Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސް އަބްދުﷲ ޔާމީން

ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް ޔާމީން އެދިވަޑައިގެންފި

ޔާމީންގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 އޯގަސްޓު 2023 | ހޯމަ 19:26
ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދޭން އެދިވަޑައިގެންފިއެވެ.

ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދޭން ޔާމީން އެދިވަޑައިގެންނެވީ އާދީއްތަ ދުވަހުގެ ރޭ ހައި ކޯޓުގައެވެ. މީގެ ކުރިން ހައި ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރި އިރުވެސް ސިޓީއެއް މެދުވެރިކޮށް ހުކުމް ތަންފީޒު ކުރުން ފަސްކޯށްދޭން އެދިފައިވެއެވެ. ނަމަވެސް އެއީ ކޯޓުތަކުގެ އިޖުރާއަތުތަކާ އެއްގޮތަށް ހުށަހަހެޅި ހުށަހެޅުމެއް ނޫނެވެ. އިޖުރާއަތްތަކާ އެއްގޮތަށް އެދިފައިވަނީ އާދީއްތަ ދުވަހުގެ ރޭ ކަމަށް ހައި ކޯޓުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއެވެ.

ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރައްވާފައިވާތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އަންނަ މަހު ބާއްވާ ކުރީގެ ރިޔާސީ އިންތިޚާބަށް ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި ސަބަބުތަކުގެ ތެރޭގައިވެސް 11 އަހަރުގެ ޖަލު ޙުކުމާއި، އެ ޙުކުމާއެކު ދައްކަންޖެހޭ 5 މިލިއަން ޑޮލަރުގެ ސާބިތު ދަރަނި އޮތުން ހިމެނެއެވެ. 5 މިލިއަން ޑޮލަރުގެ ފައިސާ 6 މަސްތެރޭ ދައްކަންޖެހޭއިރު، އެ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފައިނުވާތީ، އެއީ ސާބިތު ދަރަންޏެއްކަމަށް ފަނޑިޔާރުން ނިންމެވިއެވެ.

ޙުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއްކަން ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ. އަދި އިސްތިއުނާފު ކޮށްފައި އޮތުމަކީ ކޯޓުގެ ނިންމުމަކަށް ތަބާވާން ނުޖެހޭ ސަބަބެއް ނޫންކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ. ޙުކުމުގައިވާގޮތަށް 6 މަސްތެރޭ އެ ފައިސާ ނުދެއްކުމުން، 3 ޖުލައި 2023 ގައި އެ ފައިސާ ދެއްކުމަށް ޔާމީނަށް މީރާއިން އަންގާފައިވާކަން ލިޔެކިއުންތަކުން އެނގޭކަމަށް ވެސް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ. އެ ލިއުމުގައި ޔާމީނު ސޮއި ކުރައްވައި އިނގިލީގެ ނިޝާންވެސް ޖަހާފައިވެއެވެ.

ޖޫރިމަނާގެ ފައިސާ ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް ބަންޑާރަނައިބުގެ އޮފީހުން ވެސް ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
30 ޖެނުއަރީ 2025

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"
21 ޑިސެމްބަރު 2024

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން
10 ޑިސެމްބަރު 2024

ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން

10 ޑިސެމްބަރު 2024
ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން
31 އޮކްޓޯބަރު 2024

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް
29 އޮކްޓޯބަރު 2024

މިވަރުން ދަންޏާ މަޖިލީހަށް ވެސް ރައީސް މުއިއްޒުގެ މެމްބަރުން އައްޔަންކުރާނެ - ރައީސް ޔާމީން

29 އޮކްޓޯބަރު 2024
މިވަރުން ދަންޏާ މަޖިލީހަށް ވެސް ރައީސް މުއިއްޒުގެ މެމްބަރުން އައްޔަންކުރާނެ - ރައީސް ޔާމީން
29 އޯގަސްޓު 2024

ސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރުމުގެ ވިސްނުން އަބްދުއްރަހީމްގެ އެބަ ހުރި - ކުރީގެ ރައީސް ޔާމީން

29 އޯގަސްޓު 2024
ސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރުމުގެ ވިސްނުން އަބްދުއްރަހީމްގެ އެބަ ހުރި - ކުރީގެ ރައީސް ޔާމީން
28 އޯގަސްޓު 2024

ސިނަމާލެ ބްރިޖުން ލޭނެއް މަދުވެއްޖެ، ޒިންމާ ނަގާނެ މީހަކު ނެތަސް ކަންހިނގި ގޮތް މިއޮތީ!

28 އޯގަސްޓު 2024
ސިނަމާލެ ބްރިޖުން ލޭނެއް މަދުވެއްޖެ، ޒިންމާ ނަގާނެ މީހަކު ނެތަސް ކަންހިނގި ގޮތް މިއޮތީ!
26 އޯގަސްޓު 2024

ކުރީގެ ރައީސް ޔާމީނަށް ޖާސޫސްކުރުމަށް އަދީބުގެ އަތުން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނެންގެވިކަމަށް ތުހުމަތުކޮށްފި

26 އޯގަސްޓު 2024
ކުރީގެ ރައީސް ޔާމީނަށް ޖާސޫސްކުރުމަށް އަދީބުގެ އަތުން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނެންގެވިކަމަށް ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު