Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންއެފްގެ ޖަލްސާ

ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން

ސަރުކާރަށް ވައުދުތައް ނުފުއްދިގެން އުޅެނިކޮށް އިތުރު ވައުދުތައް ވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް ރައީސް ޔާމީން ފާހަގަކުރައްވާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2024 | އަންގާރަ 08:12
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށާއި ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުން މިއަދު ދަތި ހާލުގައި ތިއްބާ ސަރުކާރުން ފިކުރިއްޔާތު ދިރުވާ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށް ފާހަގަކުރައްވާ އެކަމަށް އެ މަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މީގެ އިތުރުން ސަރުކާރުން އުޅޭނީ އަދިވެސް ސަރުކާރުގެ މާލީ ކަންކަން މެނޭޖްކުރަން ނޭނގިގެން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ޢަމަލުކުރަމުން ދަނީ ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދީގެން ނޫންކަމަށް ވެސް އެ މަނިކުފާނުވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އާއްމު ރައްޔިތުންނަށް އިގްތިސާދު ދަށްވުމުގެ އަސަރުކުރަމުންދާ ކަމަށާއި އާއްމުންގެ ދިރިއުޅުމުގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ދަށަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ ދިވެހިން ތިބީ ބަނޑަށްޖެހިފައި ކަމަށް ސިފަކުރައްވާފައެވެ.

އެ ޖަލްސާގައި އާސަންދައިން ބޭނުންވާ މުހިންމުކަންކަން ކަނޑާލުމަށް ފަހު ސަރުކާރުން އާސަންދަ މެދުވެރިކޮށް ދުންފަތް ހުއްޓާލުމަށް މަސައްކަތް ކުރާ މީހުންނަށް ބޭނުންވާ ފަރުވާ ބޭނުންވާނެ ކަމަށް ބުނާތީ އެކަމަށް ވެސް ރައީސް ޔާމީން ފާޑު ވިދާޅުވިއެވެ. އެގޮތުން އާއްމުންނަށް ބޭނުންވާ ޒަރޫރީ ފަރުވާތައް ކަނޑާލުމަށް ފަހު އެކަން ކުރުން އެއީ އެންމެ ރަނގަޅު ގޮތްތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

އާއްމުންނަށް ލިބިފައިވާ ހައްގުތައް ވެސް ސަރުކާރުން ދަނީ ހަނިކުރަމުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް ޚިޔާލުފާޅުކުރާ މީހުން އިދާރާތަކަށް ހާޒިރުކުރަމުންދާ ދިއުމަށް އެ މަނިކުފާނު ވަނީ ފާޑު ވިދާޅުވެފައެވެ.

ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން މަސްވެރިން މަސްކިރާތާ 48 ގަޑި އިރުތެރޭ ފައިސާ ލިބޭނެ ކަމަށް ރައީސް ޑރ މުހައްމަދު ވެވަޑައިގެންނެވި ވައުދު އަނެއްކާވެސް ތަކުރާރުކުރައްވާފައިވާ އިރު އެ ވައުދު ނުފުދި އޮތުމުން ރައީސް ޔާމީްނ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރަށް ވައުދުތައް ނުފުއްދިގެން އުޅެނިކޮށް އިތުރު ވައުދުތައް ވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް ފާހަގަކުރައްވާފައިވެއެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު