Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ޔޫވީ އަތުން ވެލެންސިއާ ބަލިވި ނަމަވެސް، ޒުވާން އީތަން އަށް މެޗު ޚާއްސަ

އީތަން އަކީ ލީގުގައި މިހާތަނަށް ލަނޑު ޖެހީ އެންމެ ހަގު ކުޅުންތެރިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އޯގަސްޓު 2023 | ބުދަ 01:56
މެޗުގައި ލަނޑު ޖެހުމަށް ފަހު އީތަން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އީތަން އުފާ ފާޅު ކުރަނީ

ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑު ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗުން ކުލަބު ވެލެންސިއާ ބަލިވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ޔޫވީން ކާމިޔާބު ކުރީ ފަހަތުން އަރައި 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެލެންސިއާ އިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އީތަން އިބްރާހީމް ޒަކީ އެވެ. މި ލަނޑާއެކު އުމުރުން އެންމެ 14 އަހަރުގެ އީތަން އަށް ވަނީ ޚާއްސަ ޝަރަފެއް ލިބިފަ އެވެ. އެއީ ލީގުގައި މިހާތަނަށް ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފެވެ. އީތަންގެ ކުރިން މި ޝަރަފު އޮތީ އޭނާއާ އެއް ޓީމަކަށް ކުޅެމުން އަންނަ އުމުރުން 15 އަހަރުގެ ޔޫސުފް އަޔާން އާމިރު އަތުގަ އެވެ. އަޔާން އެ ޝަރަފު ހޯދީ ލީގުގެ މީގެ ކުރިން ވެލެންސިއާ އިން ކުލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖަހައިގެންނެވެ.

މެޗުގައި ވެލެންސިއާ އިން އެއް ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ޔޫވީ އިން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޝަނާން ރަޝާދު އެވެ. ވެލެންސިއާ އަތުން ޔޫވީ މޮޅުވި ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 57 ވަނަ މިނެޓުގައި އެ ލަނޑު ޖަހައިދިނީ އަޙުމަދު ބައްސާމް މުޙައްމަދު ނައީމް އެވެ.

މޮޅާއެކު ޔޫވީ ވަނީ ލީގު ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު އަށް މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ވެލެންސިއާ އަށް މިހާތަނަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. މިވަގުތު އެ ޓީމު އޮތީ ވެސް ލީގު ތާވަލްގެ އެންމެ ފުލުގަ އެވެ.

ދިވެހި ޕްރިމިއާ ލީގު 2023ކުލަބު ވެލެންސިއާޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އީތަން އިބްރާހީމް ޒަކީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު