Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
72 ކިލޯ ޑްރަގް މައްސަލަ

72 ކިލޯ ޑްރަގް މައްސަލަ: ހެކިބަސް ނަގަން ފަށައިފި

މަސްޖަރީ-2 ދޯނި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރަށް ދިޔަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 އޯގަސްޓު 2023 | ބުދަ 09:57
72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލަ

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލަ

72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރާ އިރުފާން ތަގިއްޔުއާއި އިތުރު ފަރާތްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ ދައުވާލިބޭ ފަރާތްތަކުން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު "މަސްޖަރީ 2" ނަމަކަށްކިޔާ ދޯންޏެއްގައި, 72 ކިލޯ ހުރި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނުކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މިހާރު ދައުލަތާއި ދިފާއުންވެސް ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ.

ވުމާއެކު، ބުދަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ ހެކިބަސް ނަގަން ފެށުމެވެ. މި އަޑުއެހުމުގައި 3 ފުލުހެއްގެ ހެކިބަސް ނެގުމަށް ތާވަލު ކުރެވިފައި އޮތެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ގެނައި ދޯނީގެ ފަހަތުން ލޯންޗުގައި ފާރަލަމުން ދުއްވި އޮފިސަރުން ހިމެނެއެވެ.

އެއީ މި މައްސަލައިގެ ސީން އޮފް ކްރައިމް އޮފިސަރުންތަކެކެވެ.

މި އަޑުއެހުމުގައި ހެކިބަސް ދެއްވި ހެކިވެރިއަކު ވިދާޅުވީ، މަސްޖަރީ-2 ދޯނި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރަށް ދިޔަ ކަމަށާއި، އޭގެ ފަހުން އެ ދޯނި ރާއްޖެއަށް އައިކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބުމާއި ގުޅިގެން އަނެއްކާވެސް ޙަރަކާތްތެރިވެފައިވާކަމަށެވެ. އޭރު އިންޓެލިޖެންސް މައުލޫމާތު ލިބިފައިވަނީ ހުޅުމާލެއާ ދިމާލަށް އެ ދޯނި ދުއްވަމުންދާ ކަމަށެވެ.

ހެކިވެރިންނަށް ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ހުޅުމާލޭ ފަޅު ތެރެއިން ދޯނި ފެނިފައެވެ. އޭރު އަބްދުﷲ ވިސާމް ދޯނީގައި ހުއްޓެވެ. އެއީ މި މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ދައުވާކޮށް، ފަހުން ދައުވާ އަނބުރާ ގެންގޮސްފައިވާ މީހެކެވެ.

އޭނާގެ އިތުރުންވެސް އިތުރު ބަޔަކު ދޯނީގައި ތިބި ކަމަށާއި، އެމީހުން ބަލައި ފާސްކޮށްފައިވާކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ދެން ތިބި ދެ ހެކިންނަކީވެސް އެކަންކަން ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކިންކަމަށްވާތީ، އެމީހުންގެ ހެކިބަސް އިތުރަށް ނަގަން ބޭނުންނުވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން 10 މީހެއްގެ މައްޗަށް އުފުލިއެވެ. ނަމަވެސް އޭގެ ތެރެއިން 7 މީހަކަށް ކުރާ ޓްރެފިކިންގ ދައުވާ ފަހުން ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އޭރު ދައުވާ ހުށައެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

މިހާރު މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޢިރުފާން ތަގިއްޔުއާއި، މުހައްމަދު އަކްރަމްގެ އިތުރުން، އަހުމަދު ނަސީރުގެ މައްޗަށެވެ. ދައުލަތުން ބުނާ ގޮތުގައި މަސްތުވާތަކެތި އުުފުލާފައިވާ ކާރަކީ އަކްރަމްގެ ހިޔާޒަތުގެ ދަށުގައިވާ ކާރެކެވެ. އަދި މަސްތުވާތަކެތި ގެނައި ލޯންޗަކީ ނަސީރު ދުއްވި ލޯންޗެއްކަމަށް ދައުލަތުން ބުނެއެވެ

މި މައްސަލައިގައި ދައުލަތުން 65 ޝަފަހީ ހެކިން ހުށައަޅާފައިވެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން ހުށައަޅާފައިވާ ކަންކަން ސާބިތު ކުރުމަށް ކާފީ ހެކި ލިބޭ މިންވަރަކަށް ބަލައި ހެކިން އަނބުރާ ގެންދަން ޖެހޭނަމަ ގެންދަވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު