Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމްގެ ރަނިންމޭޓަކަށް ޑރ. އަމީން

ގާސިމް ރަނިންމޭޓަކަށް ޑރ. އަމީން ހަމަޖައްސަވައިފި

ގާސިމަކީ އަމިއްލަ ޖީބުން ޚަރަދު ކުރައްވައިގެން ވަކިވަކި ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ ލީޑަރެއް

އަމްނާ އިމާދު
އަމްނާ އިމާދު | 6 އޯގަސްޓު 2023 | އާދީއްތަ 13:33
ޖޭޕީގެ ޑެޕިއުޓީ ލީޑަރު، ޑރ. އަމީން އިބްރާހީމް

ޖޭޕީގެ ޑެޕިއުޓީ ލީޑަރު، ޑރ. އަމީން އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް ހަމަޖައްސަވައިފިއެވެ.

ގާސިމްގެ ރަނިންމޭޓަކަށް، ޑރ. އަމީން ހަމަޖައްސަވައި، އެކަން އިއުލާން ކުރެއްވީ އާދިއްތަ ދުވަހު މެންދުރުފަހު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަމީން ވިދާޅުވީ، ސަރުކާރުގެ އެކި ދާއިރާތަކުގައި ކުރެއްވި ތަޖުރިބާތަކުގެ އަލީގައި ގާސިމަށް ވެރިކަން ދޭންޖެހޭ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. ރާއްޖޭގެ އެންމެން ވެސް ތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި، އެ ބަދަލު ގެންނެވޭނީ ގާސިމަށް ކަމަށް ވެސް ޑރ. އަމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާސިމަކީ އަމިއްލަ ޖީބުން ޚަރަދު ކުރައްވައިގެން ވަކިވަކި ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ ލީޑަރެއް ކަމަށާއި، އެފަދަ އެހެން ބޭފުޅެއް ނުހުންނާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ގާސިމްގެ ރަނިންމޭޓެއް ކަނޑައެޅުއްވުމަށް ގިނަ މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. އަދި ގިނަ ބޭނުންތަކަކަށް ފުރުސަތު ދެއްވި ނަމަވެސް، ގިނަ ބޭފުޅުންނާއެކު އެއްބަސްވުމަކަށް ނާދެވުމުން ޕާޓީގެ ބޭފުޅަކަށް ދޭން ނިންމެވީއެވެ.

ޑރ. އަމީނަކީ ގާސިމް އަރިހުގައި ސިޔާސީ މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ ބޭފުޅެކެވެ. ޑރ. އަމީން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން ވެސް ސަރުކާރުގެ އިސް މަގާމުތައް އެބޭފުޅާ ފުރުއްވާފައިވެއެވެ.

ގާސިމްގެ ކެންޑިޑެސީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވުމަށް ނިންމަވާފައިވަނީ ހޯމަ ދުވަހެވެ.

ޑރ. އަމީން އިބްރާހީމްޖޭޕީޖޭޕީގެ ލީޑަރު، ޤާސިމް އިބްރާހީމް

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2025

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!
27 އޮކްޓޯބަރު 2024

ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!

27 އޮކްޓޯބަރު 2024
ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!
22 ޖުލައި 2024

ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި

22 ޖުލައި 2024
ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި
20 ޑިސެމްބަރު 2023

އަޒުލުކުރުމާ ގުޅުންހުރި މާއްދާތައް ފާސްކޮށްފައިވަނިކޮށް، ސިޔާސީ ލީޑަރުންތަކަކާ ރައީސް ބައްދަލުކުރައްވައިފި

20 ޑިސެމްބަރު 2023
އަޒުލުކުރުމާ ގުޅުންހުރި މާއްދާތައް ފާސްކޮށްފައިވަނިކޮށް، ސިޔާސީ ލީޑަރުންތަކަކާ ރައީސް ބައްދަލުކުރައްވައިފި
21 ސެޕްޓެމްބަރު 2023

ރިޔާޒު ރަޝީދުގެ ތާއީދު ރައީސް ޞާލިހަށް

21 ސެޕްޓެމްބަރު 2023
ރިޔާޒު ރަޝީދުގެ ތާއީދު ރައީސް ޞާލިހަށް
18 ސެޕްޓެމްބަރު 2023

ޖުމްހޫރީ ޕާޓީގެ މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއިދުކުރުމަށް ގާސިމް އެދިވަޑައިގެންފި

18 ސެޕްޓެމްބަރު 2023
ޖުމްހޫރީ ޕާޓީގެ މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއިދުކުރުމަށް ގާސިމް އެދިވަޑައިގެންފި
17 ސެޕްޓެމްބަރު 2023

ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން

17 ސެޕްޓެމްބަރު 2023
ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން
16 ސެޕްޓެމްބަރު 2023

އަލީ އާރިފް ޖޭޕީގެ ސެކެޓްރީ ޖެނެރަލްކަމުން އިސްތިއުފާ ދެއްވައިފި

16 ސެޕްޓެމްބަރު 2023
އަލީ އާރިފް ޖޭޕީގެ ސެކެޓްރީ ޖެނެރަލްކަމުން އިސްތިއުފާ ދެއްވައިފި
16 ސެޕްޓެމްބަރު 2023

ޖޭޕީން ގޮތެއް ނިންމަން، ކައުންސިލް ބައްދަލުވުމެއް މިއަދަށް އެޖެންޑާކޮށްފި

16 ސެޕްޓެމްބަރު 2023
ޖޭޕީން ގޮތެއް ނިންމަން، ކައުންސިލް ބައްދަލުވުމެއް މިއަދަށް އެޖެންޑާކޮށްފި
15 ސެޕްޓެމްބަރު 2023

ޖޭޕީގެ ތާއީދު ހޯދެއްވުމަށް ރައީސް ސަން އައިލެންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެއަށް

15 ސެޕްޓެމްބަރު 2023
ޖޭޕީގެ ތާއީދު ހޯދެއްވުމަށް ރައީސް ސަން އައިލެންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު