Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ- ސައުދިއަރަބިއްޔާ

ސައުދީއަށް ދާ ދިވެހިންނަށް މިހާރު އޮންއެރައިވަލް ޓޫރިސްޓް ވިސާ ލިބޭނެ!

7 އޯގަސްޓު 2023 | ހޯމަ 00:30

ސައުދީގެ ޓޫރިސްޓް އީ ވިސާއަށް ވެސް ދިވެހިންނަށް މިހާރު އެދެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 އޯގަސްޓު 2023 | ހޯމަ 00:30
ސައުދީ އާއި ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމެއްގައި ދެ ޤައުމުގެ ސަފީރުން ސޮއި ކުރެއްވި ރަސްމިއްޔާތެއްގެ ތެރެއިން

ސައުދީ އާއި ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމެއްގައި ދެ ޤައުމުގެ ސަފީރުން ސޮއި ކުރެއްވި ރަސްމިއްޔާތެއްގެ ތެރެއިން

ސައުދިއަރައްބިއްޔާ އިން ޓޫރިސްޓް ވިސާގެ ލުއި ދިން އަށް ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމަނައިފިއެވެ.

ސައުދީ ސަރުކާރުން ވަނީ އާދީއްތަ ދުވަހު އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ޓޫރިސްޓް ވިސާއަށް އެދުމުގެ ފުރުސަތު އަށް ޤައުމެއްގެ ރައްޔިތުންނަށް ދީފައެވެ. މީގެ ތެރޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ އަޒަރުބައިޖާން، އަލްބޭނިއާ، އުޒްބެކިސްތާން، ދެކުނު އެފްރިކާ، ޖިއޯރޖިއާ، ތަޖިކިސްތާން، އަދި ކިރިގިސްތާން އެވެ.

Advertisement - newsAdvertisement

މި ނިންމުމާއެކު މިހާރު ދިވެހިންނަށް ސައުދީގެ ޓޫރިސްޓް އީ-ވިސާއަށް އެދެވޭނެއެވެ. އަދި ސައުދީގެ އިންޓަރނޭޝަނަލް ޕޯޓުތަކުން އޮންއެރައިވަލް ޓޫރިސްޓް ވިސާވެސް ލިބޭނެއެވެ. އެހެންކަމުން ޓޫރިސްޓް ވިސާގައި ދަތުރުކުރާ ފަރާތްތަކުން ކުރިން ވިސާ ނަގާކަށް ނުޖެހޭނެއެވެ.

ސައުދީއަށް ޓޫރިސްޓް ވިސާގައި ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން އުމްރާގެ އަޅުކަން އަދާ ކުރުމާއި ވިޔަފާރި ކުރުމާއި އާއިލާއާއި ރައްޓެހިންނަށް ޒިޔާރަތް ވެސް ކުރެވޭނެއެވެ. މި ވިސާގައި އުމްރާގެ އަޅުކަން އަދާ ކުރެވުނު ނަމަވެސް ޙައްޖަށްފަހު އުމްރާ ކުރުމަށް މި ވިސާ ބޭނުންނުކުރެވޭނެ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.

ސައުދީ ސަރުކާރުން ދިން މި ލުޔަކީ 2030 އާ ހަމައަށް އެ ޤައުމުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގެންގުޅޭ ޕްލޭނުގެ ދަށުން އެކި ޤައުމުތަކަށް ދެމުން އަންނަ ލުޔެކެވެ. އެގޮތުން، މި ބަދަލުތަކާއެކު 2030 ގެ ނިޔަލަށް އެ ޤައުމަށް އަހަރަކު 100 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ޓޫރިސްޓް ވިސާގައި ސައުދީއަށް ދާން ބޭނުންވާ ދިވެހިންނަށް މިހާރު visitsaudi.com މެދުވެރިކޮށް އީ-ވިސާއަށް ވެސް އެދެވޭނެއެވެ. އަދި އޮންއެރައިވަލް ވިސާ ނަގާ ފަރާތްތަކަށް ސައުދީއަށް ދިއުމަށްފަހު އެއަރޕޯޓުތަކުގައި ހުންނަ ސެލްފް ސަރވިސް ކިއޯސްކުތަކުން އެކަމަށް އެދެވޭނެއެވެ. ނުވަތަ ޕާސްޕޯޓް ކޮންޓްރޯލް އޮފީސްތަކުން ވެސް އޮންއެރައިވަލް ވިސާ ނެގޭނެއެވެ.

ސައޫދީ އަރަބިއްޔާވިސާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
27 އޮކްޓޯބަރު 2024

ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި

27 އޮކްޓޯބަރު 2024
ސައުދީ އަރަބިއްޔާގެ ފުރަތަމަ ލަގްޒަރީ އައިލެންޑް ރިސޯޓު ހުޅުވައިފި
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
09 އޮކްޓޯބަރު 2024

އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް

09 އޮކްޓޯބަރު 2024
އެމެރިކާއިން އަބަދުވެސް ސައުދީ އަރަބިއްޔާ ދިފާއުކުރާނެ: ފެންޓަގަންގެ ޗީފް
26 އޯގަސްޓު 2024

އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް

26 އޯގަސްޓު 2024
އެމެރިކާ އާއި ސައުދީ އިން ތާރީޚީ އެއްބަސްވުންތަކަކާ ދިމާލަށް
22 ޖުލައި 2024

ޔަމަން އަށް އިޒްރޭލުން ދިން ހަމަލާ ގައި ބައިވެރި ނުވާ ކަމަށް ސައުދީ އިން ބުނެފި

22 ޖުލައި 2024
ޔަމަން އަށް އިޒްރޭލުން ދިން ހަމަލާ ގައި ބައިވެރި ނުވާ ކަމަށް ސައުދީ އިން ބުނެފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
17 މެއި 2024

އެއަރޕޯޓް މަޝްރޫޢަށާއި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސައުދީ ފަންޑުން ލޯނު ދީފި

17 މެއި 2024
އެއަރޕޯޓް މަޝްރޫޢަށާއި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސައުދީ ފަންޑުން ލޯނު ދީފި
16 މެއި 2024

ބައިނަލް އަގްވާމީ ގޮތުން ބަލައިގަންނަ މިނިވަން ފަލަސްތީން ދައުލަތަކަށް ސައުދީން ތާއީދު ކުރަން: ވަލީއަހުދު

16 މެއި 2024
ބައިނަލް އަގްވާމީ ގޮތުން ބަލައިގަންނަ މިނިވަން ފަލަސްތީން ދައުލަތަކަށް ސައުދީން ތާއީދު ކުރަން: ވަލީއަހުދު
13 މެއި 2024

ހައްޖު ޕާމިޓް ނެތި މައްކާއަށް އެތެރެވާ މީހުންނަށް ބޮޑުތި އަދަބުތަކެއް ސައުދީ ސަރުކާރުން ކަނޑައަޅައިފި

13 މެއި 2024
ހައްޖު ޕާމިޓް ނެތި މައްކާއަށް އެތެރެވާ މީހުންނަށް ބޮޑުތި އަދަބުތަކެއް ސައުދީ ސަރުކާރުން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް