Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއިއްޒު ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރުން

ކުރީގެ ރައީސް ޔާމީނަށް ޖާސޫސްކުރުމަށް އަދީބުގެ އަތުން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނެންގެވިކަމަށް ތުހުމަތުކޮށްފި

ޔާމީން ވަނީ އެއީ ވަރަށް ދަށް ފެންވަރުގެ ކަމެއް ކަމަށް ސިފަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 އޯގަސްޓު 2024 | ހޯމަ 19:22
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖާސޫސްކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރައީސް ޑރ.މުހައްމަދު މުއިއްޒު 14 މިލިއަން ރުފިޔާ ނެންގެވިކަމަށް ތުހުމަތުކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ވަނީ 2016 ވަނަ އަހަރު ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ނެރުމަށް މަސައްކަތް ކުރި ކުރުމުގެ ފަހަތުގެ ކުރީގެ މެމްބަރުންނާއި ސިޔާސީ ބައެއް ބޭފުޅުންނާއި، ފުލުހުންގެ އިސް ބައެއް ވެރިން ތިބިކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އާއި، މާމިގިލީ ކޯޓުގެ އޭރުގެ އިސް މެޖިސްޓްރޭޓާއި، ކުރީގެ ޕީޖީ މުހުތާޒް މުހުސިން އާއި ޤާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ޤާސިމް އާއި ކުރީގެ މެމްބަރު އިލްހާމް އަހުމަދު އާއި ކުރީގެ އެސިސްޓެންޓް ކޮމިޝަނަރުންނާއި ފުލުހުންގެ އިސް މަޤާމުތަކުގައި ތިބި ބައެއް އެހެން މީހުން ވެސް އެކަމުގައި ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަބްދުﷲ ރިޔާޒްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ބެލުމުން ގިނަ ކަންތައްތަކެއް އެނގިގެން ދިޔަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ކުރީގެ ނައިބު ރައީސް އަދީބު ހައްޔަރުކުރުމާއި ގުޅޭ ގޮތުން ކެބިނެޓް މީޓީންގައި އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ކުރީގެ ރައީސް ޔާމީން ދައްކަވާ ވާހަކަތައް އަދީބާއި ހަމައަށް ގެންގޮސްދިނީ މިހާރުގެ ރައީސް ޑރ.މުއިއްޒު ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މުއިއްޒު އަކީ ޢައްދާރެއް ކަަމަށް ސިފަކުރައްވާފައެވެ. މިއަދުވެސް މުއިއްޒުގެ ކިބައިން ތެދުވެރިކަމެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސްކަމުގައި ހުންނަވައިގެން ޔާމީން އޭރު ދެއްކެވި ހުރިހާ ވާހަކައެއް ކުރީގެ ސީޕީ ރިޔާޒް އާއި އޭސީޕީ މަންނާނު އާއި ދެ ބޭފުޅުންނާއި މުއިއްޒު ވަނީ ހިއްސާކުރައްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ކުރީގެ ރައީސް ޔާމީން ވަނީ އަދީބުގެ އަތުން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނަގައިގެން މައުލޫމާތު ފޯރުކޮށްދެމުން ދިޔައީ ޖާސޫސެއްގެ ގޮތަށް ކަމަށާއި އެކަހަލަ މީހުންނަށް ކިޔަނީ "މޯލް" ކަމަށް މުއިއްޒު ވިދާޅުވިއެވެ. ޔާމީން ވަނީ އެއީ ވަރަށް ދަށް ފެންވަރުގެ ކަމެއް ކަމަށް ސިފަކުރައްވާފައެވެ. ވަޒީރަކަށް ހުންނަވައިގެން، ރައީސް އިތުބާރުކުރައްވާ މަޤާމެއްގައި ހުރެގެން އެފަދަ ކަމެއް ކުރުމުން ފާޑު ވިދާޅުވެފައެވެ. މަނީލޯންޑްރިން އާއި ބެހޭ ޤާނޫނުގެ ދަށުން 2 ލައްކަ ރުފިޔާ އަށް ވުރެ ބޮޑުކޮށް ޤާނޫނާއި ޚިލާފަށް ލިބޭ ފައިސާ އަކީ ރިޝްވަތުކަމަށް ޤަބޫލުކުރެވޭ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމާއި މެދު ދައުވާކުރުން އޮންނަނީ އޭރެއްގައި ހުންނަ ޕީޖީއެއްގެ އަތްމަތީގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 14 މިލިއަން މުއިއްޒު ނެންގެވި ގޮތަކީ މަނީ ލައުންޑަރކުރުން ކަމަށް ނުބެލޭނެ ގޮތަކީ ނެތްގޮތެއް ކަމަށް ވެސް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.

މި މައްސަލައިގައި އިސްކޮށް ތިބި މީހުން މިހާރު ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ކަމަށާއި އެހެންކަމުން މި ސަރުކާރުގެ އިސްކޮށް ތިބި މީހުންގެ ބައިވެރިވުން އެކަމުގައި އެބައޮތްކަން އެނގޭ ކަމަށް ޔާމީން ވިދާޅުވިއެވެ. މިކަމާއި ގުޅޭ ރިޕޯޓަކީ ފޭކް ރިޕޯޓެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެ މިންވަރުން ނުފުދޭ ކަމަށް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން ޕީޖީ ކަމުގައި ހުންނެވި އިރު މުހުތާޒް އަދީބަށް ދައުވާ ނުކުރުމަށް މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. ޕީޖީ ބޭނުން މައްސަލަ އެއްގައި ދައުވާކުރުމާއި ނުކުރުމުގެ އިޚްތިޔާރު އޮންނާތީ އެކަމާއި މެދު ކުރީގެ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު

ސިޔާސީ މަގާމުތަކުގެ އަދަދާ ބެހޭ ގޮތުން ސަރުކާރުން ހެދީ ދޮގު: އަމީރު

16 ޖުލައި 2025
ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް

ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް

16 ޖުލައި 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު