Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެ ޖަލާއި ދަރުމަވަންތަ ސްކޫލު

މާލެ ޖަލުގެ ތެރެއިން ދަރުމަވަންތައިގެ ދަރިވަރުންނަށް ގޮވުން: މިނިސްޓަރު ވިދާޅުވަނީ އަވަހަށް ޖަލު ބަދަލުކުރެވޭނެ ކަމަށް

މިހާރު ދަނީ މާލޭ ޖަލުގައި ބާކީ ތިބި ވިއްސަކަށް ގައިދީން މާލޭގެ އެހެން ޖަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2023 | އަންގާރަ 14:24
މާލެ ޖަލު އަދި ދަރުމަވަންތަ ސްކޫލު

މާލެ ޖަލު އަދި ދަރުމަވަންތަ ސްކޫލު

މާލެ ޖަލާ އިންވެގެން ހުންނަ ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް، ޖަލު ތެރެއިން ޤައިދީން ގޮވާ މައްސަލަ ފެންމަތިވެފައިވާ ކަމަށާއި، ޖަލު ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

މާލެ ޖަލުގައި ތިބި ޤައިދީން، ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ގޮވައިހަދާ މައްސަލަ ބޮޑުވެ، އެކަމުގެ ކަންބޮޑުވުން އެ ދަރިވަރުންގެ ބެލެނިވެރިން ވަނީ ފާޅުކޮށްފަ އެވެ. އެކަމާ ގުޅިގެން "ރާއްޖެ އެމްވީ" އިން ސުވާލު ކުރުމުން ހޯމްލޭންޑް، ސެކިއުރިޓީ އަދި ޓެކްނޮލޮޖީ ވުޒާރާގެ ވަޒީރު އަލީ އިޙްސާން ވިދާޅުވީ އެ ކަންބޮޑުވުން ލިބިފައިވާ ކަމަށާއި، އެކަމާ އެކު ޖަލުން ޤައިދީން ބަދަލުކުރުމުގެ މަސައްކަތް ކުރެއްވި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ވަޒީރު ވިދާޅުވީ ކުރިން ސްކޫލު ދަރިވަރުންނަށް ގައިދީން ގޮވައި ހެދުމުގެ މައްސަލަ ފެންމަތިވީ، ގައިދީން އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގެ ތެރޭގަ އި ޖަލުގައި ހުންނަ ހުސް ތަނުގައި ގައިދީން ތިބޭ އިރު ކަމަށެވެ. އެހެން ނަމަވެސް މިހާރު އެފަދަ ހާލަތެއް އެތަނުގައި ނެތް ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭގެ ސަބަބެއް ކަމުގައި ވަޒީރު ވިދާޅުވީ މާލެ ޖަލުން ގައިދީން މަދު ކުރުމުގެ ތެރެއިން ހުޅުމާލެ ޖަލަަށް ވެސް މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރެއްވި ކަމަށާއި، އެ ޖަލަށް ގެންދެވޭ އެންމެ ގިނަ ގައިދީން މިހާރު އެ ޖަލަށް ބަދަލުކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ މިހާރު މާލޭގެ ޖަލުގައި ތިބޭނީ ވިއްސަކަށް ގައިދީން ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މާލޭގެ ޖަލުގައި ބާކީ ތިބި ގައިދީން، މާލޭގެ ޖަލުގެ ސަރަހައްދުގައި ހުންނަ ކަރެކްޝަންސްގެ އެނެކްސް ނުވަތަ މާލެ ޖަލުގެ "ރިމާންޑް" އަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު އެތަން ހުރި ހާލަތުގެ ސަބަބުން މަރާމާތު ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނައިރު، މި އަންނަ ހަފުތާގެ ތެރޭގައި އެތަނަށް ގައިދީން ބަދަލުކުރެވޭނެ ތާރީޚެއް އިއުލާން ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޖަލާ އިންވެގެން ސްކޫލު ގާއިމް ކުރެވުނު ހިސާބުން ވެސް، އެންމެ ބޮޑު އަމާޒަކަށް ވީ ގައިދީން އެހެން ސަރަހައްދަކަށް ބަދަލު ކުރެއްވުން ކަމަށާއި، އެކަން ވަރަށް އަވަހަށް ކުރެއްވޭނެ ކަމަށެވެ. އަދި އެކަން ކުރެއްވުމަށް ފަހު ޖަލުގެ ބިން ހުސްކުރައްވައި، ސަރުކާރުގެ ޕްލޭނާ އެއްގޮތަށް އެ ބިން އެޑިއުކޭޝަން މިނިސްޓްރީ އާ ހަވާލުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ދަރުމަވަންތަ ސްކޫލްމާލޭ ޖަލުމިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ ޢިޙްސާން

ކޮމެންޓް

އިތުރަށް ކިޔާލަން

"ވޭޕް މަނާކުރަން އުޅުނު އިރު އަތުލައިގަތް ވޭޕްގައި ޑްރަގު ހުރިކަމަށް އާންމުކުރީ ފުރަތަމަ މަރުހަލާއިން ޕޮޒިޓިވްވުމުން"

"ވޭޕް މަނާކުރަން އުޅުނު އިރު އަތުލައިގަތް ވޭޕްގައި ޑްރަގު ހުރިކަމަށް އާންމުކުރީ ފުރަތަމަ މަރުހަލާއިން ޕޮޒިޓިވްވުމުން"

20 ނޮވެމްބަރު 2024
"ޤަވައިދާއި ޚިލާފަށް ސެލޫން ހިންގައިގެން ބިދޭސީންތަކެއް ޑީޕޯޓްކޮށްލީ ރަނގަޅަށް، ވިސާ އާއި ޚިލާފުވިކަން ޝައްކެއް ނެތް މިންވަރަށް ޔަގީންވުމުން"

"ޤަވައިދާއި ޚިލާފަށް ސެލޫން ހިންގައިގެން ބިދޭސީންތަކެއް ޑީޕޯޓްކޮށްލީ ރަނގަޅަށް، ވިސާ އާއި ޚިލާފުވިކަން ޝައްކެއް ނެތް މިންވަރަށް ޔަގީންވުމުން"

30 އޯގަސްޓު 2024
ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔަކަށްވެއްޖެ: އިޙްސާން

ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔަކަށްވެއްޖެ: އިޙްސާން

20 ޖުލައި 2024
އެއް ގައުމުން ލައްކައަކަށް ވުރެ ގިނަ ބިދޭސީން ނުގެނެވޭ ގޮތަށް އޮތް ބައި އުވާލަން މަޖިލީހަށް ހުށަހަޅާނެކަން ސަރުކާރުން ހާމަކޮށްފި

އެއް ގައުމުން ލައްކައަކަށް ވުރެ ގިނަ ބިދޭސީން ނުގެނެވޭ ގޮތަށް އޮތް ބައި އުވާލަން މަޖިލީހަށް ހުށަހަޅާނެކަން ސަރުކާރުން ހާމަކޮށްފި

25 ޖޫން 2024
ރާއްޖެއަކީ ޓެކްނޮލޮޖީއަށް ހަރަދު ކުރުމުގައި ނަމޫނާ ގައުމެއް، ނަމަވެސް އެ ބޭނުންކުރުމުގައި އުޅެނީ ވަރަށް ފަހަތުގައި: މިނިސްޓަރު އިހުސާން

ރާއްޖެއަކީ ޓެކްނޮލޮޖީއަށް ހަރަދު ކުރުމުގައި ނަމޫނާ ގައުމެއް، ނަމަވެސް އެ ބޭނުންކުރުމުގައި އުޅެނީ ވަރަށް ފަހަތުގައި: މިނިސްޓަރު އިހުސާން

08 ޖޫން 2024

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު