Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކުނި ނުއުފެދޭނެ ފަދަ ގޮތަކަށް ދިރިއުޅުން

ކުނި ނުއުފެދޭނެ ފަދަ ގޮތަކަށް ދިރިއުޅެން ދަސްކުރާކަށް ނުވޭތަ؟

ހޫނު މޫސުމަށް ހާއްސަކޮށްގެން ހުޅަނގު އައްސޭރީގައި ހިންގާ ސްކޫލުން ދަނީ، ތިމާވެށީގެ ޙައްޤުގައި މަސައްކަތް ކުރާ ގިނަ ޖަމިއްޔާތަކަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2023 | އާދީއްތަ 03:32
ުކުނި ނުއުފެދޭނެ ފަދަ ގޮތަކަށް ދިރިއުޅުން

ުކުނި ނުއުފެދޭނެ ފަދަ ގޮތަކަށް ދިރިއުޅުން

އެކި ކަހަލަ ގޮންޖެހުންތަކާއި ކާރިޘާތަކާ ސިލްސިލާ ގޮތެއްގައި ކުރިމަތިލާން ޖެހިފައި ވާ އަދުގެ ދުނިޔޭގައި، ކުނީގެ މަސައްލައަކީ އެންމެ ގިނަ ބަޔަކަށް ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު، އެއް މައްސަލައެވެ. ތަރައްޤީ ވެފައި ވާ، ތަހުޒީބު ޤައުމުތަކުން ފެށިގެން ބައެއްގެ މުށު ތެރޭގައި ފިތެމުންދާ އާބާދުތަކުގައިވެސް ކުނީގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ކުންޏަކީ ހަމައެކަނި އިސްރާފުގެ ސަބަބުން ކުރިމަތިވާ ކަމެއް ނޫންކަން، މިކަމުންވެސް އަންގައިދެއެވެ. ކިތަންމެ ނިކަމެތި ހާލެއްގައި އުޅެން މަޖުބޫރުވި ކަމުގައި ވީ ނަމަވެސް، ކޮންޓްރޯލް ކުރަން ދަތި ވާ މިންވަރަށް ކުނިބުނި ގިނަވެގެން ދާ ފަހަރު އާދެއެވެ. މިކަމަށް އޮތް އެންމެ ރަނގަޅު އެއް ހައްލަކީ، ކުނި ނުއުފެދޭނެ ގޮތަކަށް ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރަން ދަސް ކުރުމެވެ.

ކުނި ނުއުފެދޭ ގޮތަށް ދިރިއުޅުމުގެ އާދަތައް ބަހައްޓަން ދަސްކޮށްދިނުމުގައި ސާބިތުކަމާއެކު ތެދުވެ ހުރި އެކަކީ ފަލަސްޠީނުގެ ޒުވާން އަންހެނެއް ކަމަށްވާ ނަޖްލާ ޢަބްދުލަޠީފުއެވެ. ޢުމުރުން 28 އަހަރުގެ ނަޖްލާގެ މަސައްކަތަކީ، ތަންތަން ސާފު ކުރުމުގައި ވެއްޓާ ރައްޓެހި މާއްދާތައް ބޭނުން ކުރަން ދަސްކޮށްދިނުމުން ފެށިގެން ގޮސް، ގަސްކާނާ ތައްޔާރު ކުރާނެ ގޮތްތައް، އެހެން މީހުންނަށް އުނގަންނައިދިނުމެވެ. އޭނާ މި މަސައްކަތް ކުރިއަށް ގެންދަނީ ހޫނު މޫސުމުގެ ދުވަސްވަރާ ދިމާކޮށް، ހުޅަނގު އައްސޭރީގައި ހިންގާ ސްކޫލެއްގައެވެ.

ދިރިއުޅުމުގެ މައިދާނުގައި އުފެދޭ ކުނިބުނީގެ މިންވަރު މަދު ކުރުމަށް ނަޖްލާގެ ހިތުން ހާއްސަ ޖާގައެއް ދެވި، އެ ރޫޙު އާލާ ވާން ފެށީ، ވިލާތުގައި އޭނާ ދަތުރުކުރި ދުވަސްވަރުގައެވެ. އުފަން ވަޒަނަށް އެނބުރި ގޮސް، ނަޖްލާ މިއަދު ކުރާ މަސައްކަތަކަކީ، ތިމާވެއްޓާ މެދު ވިސްނާ ޒުވާނުންތަކެއް ފަލަސްޠީނުގައި ބިނާ ކުރުމުގެ މަސައްކަތެވެ. ނަޖްލާ ހިންގާ މަޝްރޫޢު އަމާޒު ކޮށްފައި ވަނީ ޢުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ނަޖްލާ ހިންގާ މަޝްރުޢޫގެ މައިގަނޑު އަމާޒަކީ، ދިރިއުޅުމުގެ މައިދާނުގައި އުފެދޭ ކުނިބުނީގެ މިންވަރު، ސުން-ރޭޓަށް ދަށް ކުރުމެވެ.

ޔާރާ ދުވާނީއަކީ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށް ވާ ބިލިންގައި، ދަނޑު ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކެވެ. ޔާރާ މިއަދު އެ ދަނީ، ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނަށް އޯގޭނިކް ތަރުކާރީގެ ދަނޑުވެރިކަން ކުރާނެ ގޮތުގެ  މައުލޫމާތު ހިއްސާ ކުރަމުންނެވެ.

ހޫނު މޫސުމަށް ހާއްސަކޮށްގެން ހުޅަނގު އައްސޭރީގައި ހިންގާ ސްކޫލުން ދަނީ، ތިމާވެށީގެ ޙައްޤުގައި މަސައްކަތް ކުރާ ގިނަ ޖަމިއްޔާތަކަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ. އަމާޒަކީ، ފަލަސްޠީނުގެ ބިންތަކުގައި ކުނި އުފެދޭ މިންވަރު މަދު ކުރާނެ ގޮތްތައް، މީހުންނަށް ކިޔައިދިނުމެވެ. މިކަމަށް ހިނގާ ޚަރަދުތައް ބަލަހައްޓަނީ ބޭންކް އޮފް ޕަލަސްޓައިންއާއި ޕަލަސްޓައިން އިންވެސްޓްމަންޓް ފަންޑުންނެވެ.

ދިރިއުޅުމުގެ ކަންކަމައިގެން ކުރިއަށް ދާ އިރު، އެމީހެއްގެ ސަބަބުން އުފެދޭ ކާބަންގެ މިންވަރު މަދު ކުރުމަށް ކޮންމެ މީހަކުވެސް ގަދަ އަޅާ މަސައްކަތް ކުރާތަން ފެނުމަކީ ނަޖްލާ ކުރަމުން ދާ ފޮނި ޢުއްމީދެކެވެ.

ކުނި

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނީގެ މައްސަލައަކީ ސިޓީ ކައުންސިލާ ހަވާލުވި އިރުވެސް ހައްލު ނުވެ އޮތް މައްސަލައެއް - އާޒިމް

ކުނީގެ މައްސަލައަކީ ސިޓީ ކައުންސިލާ ހަވާލުވި އިރުވެސް ހައްލު ނުވެ އޮތް މައްސަލައެއް - އާޒިމް

29 އެޕްރީލު 2024
މާލޭގައި އާއްމުކޮށް ކުނި އަޅާ 10 ތަނެއް އާއްމުކޮށްފި

މާލޭގައި އާއްމުކޮށް ކުނި އަޅާ 10 ތަނެއް އާއްމުކޮށްފި

23 މާރިޗު 2024
މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހޮޓްލައިނެއް ޤާއިމުކޮށްފި

މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހޮޓްލައިނެއް ޤާއިމުކޮށްފި

23 މާރިޗު 2024
ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

18 މާރިޗު 2024
މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރަނީ

މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރަނީ

14 މާރިޗު 2024

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު