Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތައުލީމީ ދާއިރާ ކުރިއެރުވުން

ދައުލަތަށް ޚިދުމަތްކުރާ މުއްދަތު ބެލުމަށްފަހު، ލޯނު އަނބުރާ ދައްކަން އޮންނަ މިންވަރު މައާފުކުރެވޭ އުސޫލެއް އެކުލަވާލާނަން: ރައީސް ސާލިހު

16 އަހަރާއި 18 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ޚާއްސަ ކެރިއަރ ގައިޑެންސް ސެޝަނެއް ތައާރަފްކުރައްވާނެ ކަމަށް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 9 އޯގަސްޓު 2023 | ބުދަ 11:56
ވާދޫ ރައްޔިތުން އެދޭ ތަރައްގީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގެނެސްދޭނަން: ރައީސް ސާލިހު

ވާދޫ ރައްޔިތުން އެދޭ ތަރައްގީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގެނެސްދޭނަން: ރައީސް ސާލިހު

ދައުލަތަށް ޚިދުމަތްކުރާ މުއްދަތު ބެލުމަށްފަހު, ދަރިވަރުންނަށް ދޫކުރާ ލޯނު އަނބުރާ ދައްކަން އޮންނަ މިންވަރު މައާފުކުރެވޭ އުސޫލެއް އެކުލަވާލައްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ދުވަހު ގދ. ވާދޫގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕޭނު ބަނދަރު ބައްދަލުވުމުއި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އެޑިޔުކޭޝަނަލް ޓޫރިޒަމަށްވެސް މަގުބޫލު ގައުމަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިން އިސް ސަފަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި ތައުލީމު ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓާލިޓީ ސްކޫލުގެ ކެމްޕަސްވެސް ރާއްޖޭގައި ގާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތައުލީމަށް ކުރައްވަމުން ގެންދަވާ ޚަރަދުތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، 16 އަހަރާއި 18 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ޚާއްސަ ކެރިއަރ ގައިޑެންސް ސެޝަނެއް ތައާރަފްކުރައްވައި، ތައުލީމާއި ތަމްރީން ހޯދުމުގައި, ވަޒީފާގެ ބާޒާރަށް ކުދިން ތައްޔާރުކޮށްދެއްވާނެ ކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން، ލޯނު ދައްކަން އޮންނަ މިންވަރެއް މައާފް ކޮށްދެއްވާނެ ކަމަށާއި، މިއީ ދައުލަތަށް ޚިދުމަތް ކުރުމުގެ މިންވަރަށް ބެލުމަށްފަހު، އަނބުރާ ދައްކަން އޮންނަ މިންވަރެއް މައާފްކުރެވޭ އުސޫލަކަށް ވާނެކަމަށެވެ. އަދި ވިދާޅުވީ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމަށް ދޭ މުއްދަތަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ސަރުކާރުން ދަނީ ތަރައްގީގެ މަޝްރުއޫތައް ކުރިއަށް ގެންދިއުމުގެ އިތުރުން، މީހުން ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރައީސް ސާލިހު

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2023

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި
02 އޮކްޓޯބަރު 2023

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި
02 އޮކްޓޯބަރު 2023

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''
14 ސެޕްޓެމްބަރު 2023

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

14 ސެޕްޓެމްބަރު 2023
ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި
11 ސެޕްޓެމްބަރު 2023

ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!

11 ސެޕްޓެމްބަރު 2023
ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު