Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަރަބިއްޔާ ސްކޫލް

ދަރުމަވަންތަ ސުކޫލްގެ ވަގުތީ އިމާރާތަށް، އަރަބިއްޔާ ސްކޫލް ބަދަލުކޮށްފި

ދިރާސީ އާ އަހަރު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވާނީ ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ޖުލައި 2023 | ބުދަ 00:34
ދަރުމަވަންތަ ސްކޫލް

ދަރުމަވަންތަ ސްކޫލް

ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް އަރަބިއްޔާ ސްކޫލު ބަދަލުކޮށްފިއެވެ.

މިބަދަލާ އެކު ކުރިއަށް އޮތް ދިރާސީ އާ އަހަރު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވާނީ ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގައި ކަމަށް އެކި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ދަރުމަވަންތަ ދަރިވަރުން ދިރާސީ އާ އަހަރުގައި ކިޔަވާނީ ބޮޑުތަކުރުފާނު މަގުގައި ހަދާފައިވާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައެވެ. އަދި އަރަބިއްޔާގެ ދަރިވަރުން ނިމުނު ދިރާސީ އަހަރުގައި ކިޔެވީ ފޮރިން މިނިސްޓްރީގެ ކުރީގެ ވަގުތީ އިމާރާތުގައެވެ.

އަރަބިއްޔާ ސްކޫލްގެ ކުރީގެ އިމާރާތުގެ ބޮޑުބައެއްގައި ރެނދުލައި އެތަނަކީ ދަރިވަރުން ތިބުން ރައްކާތެރި ތަނެއް ނޫންކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެންމެ ފުރަތަމަ ފާޅުކުރަން ފެށީ އެ ސްކޫލްގެ ބެލެނިވެރިންނެވެ. އެއާއެކު ތަނުގެ އެސެސްމަންޓް ހަދައި އެތަން ހުސްކުރަން ސަރުކާރުން ވެސް ނިންމެވީއެވެ. އަދި ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ބައު ޖަމާލުއްދީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ހަމަޖެއްސެވިއެވެ.

700 އަށްވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށާއި ޖަމާލުއްދީން ސްކޫލަށް ޖާގަ އިތުރުކުރުމަށް ހަދަން ނިންމާފައިވާ އިމާރާތް ހެދުމަށް އަމީން ކޮންސްޓްރަކްޝަނަށް ދީފައިވަނީ 420 ދުވަހެވެ. ދައުލަތުގެ ބަޖެޓުން މި ދެ އިމާރާތް އެޅުމަށް 168 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައި ވެއެވެ.

އިތުރަށް ކިޔާލަން

08 މެއި 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން މިއަދު މެންދުރުފަހު

08 މެއި 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން މިއަދު މެންދުރުފަހު
23 އެޕްރީލު 2017

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

23 އެޕްރީލު 2017
ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި
22 އެޕްރީލު 2017

ރައީސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ އާ އިމާރާތަށް ފިޔޯރީ އިންޖީނުގެ ބަދަލު ކުރަން ނިންމައިފި

22 އެޕްރީލު 2017
ރައީސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ އާ އިމާރާތަށް ފިޔޯރީ އިންޖީނުގެ ބަދަލު ކުރަން ނިންމައިފި
17 އެޕްރީލު 2017

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

17 އެޕްރީލު 2017
ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު
19 މާރިޗު 2017

އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި

19 މާރިޗު 2017
އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި
10 މާރިޗު 2017

ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!

10 މާރިޗު 2017
ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!
05 މާރިޗު 2017

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

05 މާރިޗު 2017
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު