Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާގެ ހަނޑޫދަނޑުތައް ހަލާކުވުން

އިންޑިއާގެ ހަނޑޫދަނޑުތައް ހަލާކުވެ، ދުނިޔޭގެ ބާޒާރުގައި ހަނޑުލުގެ އަގަށް ނޭދެވޭ ބޮޑު ބަދަލެއް

އެކި ޤައުމުތަކުން ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓް ކުރާ ހަނޑުލުގެ 40 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރާ ޤައުމަކީ އިންޑިއާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2023 | ހޮނިހިރު 14:56
އިންޑިއާގެ ހަނޑޫދަނޑުތައް ހަލާކުވެ، ދުނިޔޭގެ ބާޒާރުގައި ހަނޑުލުގެ އަގަށް ނޭދެވޭ ބޮޑު ބަދަލެއް

އިންޑިއާގެ ހަނޑޫދަނޑުތައް ހަލާކުވެ، ދުނިޔޭގެ ބާޒާރުގައި ހަނޑުލުގެ އަގަށް ނޭދެވޭ ބޮޑު ބަދަލެއް

ކޮންމެ 2 އަހަރާއި 7 އަހަރަކުން އުފެދެމުންދާ މޫސުމީ ނިޒާމެއް ކަމަށް ވާ އެލް ނީނޯގެ އަސަރުތައް ފެންނަން ފަށާ، މުޅި ދުނިޔޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމަށް އެކަމުގެ ނޭދެވޭ އަސަރުތައް ފޯރާނެ ކަމުގެ އިންޒާރު، ދުނިޔޭގެ މޫސުމާ ބެހޭ އިދާރާއިން ދިންތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. ޕެސިފިކް ކަނޑުގެ ސަރަޙައްދުގެ މަތީ ފަށަލައިގެ ފިނިހޫނުމިން މައްޗަށް ދިއުމާ ގުޅިގެން މެދުވެރިވާ އެލް ނީނޯގެ ސަބަބުން، ދުނިޔޭގެ މޫސުމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވައެވެ. އާންމު ގޮތެއްގައި ވާރޭ ވެހޭ ތެތް ބިންތަކަށް ހަނަފަސްކަން ކުރިމަތި ވާ އިރު، ހިކި، ހަނަފަސް ބިންތަކަށް ވާރޭވެހެއެވެ. ދަނޑުވެރިކަމުގެ ސިނާޢަތް އިންތިހާއަށް ފުޅާވެފައި ވާ ޤައުމުތަކުން މިހާރުވެސް ދަނީ މިކަންކަމަށް ވިސްނާ، ދުރާލާ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ހަނޑުލުގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން އެ ޤައުމުން ހަނޑު އެކްސްޕޯޓް ކުރުން، އަވަށްޓެރި އިންޑިއާގެ ސަރުކާރުން މަޑުޖައްސާލީ ދާދި މިދާކަށް ދުވަހުއެވެ. އެފަދަ ދަނޑިވަޅެއްގައި، އެލްނީނޯގެ އަސަރުތައް ފެންނަން ފަށާ، ވާރޭވެހުމުގެ އާންމު އާދައަށް ބަދަލު އައުމުގެ ސަބަބުން، ހަނޑުލުގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމަށް އިތުރު ހީނަރުކަމެއް ވަނީ ގެނުވާފައެވެ.

އިންޑިއާގެ އުތުރުގެ ސަރަޙައްދުތަކަށް ގަދަ ވިއްސާރަކޮށް، ދަނޑުބިންތަކުގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ. އުތުރު އިންޑިއާގެ ސިޓީއެއް ކަމަށް ވާ ނޮއިޑާގައި ހައްދަމުން ދިޔަ އެތައް ހާސް ހެކްޓަރެއްގެ ހަނޑު ދަނޑު ބިންތައް ވަނީ މުޅިން ހަލާކުވެފައެވެ. ހަނޑޫ ކަނޑަން ތައްޔާރުވެފައި ވާ މިންވަރަށް ހެދިފައި ހުރި ހަނޑު ގަސްތައް ފެނު އަޑީގައި ޣަރަޤުވެފައި ހުންނަތާ މިހާރު ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފާއިތުވެއްޖެއެވެ.

މިއީ ނާގޭޝް ޗަޕްރަނާ ފަދަ ދަނޑުވެރިންނަށް ދެކޮޅުން ކޮޅުކެހި ލިބުން ފަދަ ކަމެކެވެ. ޗަޕްރަނާއަކީ އޭނާގެ ދަނޑުބިންތަކުގައި އިންވެސްޓް ކުރުމަށް، ބޮޑެތި ޢަދަދުތަކުން ލޯނު ނަގައިގެން އުޅޭ މީހެކެވެ. ދަނޑުބިންތައް ހަލާކުވެ، ކަނޑާނެ ގޮވާމެއް ނެތް އިރު، ދައްކަން ޖެހޭ ދަރަނީގެ މިންވަރު އިންތިހާއެވެ.

އެހެން ދަނޑުވެރިއެއް ކަމަށް ވާ ކަރަން ޗަޕްރަނާ ބުނި ގޮތުގައި، ޖޫން މަހު ގަސް އިންދި މިންވަރު ދަށްވިއެވެ. ޖޫން މަހަކީ ދަނޑުވެރި ކަމަށް ހާއްސަ މަހެކެވެ. ޖޫން މަހު އާ ގަސްތައް އިންދި މިންވަރު ދަށްވުމުގެ ސަބަބުން، ކަރަން ފަދަ އެތައް ދަނޑުވެރިންނަކަށް ވަނީ މާލީ ތަކުލީފުތަކާ ކުރިމަތިލާން މަޖުބޫރުވެފައެވެ. ޛަރޫރީ ޚަރަދުތައްވެސް ދެކޮޅު ޖައްސާލެވޭ ފަދަ ތަނަވަސްކަމެއް ނެތެވެ.

ވިއްސާރައިގެ ސަބަބުން ހަނޑޫ ދަނޑުތަކަށް ލިބުނު ގެއްލުމާއެކު، އިންޑިއާގެ ބާޒާރުތަކުގައި ރީޓެއިލް އުސލުން ވިއްކަމުން ދިޔަ ހަނޑުލުގެ އަގުތައް 3 ޕަސެންޓަށް އުފުލުނެވެ. އަގުތައް ކޮންޓްރޯލް ކުރުމަށާ، އިންޑިއާގެ ދޭސީ ބޭނުންތަކަށް، ބާސްމަތީ ނޫން، އާދައިގެ ހުދު ހަނޑޫގެ ސަޕްލައި ކަށަވަރު ކުރުމަށްޓަކާ ޖުލައި 20 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ވަނީ އެ ބާވަތުގެ ހަނޑޫ އެކްސްޕޯޓް ކުރުން މަނާ ކޮށްފައެވެ. އެއީ ދޭސީ ބާޒާރުތަކުގައި ހަނޑުލުގެ ސަޕްލައި ތިޔާގިކޮށް، އަގުތައް ހިފެހެއްޓުމުގެ މަޤުޞަދުގައި ކަމަށް ބުނެއެވެ.

ކަން މިހެން އޮތް، މިފަދަ ހުރަސްތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ބާޒާރުތަކުގައި ހަނޑުލުގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. ބެންގަލޫރުގައި ހުންނަ، ދަނޑުވެރިކަމުގެ ތަޖުރިބާކާރެއް ކަމަށްވާ ސަމަރެންޑޫ މޯހަންޓީ ފާހަގަ ކުރި ގޮތުގައި، 15 ޕަސެންޓާއި 20 ޕަސެންޓާ ދެމެދު މިންވަރަކަށް، އަގުތައް ވަނީ އުފުލިފައެވެ.

މޫސުން ކުރިއަށް ލަފާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ފެށުނު އޯގަސްޓް މަހު އިންޑިއާއަށް ވާރޭ ވެހޭ މިންވަރު އުޅޭނީ، އާންމުކޮށް މި ދުވަސްވަރު ވާރޭ ވެހޭ މިންވަރާ އަޅާ ބަލާއިރު ދަށްކޮށެވެ. މިއީވެސް ހަނޑުލުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުތަކެއް ފޯރުވާނެ ކަމެއް ކަމަށް ބެލެވެއެވެ.

އެކި ޤައުމުތަކުން ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓް ކުރާ ހަނޑުލުގެ 40 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރާ ޤައުމަކީ އިންޑިއާއެވެ. އެހެން ކަމުން އިންޑިޔާގެ ދަނޑުތަކަށް މިވަރަށް ގެއްލުން ވުމުން ދުނިޔޭގެ ބާޒާރުގައި ހަނޑުލުގެ އަގަށް ނޭދެވޭ ބަދަލެއް އަންނާނެކަން ޔަގީނެވެ.

އިންޑިއާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު