Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބާރުގެ ނިކަމެތިކަން

ވަގުންގެ ފޮށި ބާރަށް ބަންނާނެއެވެ.

ނުބައި ކަންކަން ކުރާ މީހާއަށް އެހެން މީހަކުވެސް، އެފަދަ ކަމެއް ކުރާނެއޭ ހީވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2023 | ހޮނިހިރު 08:33
ނުބައި ކަންކަން ކުރާ މީހާއަށް، އެހެން މީހަކުވެސް އެފަދަ ކަމެއް ކުރާނެއޭ ހީވާނެ

ނުބައި ކަންކަން ކުރާ މީހާއަށް، އެހެން މީހަކުވެސް އެފަދަ ކަމެއް ކުރާނެއޭ ހީވާނެ

ދިވެހި މުސްކުޅި ބަހެއްގައި އޮވެއެވެ. ވަގުންގެ ފޮށި ބާރަށް ބަންނާނެއެވެ.

މާނައަކީ ވައްކަން ކުރާ މީހުން އެމީހުންގެ މުދަލަށް ޚާއްސަ ސަމާލުކަމެއް ދޭނެއެވެ. އެމީހުންގެ ފޮށި ބާރަށް ބަންނާނެއެވެ. ރަނގަޅަށް ތަޅުލާނެއެވެ. ވަގުންނަށް ސަމާލުވާނެއެވެ.

ޚުދު އޭނާއަކީވެސް ވައްކަންކުރާ މީހަކަށްވާތީ، އޭނާއަށް ވައްކަމުގެ އާޖުފާޖު އެނގޭނެއެވެ. ސަމާލުވާންވީ ކަންކަންވެސް އެނގޭނެއެވެ.

ވީމާ، މިއީ ވައްކަންކުރާ މީހުން އޭނާ ގެންގުޅޭ ތަކެތި އެހެން މީހުންނަށްވުރެ މާ ބޮޑަށް ރައްކާކޮށްގެން ގެންގުޅޭތީ ބުނެއުޅޭ ބަހެކެވެ.

އަދިވެސް އިތުރު ބަހަކަށް ބަލައިލާނަމެވެ. ފުޅަށްބުޑުން ދަންޏާ ދޮން ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާލަފާނެހެންނެވެ.

މާނައަކީ ނުބައި ކަންކަން ކުރާ މީހާއަށް އެހެން މީހަކުވެސް، އެފަދަ ކަމެއް ކުރާނެއޭ ހީވާނެއެވެ.

މިސާލަކަށް، ގައުމުގެ ވެރިކަމުގައި ހުރެ އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ލައި، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާ މީހެއްނަމަ، އެމީހަކަށް ހީވާނީ ދެން އަންނަ ހުރިހާ ވެރިކަމެއްގައިވެސް އޮންނާނީ ބައިތުލްމާލުން ވައްކަން ކުރުން ކަމަށެވެ.

ވެރިކަމުގައި ހުންނައިރު، އާރާއި ބާރުގެ ބޭނުންކޮށްގެން ތިމާ ފިޔަވައި ދެން ތިބި ހުރިހާ އެންމެންގެ ވަރަ ކޮށާލައިގެން ހުންނަ މީހަކަށް ހީވާނީ، ދެން ތިބި އެންމެންވެސް ވެރިކަަމަށް އައުމަށްފަހު ދެން ތިބި ސިޔާސީ ވެރިންގެ "ބޮނދު ބުޑަށް ސައި" ކިޔައި، ހަތަރެސްކަން ހަމަކޮށްލާނެ ކަމަށެވެ.

ހަގީގަތަކީ އާރާއި ބާރު ލިބިފައި އޮންނައިރު، ތިމާ ބޭނުން ގޮތަކަށް ކަންކަން ކޮށްލަނީ މާދަމާ ހާލަތު ބަދަލުވެދާނެކަންވެސް ހިތަށް ނާރުވައެވެ. ތިމާގެ މުށުތެރޭގައި ހުރިހާ ބާރެއް އޮންނަ ދުވަހު "ވިހަލަގޮނޑިއަކަށް" ވުރެވެސް ވިހަކަން ގަދަވެފައި ތިމާ ހުންނަނީ މާދަމާއަކީވެސް އަންނާނެ ދުވަހެއްކަން ވިސްނާނުލައެވެ.

އެ އަވާމެންދުރުގައި ތިމާ ހުއްޓައި ނިދިން ހޭލެވޭއިރު، ހާލަތު މި އޮންނަނީ ބަދަލުވެފައެވެ. ދެން ހުންނަންޖެހެނީ ޒާތެއްގެ ބިރުވެރިކަމެއްގައެވެ. ތިމާ އަތުގައި ބާރު އޮތްއިރު ތިމާގެ އަތުން ވިހަދެވިފައިވާ މީހުން ތިމާއަށްވެސް އެ ވިހަ ދީފާނެތީ ޖެހިލުންވަނީއެވެ.

ނަމަވެސް ކަން ހިނގަނީ އަބަދު އެހެނެއް ނޫނެވެ. ވައްކަންކުރާ މީހާ އެމީހާގެ ފޮށި ކިތަންމެ ބާރަށް ބަނދެގެން ހުރިކަމުގައިވީނަމަވެސް، ނުވަތަ ކިތަންމެ ދޫކޮށް ބަނދެގެން ހުރިކަމުގައިވީނަމަވެސް، ވައްކަން ކުރާނީ ވަގުން އުޅޭ ތަނެއްގައެވެ.

ވައްކަން ކުރާނީ ވަގެއްގެ އަތުގައި އެ ފޮށި ޖެހިގެންނެވެ. އެނޫންނަމަ، ހާމަ ތަނެއްގައި އެ ފޮށި ކިތަންމެ އިރަކު ބާއްވާފައި އޮތަސް އެއަށް ކަޅި އަޅާނެ މީހަކު ނުވާނެއެވެ.

މަގޭ ރިޕޯޓްސިޔާސީކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު