Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔާމީނު ހުކުމް ތަންފީޒުކުރުން

ޖިނާއީ މައްސަލަތަކުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަކީ ގާނޫނު ދަންނަކަމެއް ނޫން: ޕީޖީ އޮފީސް

ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމާގުޅޭ އިޖުރާއަތު ގާނޫނުގައި ނެތުމަކީ އަސާސީ ހައްގަކަށް އުނިކަމެއް އަންނަ ކަމެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 އޯގަސްޓު 2023 | ބުރާސްފަތި 11:59
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލަ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލަ

ޖިނާއީ މައްސަލަތަކުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަކީ ގާނޫނު ދަންނަކަމެއް ނޫންކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އެހެން ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ އަލްއުސްތާޒާ ހުޒައިފާ މުހައްމަދު, އަލްއުސްތާޒު ހަސަން ޝަފީއު އަދި އަލްއުސްތާޒު މުހައްމަދު ސަލީމެވެ.

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރައްވާފައިވާތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން އިއްވާފައިވާ މި ހުކުމް ތަންފީޒުކުރުން ފަސްކޮށްދޭން މި އަޑުއެހުމުގައި ޔާމީން ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅާފައިވަނީ ކޯޓުތަކާބެހޭ ގާނޫނާއި، ގއ. ވޮޑަމުއްލާ މައްސަލައިގައި ނިންމާފައިވާ ނިންމުމާ ހަވާލާދެއްވައި، މި މައްސަލައިގެ ޖަލު ހުކުމާއި ޖޫރިމަނާ ތަންފީޒުކުރުން ފަސްކޮށްދިނުމަށެވެ.  

ޔާމީނުގެ ވަކީލު ވިދާޅުވީ، ޖިނާއީ އަދި މަދަނީ ބަޔާއެކު ހުށަހަޅާފައި ވީނަމަވެސް، މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ މި މައްސަލައިގެ މަދަނީ ބައި ތަންފީޒު ކުރުން ފަސްކޮށްދިނުމަށް ކަމަށެވެ. އެއީ 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމުގައިވާ ބައެވެ.

އެ ފައިސާ ދެއްކުމުގެ މުއްދަތު 2023 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. ވުމާއެކު، އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ މަސައްކަތް ފަށާފައެވެ.

ޔާމީނުގެ ފަރާތުން ވަނީ ނުހައްގު ބަންދެއްގައި ހުންނެވުމުން ހޭދަވާ ދުވަސްތަކުގެ ފަރުވާލެއް ނެތްކަމަށާއި، އިންތިޚާބުގައި ވާދަކުރެއްވުމުގެ ހައްގު ގެއްލިވަޑައިގެންފައި ވާކަމަށާއި، އަދި 5 މިލިއަން ޑޮލަރު ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ސަބަބުން ޔާމީނުގެ މިލްކިއްޔާތުން ބޮޑު އަދަދެއް ގެއްލި، އެ އިއާދަ ނުކުރެވިދާނެކަން ފާހަގަކޮށްފައެވެ.

ވޮޑަމުއްލާ މައްސަލާގައިވެސް ފަނޑިޔާރުން ފައިސާގެ އަމުރު ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރުއްވާފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ޔާމީނު ވިދާޅުވީ، އިޔާދަ ނުކުރެވޭ ގެއްލުންތަކެއް ލިބިވަޑައިގެންފައި ވާކަމަށާއި، ޖަލުގައި ހުންނެވުމުގެ ސަބަބުން ޖިސްމާނީ ގޮތުން ދަތިތަކެއްވެސް އެބަހުރި ކަމަށެވެ. ގެއަށް ބަދަލުކުރިއަސް ދައުލަތަށް ލިބޭނެ ގެއްލުމަކީ ކޮބައިތޯ ޔާމީނު ސުވާލު ކުރެއްވިއެވެ.

5 މިލިއަން ޑޮލަރު ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދަށުން، އެ ފައިސާ ދައްކާފަހުން ހުކުމް ބާތިލުކޮށްފިނަމަ، ކޯޓު މަރުހަލާގެ ތެރެއިން އެ ފައިސާ އަލުން ހޯދުމަކީވެސް އުނދަގޫ ކަމަކަށް ވާނެކަމަށް ޔާމީނު ވިދާޅުވިއެވެ.

ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަންކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެނުދެވޭނެކަމަށް ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ބަޔާންކޮށްފައި ވާކަމަށެވެ.

ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުގެ ސަބަބުން ޔާމީނު އެ ވިދާޅުވާފަދަ ގެއްލުންތަކެއް ވަމުންދާނަމަ، ޖޫރިމަނާގެ އަދަބު ފަސްކުރުމަށްވުރެ އައުލާކަން ބޮޑީ ޖަލު އަދަބު ފަސްކުރުން ކަމަށް ބުއްދީގެ ހަމައިން ވިސްނާއިރު ގަބޫލުކުރެއްވޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެއީ ޖޫރިމަނާގެ ފައިސާއަކީ ފަހުން ހުކުމް ބާތިލު ކުރިޔަސް، ކޯޓު މަރުހަލާއިންވެސް ހޯދޭ އެއްޗަކަށްވާތީއެވެ. ނަމަވެސް އެއީ ގާނޫނުން ކުރެވެން އޮންނަ ކަމެއް ނޫންކަމަށް ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ޖިނާއީ އެއްވެސް ހުކުމެއް ތަންފީޒުކުރުން ފަސްކުރާނެ ގޮތެއް ރާއްޖޭގެ މިހާރުގެ ގާނޫނީ ނިޒާމުގައާއި ޖިނާއީ އިޖުރާއަތުގެ ތެރެއިން ނޯންނަކަމަށެވެ. ޖަލު އަދަބެއް ނުވަތަ ޖޫރިމަނާއެއް ނަމަވެސް، ހުކުމް ކުރުމަށްފަހު، އެ ހުކުމް ތަންފީޒުކުރުން ފަސްކުރުން އެއީ ޖިނާއީ އަދުލުގެ ނިޒާމު ދަންނަ ކަމެއް ނޫންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމާގުޅޭ އިޖުރާއަތު، ގާނޫނުގައި ނެތުމަކީ އަސާސީ ހައްގަކަށް އުނިކަމެއް އަންނަ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ޖޫރިމަނާއާ ގުޅޭގޮތުންވެސް އޮތީ ހަމަ އެ އުސޫލު ކަމަށެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި ޖަލު އަދަބާއި ޖޫރިމަނާގެ އަދަބުގައިވެސް އޮތީ އެ އުސޫލުކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ސިވިލް ކޯޓަށް ބަންޑާރަނައިބުގެ ފަރާތްޕުޅުން ހުށަހަޅާ ޖޫރިމަނާ ފައިސާ ހޯދުމުގެ މައްސަލައިގެ ތެރެއިން، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ހުކުމް ތަންފީޒުކުރުން ފަސްކުރުން އެދި ޔާމީނަށް މައްސަލައެއް ހުށަހެޅުއްވިދާނެ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ފަނޑިޔާރުން ނިންމަވާ ގޮތެއް އާދިއްތަ ދުވަހު ލިޔުމުން ދެފަރާތަށް އަންގަވާނެކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްހައި ކޯޓުކްރިމިނަލް ކޯޓްއެމްއެމްޕީއާރްސީ ޚިޔާނާތް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު