Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ މަސް ރޭސް

އުރީދޫ މަސް ރޭސް: މާލެއިން އެއްވަނައަށް، ޓީމް ސޮނީ ފިޝިންގ

އުރީދޫ މަސްރޭސް މިފަހަރު ފެށީ މާލެ ސިޓީން 34 ޓީމާއެކު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 އޯގަސްޓު 2023 | ހޮނިހިރު 06:07
އުރީދޫ މަސްރޭހުގައި މާލެ ސިޓީން އެއްވަނައަށް ދިޔަ ޓީމު

އުރީދޫ މަސްރޭހުގައި މާލެ ސިޓީން އެއްވަނައަށް ދިޔަ ޓީމު

އުރީދޫއިން އިންތިޒާމްކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އުރީދޫ މަސްރޭސް 2023 މާލެ ސިޓީގައި ހުކުރު ދުވަހު ފަށާފައިވާއިރު، މާލެއިން އެއްވަނައަށް ދިޔައީ ޓީމް ސޮނީ ފިޝިންގއެވެ.

ހުކުރު ދުވަހު 2:30ގައި ޓީމުތައް މަސްވެރިންގެ ޕާކުން މަހަށް ފުރިއިރު، މަސް ކިރުމަށް ހުރިހާ ޓީމްތަކުން އުސްފަސްގަނޑަށް ހުކުރު ދުވަހުގެ ރޭ 9 ޖެހިއިރު ވަނީ ގޮސްފައެވެ. އުރީދޫ މަސްރޭސް މިފަހަރު ފެށީ މާލެ ސިޓީން 34 ޓީމާއެކުގައެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފައެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚުތަކަކީ:

މާލެއިން 34 ޓީމު ބައިވެރިވާއިރު، ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމާއި ފުވައްމުލައް ސިޓީގެ 13 ޓީމު މި މި މުބާރާތުގައި ވާދަކުރާނެއެވެ. އަދި ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު، މުބާރާތުގެ ފޯރިއާއި ވާދަވެރިކަން އެހެން އަހަރުތަކަށްވުރެ ގަދަވާނެކަމަށް އުރީދޫއިން ބުނެއެވެ. އެ ކުންފުނިން ބުނީ އުރީދޫ މަސްރޭހުގެ ރެކޯޑް މުގުރާލައި، މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަނބަލުން ޓީމުން މިއަހަރުވެސް ވާދަކުރާކަން އެކުންފުނިން އުފަލާއެކު ފާހަގަކުރާކަމަށެވެ. އަންހެން ޓީމަކުން ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނައި، ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހު ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް އިނާމް ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން:

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތުން ލިބޭ ބޮޑު ތަރުހީބަކާއެކު ބާއްވަމުންދާ މަސްރޭހުގައި ބައިވެރިވުމަށް ޖުމްލަ ރަޖިސްޓަރީކުރީ 83 ޓީމެވެ. އެހެންކަމުން މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ.

އުރީދޫ މަސްރޭސް 2023

އިތުރަށް ކިޔާލަން

12 އޯގަސްޓު 2023

އުރީދޫ މަސް ރޭހުގެ ރެކޯޑު މުގުރާލުމަށްފަހު، ކުޅުދުއްފުށި ސިޓީގެ ޗެމްޕިއަންކަން ޓީމު "ބުޅި ކެނޑި"އަށް

12 އޯގަސްޓު 2023
އުރީދޫ މަސް ރޭހުގެ ރެކޯޑު މުގުރާލުމަށްފަހު، ކުޅުދުއްފުށި ސިޓީގެ ޗެމްޕިއަންކަން ޓީމު "ބުޅި ކެނޑި"އަށް
28 ފެބުރުއަރީ 2017

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
03 ފެބުރުއަރީ 2017

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

03 ފެބުރުއަރީ 2017
މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް
02 ފެބުރުއަރީ 2017

އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި

02 ފެބުރުއަރީ 2017
އުރީދޫ ކަސްޓަމަރުންނާއި ތަޖުރިބާކާރުން ގުޅުވާލަދޭ ވަސީލަތެއް ތަޢާރަފް ކޮށްފި
10 ޖެނުއަރީ 2017

75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި

10 ޖެނުއަރީ 2017
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު