Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ މަސް ރޭސް

އުރީދޫ މަސް ރޭހުގެ ރެކޯޑު މުގުރާލުމަށްފަހު، ކުޅުދުއްފުށި ސިޓީގެ ޗެމްޕިއަންކަން ޓީމު "ބުޅި ކެނޑި"އަށް

ޓީމު ބުޅި ކެނޑިން ޗެމްޕިއަންކަން ހޯދީ 1214.25 ޕޮއިންޓާއެކު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 އޯގަސްޓު 2023 | ހޮނިހިރު 13:51
އުރީދޫ މަސް ރޭހުގެ ކުޅުދުއްފުށީ ޗެމްޕިއަނުން

އުރީދޫ މަސް ރޭހުގެ ކުޅުދުއްފުށީ ޗެމްޕިއަނުން

އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ އުރީދޫ މަސް ރޭހުގެ ރެކޯޑު މުގުރާލުމަށްފަހު، ޓީމު ބުޅި ކެނޑިން ކުޅުދުއްފުށި ސިޓީގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ކުޅުދުއްފުށި ސިޓީގައި އުރީދޫ މަސް ރޭސް ކުރިއަށްގެންދިޔައީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ސިޓީން 21 ޓީމު ބައިވެރިވިއިރު، ޓީމު ބުޅި ކެނޑިން ޗެމްޕިއަންކަން ހޯދީ 1214.25 ޕޮއިންޓާއެކުގައެވެ. މުބާރާތުގެ ރަނަރަޕްކަން 659.05 ޕޮއިންޓާއެކު ޓީމް "ލައްޓި" ކާމިޔާބުކުރިއިރު 612.35  ޕޮއިންޓާއެކު 3 ވަނަ ކާމިޔާބުކުރީ "ކުރިބިއަންސް" ޓީމުންނެވެ.

މި މުބާރާތުގައި އެންމެ ބަރު މަހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 25.85 ކިލޯ ހުރި ހިބަރެކެވެ. އެންމެ ބަރުމަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ، ޗެމްޕިއަންކަން ހޯދި ބުޅިކެނޑި ޓީމުގެ ހަސަން އަލީއެވެ. މިއީ އުރީދޫ މަސްރޭހުގެ ތާރީޚުގައިވެސް ހިބަރެއް ބޭނި ފުރަތަމަ ފަހަރެވެ. ޗެމްޕިއަން ޓީމް ބުޅި ކެނޑިން 3 ހިބަރު ބާނާފައިވާއިރު، ރަނަރަޕް ޓީމް، ޓީމް ލައްޓިންވެސް 2 ހިބަރު ބާނާފައިވާކަމަށް އުރީދޫއިން ބުންޏެވެ. އެންމެ ބަރު މަސް ބޭނި ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާރޓްނަރ، ސީގިއަރގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.

މި މުބާރާތުގައި އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމު ހާސިލްކުރީ ލައްޓި ޓީމުގެ އާދަމް ހިލްމީއެވެ. އަދި އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހޮވުނީ ޓީމު "ދަމާނަގާ"ގެ ޚަދީޖާ މޫސާއެވެ.

މިއަހަރުގެ މުބާރާތް އުރީދޫއަށް 18 އަހަރު ފުރުމާ ގުޅިގެން ބާއްވާއިރު، ރާއްޖޭގެ ބޮޑު ހަތަރު ސިޓީގައިވެސް މުބާރާތް ކުރިއަށްދާނެއެވެ. މާލޭގައި މިދިޔަ ހަފުތާ ބަންދުގައި މި މުބާރާތް ވަނީ ބާއްވާފައެވެ. އައްޑޫ ސިޓީގައި މި މަހުގެ 18 ވަނަ ދުވަހު ބާއްވާއިރު ފުވައްމުލައް ސިޓީގައި ބާއްވާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މި ސިޓީތަކުން ވެސް ވަނަތައް ހޮވާނެއެވެ.

މި މުބާރާތުގައި ފައިސާގެ އިނާމުގެ ގޮތުގައި އެއްވަނަ ޓީމަކަށް 25،000 ރުފިޔާ، ދެވަނަ ޓީމަކަށް 10،000 ރުފިޔާ އަދި ތިންވަނަ ޓީމަކަށް 5،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. އަދި  އެންމެ މޮޅު ފިރިހެން ކެޔޮޅަށް 1،000 ރުފިޔާ ލިބޭއިރު އެންމެ މޮޅު އަންހެން ކެޔޮޅަށްވެސް 1،000 ރުފިޔާ ހުށަހަޅާފައި ވެއެވެ.

އުރީދޫ މަސްރޭސް 2023އުރީދޫ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
27 ފެބުރުއަރީ 2025

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް
17 ޑިސެމްބަރު 2024

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް
12 ޑިސެމްބަރު 2024

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް
27 އޮކްޓޯބަރު 2024

މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް

27 އޮކްޓޯބަރު 2024
މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް
25 އޮކްޓޯބަރު 2024

އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި

25 އޮކްޓޯބަރު 2024
އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި
02 އޮކްޓޯބަރު 2024

އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

02 އޮކްޓޯބަރު 2024
އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާއި ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
30 ސެޕްޓެމްބަރު 2024

އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ

30 ސެޕްޓެމްބަރު 2024
އުރީދޫގެ ސަބްސިޑަރީ ކުންފުނި، ޓެކްފިން މޯލްޑިވްސް އަށް އެމްއެމްއޭގެ ޕޭމަންޓް ސާވިސް ޕްރޮވައިޑާ ލައިސަންސް ލިބިއްޖެ
19 ސެޕްޓެމްބަރު 2024

އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި

19 ސެޕްޓެމްބަރު 2024
އުރީދޫ އާ ވިލާކޮލެޖު ގުޅިގެން ތަމްރީނު ފުރުސަތުތަކެއް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު