޑި ހުތުރު ބަހުން މުއާމަލާތުކޮށް، ފުރައްސާރަކޮށްފައިވެއެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރު ކުރުމަށްފަހު، ދޫކޮށްލިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ އިންތިޚާބުގެ ރެލީތަކުގައި ވެސް މިހާރު ވެސް އިދިކޮޅުން ދައްކާ ވާހަކައަކީ އަނިޔާކުރާ ވާހަކަ އާއި މީހުން ޖަލަށްލާ ވާހަކަ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ އަނިޔާވެރި ވެރިޔެއް ގެނައުމަށްތޯ ރައްޔިތުން ވޯޓްލާންތޯ ނުވަތަ ބޭނުންވަނީ ނޫނީ އޯގާތެރި ވެރިޔެއް ގެންނަންތޯ ވޯޓްލާންތޯ ނިންމަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެއްޗެއްގެ ހުރި ރަނގަޅުކަން އިހުސާސް ކުރެވޭނީ އެ އެއްޗެއް ގެއްލުމުން ކަމަށް އާޒިމް ވިދާޅުވިއެވެ. ރައީސް ސާލިހަކީ ރައްޔިތުންނަށް ލިބުނު "ރަން ޖަވާހިރެއް ފަދަ ބޭފުޅެއް" ކަމަށާއި އެމަނިކުފާނުގެ އަތްޕުޅުގައި ހުރިހާ ރައްޔިތުން ހިފުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.

އާދަމް ޢާޒިމްރިޔާސީ އިންތިޚާބު 2023

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު