Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަރުމަވަންތަ ސްކޫލުގެ އިމާރާތް

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގައި މާދަމާ ކިޔެވުން ފަށާނެ

މިއީ 1000 ކުދިންގެ ޖާގައިގެ ސްކޫލެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 އޯގަސްޓު 2023 | ހޮނިހިރު 10:08
ދަރުމަވަންތަ އައު އިމާރާތް

ދަރުމަވަންތަ އައު އިމާރާތް

ދަރުމަވަންތަ ސްކޫލުގެ އިމާރާތުގެ މަސައްކަތް ނިމި، މާދަމާ ސްކޫލުގައި ކިޔެވުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި އިމާރާތުގެ މަސައްކަތްތައް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށެވެ. މިއީ 1000 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލުގެ ކޮންމެ ކްލާހެއްގައި 25 ކުދިންނަށް ކިޔެވޭނެގޮތަށް 41 ކްލާސްރޫމް ހުންނާނެއެވެ.

ދަރުމަވަންތަ ސްކޫލް ކުރިން ހިންގި އިމާރާތް ބާވެ ބޭނުންނުކުރެވޭވަރު ވުމުން، 2016 ވަނަ އަހަރު ވަނީ އެސްކޫލް ބަންދުކުރުމަށްފަހު ވެލާނާގެއާ އިންވެގެން އޮންނަ ބިމުގައި ވަގުތީ އިމާރާތެއް ހަދައި ކިޔަވައިދޭން ފަށާފައެވެ.

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ނިމިފައިވާއިރު ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް އަރަބިއްޔާ ސްކޫލު ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އަރަބިއްޔާގެ ދަރިވަރުން ނިމުނު ދިރާސީ އަހަރުގައި ކިޔެވީ ފޮރިން މިނިސްޓްރީގެ ކުރީގެ ވަގުތީ އިމާރާތުގައެވެ. އަރަބިއްޔާ ސްކޫލްގެ ކުރީގެ އިމާރާތުގެ ބޮޑުބައެއްގައި ރެނދުލައި، އެތަނަކީ ދަރިވަރުން ތިބުން ރައްކާތެރި ތަނެއް ނޫންކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެންމެ ފުރަތަމަ ފާޅުކުރަން ފެށީ އެ ސްކޫލްގެ ބެލެނިވެރިންނެވެ. އެއާއެކު ތަނުގެ އެސެސްމަންޓް ހަދައި އެތަން ހުސްކުރަން ސަރުކާރުން ވެސް ނިންމީއެވެ. އަދި ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ބައު ޖަމާލުއްދީން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހަމަޖެއްސެވިއެވެ. 700އަށްވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށާއި ޖަމާލުއްދީން ސްކޫލަށް ޖާގަ އިތުރުކުރުމަށް ހަދަން ނިންމާފައިވާ އިމާރާތް އެޅުމަށް އަމީން ކޮންސްޓްރަކްޝަނަށް ދީފައިވަނީ 420 ދުވަހެވެ. ދައުލަތުގެ ބަޖެޓުން މި ދެ އިމާރާތް އެޅުމަށް 168 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައި ވެއެވެ.

ދަރުމަވަންތަ ސްކޫލް

އިތުރަށް ކިޔާލަން

05 މެއި 2024

މިފަހަރު ފޮތް ލިސްޓަށް ފޮތް ނަގަންވީ އެމް7 އިން، ފޮތްތައް ހުންނާނީ ފަހާފައި، ކޮލިޓީވެފައި ރީތިވާނެ

05 މެއި 2024
މިފަހަރު ފޮތް ލިސްޓަށް ފޮތް ނަގަންވީ އެމް7 އިން، ފޮތްތައް ހުންނާނީ ފަހާފައި، ކޮލިޓީވެފައި ރީތިވާނެ
28 ނޮވެމްބަރު 2023

މާލެ ޖަލުގެ ތެރެއިން ދަރުމަވަންތައިގެ ދަރިވަރުންނަށް ގޮވުން: މިނިސްޓަރު ވިދާޅުވަނީ އަވަހަށް ޖަލު ބަދަލުކުރެވޭނެ ކަމަށް

28 ނޮވެމްބަރު 2023
މާލެ ޖަލުގެ ތެރެއިން ދަރުމަވަންތައިގެ ދަރިވަރުންނަށް ގޮވުން: މިނިސްޓަރު ވިދާޅުވަނީ އަވަހަށް ޖަލު ބަދަލުކުރެވޭނެ ކަމަށް
17 މާރިޗު 2023

ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ނިމުމަކާ ގާތަށް

17 މާރިޗު 2023
ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ނިމުމަކާ ގާތަށް
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު